ކ. މާލެ
|
4 ނޮވެންބަރ 2021 | ބުރާސްފަތި 23:20
ރަޝިޔާގެ މޮސްކޯގައި ކޮވިޑްގެ ބަލި މީހަކު ހޮސްޕިޓަލަށް ގެންދަނީ
ރަޝިޔާގެ މޮސްކޯގައި ކޮވިޑްގެ ބަލި މީހަކު ހޮސްޕިޓަލަށް ގެންދަނީ
ރޮއިޓަރސް
ކޮވިޑް-19، ޔޫރަޕްގެ ހާލަތު
ޔޫރަޕްގައި ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވަނީ
ޔޫރަޕް ސަރަހައްދުގައި މިހާރު ކޭސްތައް އިތުރުވާ މިންވަރު ހުރީ 6 އިންސައްތައިގައި
މިހާރު މިދާގޮތަށް ދާނަމަ ޔޫރަޕުން ކުރިޔަށްއޮތް ފެބްރުއަރީ މަސް އަންނަންވާއިރަށް ފަސްލައްކަ މީހުން އިތުރަށް މަރުވާނެ

ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް-19 ޖެހޭ މީހުންނާއި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަމަށް ޑަބްލިޔުއެޗްއޯގެ ޔޫރަޕްގެ ހެޑް ވިދާޅުވެއްޖެއެވެ.

ޔޫރަޕްގެ 53 ގައުމުގައި ކޮވިޑް މިހާރު ފެތުރެމުން އަންނަނީ ނުރައްކާތެރި މިންވަރަކަށް ކަމަށާއި ކޭސްތައް ކުރިޔަށް އޮތްތަނުގައި ރިކޯޑް މިންވަރަކަށް މައްޗަށް ދާނެކަމަށް ޑަބްލިޔުއެޗްއޯގެ ޔޫރަޕްގެ ހެޑް, ހާންސް ކްލުގް ވިދާޅުވިއެވެ. އެހެންކަމުން ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ހާންސް ވިދާޅުވިއެވެ.

ޔޫރަޕް ސަރަހައްދުގައި މިހާރު ކޭސްތައް އިތުރުވާ މިންވަރު ހުރީ 6 އިންސައްތައިގައެވެ. ފާއިތުވި ހަފްތާގައި މުޅި ޔޫރަޕްގައި 1.8 މިލިއަން ކޭސް ފެނިފައިވެއެވެ. އަދި ހަމަ މިމުއްދަތުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 12 އިންސައްތަ އިތުރުވެފައެވެ.

ހާންސް ވިދާޅުވީ މިހާރު މިދާގޮތަށް ދާނަމަ ޔޫރަޕުން ކުރިޔަށްއޮތް ފެބްރުއަރީ މަސް އަންނަންވާއިރަށް ފަސް ލައްކަ މީހުން އިތުރަށް މަރުވާނެކަމަށެވެ.

މިހާރު ދުނިޔޭގެ ހާލަތަށް ބަލާއިރު ޔޫރަޕާއި މެދުތެރޭ އޭޝިޔާގެ ގައުމުތަކުގައި ކޮވިޑްގެ ހާލަތު އަންނަނީ ގޯސްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް