އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ މަންޓާ ޓްރަސްޓުން ށ. އަތޮޅު މަދަރުސާގެ ގްރޭޑް 9 އަދި 10ގެ ދަރިވަރުންނަށް ޚާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މަންޓާ ޓްރަސްޓުން މައުލޫމާތު ދިން ގޮތުގައި ށ. ކަނޑިތީމުގައި ހިންގުނު މި ޕްރޮގްރާމުގެ ދަށުން މަޑިއާއި ބޭހޭ ތަފާތު މައުލޫމާުތާއި މަޑީގެ ނަސްލު ދެމެހެއްޓުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި މަންޓާއިން ކޮށްފައިހުރި ތަފާތު ދިރާސާތަކުގެ މައުލޫމާތު ދަރިވަރުންނާއި ވަނީ ހިއްސާކުރެވިފައެވެ. މީގެ އިތުރުން މިދާއިރާއިން ކުރިއަށް ދިއުމަށް ހުރި ފުރުސަތުގެ މައުލޫމާތުވެސް ދަރިވަރުންނާއި ހިއްސާކުރެވުނު ކަމަށް ބުނެއެވެ.
މަންޓާ ޓްރަސްޓަކީ މަޑީގެ ނަސްލު ދެމެހެއްޓުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ދިރާސާތަކެއް ކުރަމުންދާ އަދި މިދާއިރާގައި އެނޫންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިނގިރޭސިވިލާތުގެ ޖަމިއްޔާއެކެވެ. މި ޖަމިއްޔާ އުފެދިފައިވަނީ 2011 ވަނަ އަހަރުގައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
