ކ. މާލެ
|
25 ނޮވެންބަރ 2021 | ބުރާސްފަތި 15:02
ކޮލަމްބޯ ޕޯޓު
ކޮލަމްބޯ ޕޯޓު
ސޯޝަލް މީޑިއާ
ކޮލަމްބޯ ޕޯޓު
ކޮލަމްބޯ ޕޯޓުގެ އީސްޓް ކޮންޓެއިނަރ ޓަރމިނަލްގެ މަސައްކަތް ޗައިނާގެ ކުންފުންޏަކަށް
އިތުރު 700 މީޓަރު ދިގު ކީ ވޯލްއެއް ގާއިމުކުރަން ވަނީ ހަވާލުކޮށްފައި
މި މަސައްކަތަށް ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ޚަރަދުވޭ

ސްރީލަންކާގެ ކެޕިޓަލް ސިޓީ ކޮލަމްބޯގައި ހުންނަ ކޮލަމްބޯ ޕޯޓުގެ އީސްޓް ކޮންޓެއިނަރ ޓާމިނަލްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް, ޗައިނާ ހާބަރ އިންޖީނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކުރަން އެ ގައުމުން ނިންމައިފިއެވެ.

މި ފެސިލިޓީ ތަރައްގީކުރުމުގެ ބިޑް ކާމިޔާބުކޮށްފައިވަނީ ޗައިނާ ހާބަރ އިންޖީނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އިންނެވެ. އެހެންކަމުން މި މަސައްކަތް ސީއެޗްއީސީއާ ހަވާލުކުރަން އަންގާރަ ދުވަހު އެ ގައުމުގެ ކެބިނެޓުން ވަނީ ފާސްކޮށްފައެވެ.

ކޮލަމްބޯ ޕޯޓުގެ އީސްޓް ކޮންޓެއިނަރ ޓާމިނަލްގެ މަސައްކަތުގެ ތެރެއިން އިތުރު 700 މީޓަރު ދިގު ކީ ވޯލްއެއް ގާއިމުކުރުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް މީގެ ކުރިން ވަނީ އަންދާޒާކޮށްފައެވެ.

ޕޯޓް ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތް މީގެ ކުރިން ކުރަން ނިންމާފައިވަނީ ސްރީލަންކާ، އިންޑިއާ އަދި ޖަޕާން ގުޅިގެންނެވެ. ކެބިނެޓް ބައްދަލުވުމުގައި ވަނީ ޕޯޓު ތަރައްގީކުރުމުގެ ހުރިހާ މަރުހަލާއެއްގެ ކަންކަންވެސް ސްރީލަންކާގެ ޕޯޓްސް އޮތޯރިޓީން އޮޕަރޭޓްކުރުމަށް ފާސްކޮށްފައެވެ.

ސީއެޗްއީސީން ގެންދަނީ ލަންކާގެ ސްޓްރެޓެޖިކް އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓުތަކެއް ހިންގުމާ ހަވާލުވެފައެވެ. މީގެ ތެރޭގައި 1 ބިލިއަން ރުފިޔާގެ އިންވެސްޓްމެންޓެއް ކަމަށްވާ، ކޮލަމްބޯ ޕޯޓް ސިޓީ ތަރައްގީކުރުމާއި، 4-ލޭން އެލިވޭޓެޑް ހައިވޭއެއްގެ މަސައްކަތް ހިމެނެއެވެ. މިއީވެސް 1 ބިލިއަން ޑޮލަރާ ގާތްކުރާ އިންވެސްޓްމެންޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް