ކުޅުދުއްފުށި ސިޓީން ހަރުފައެއް ފެނިއްޖެއެވެ.
އާދިއްތަ ދުވަހު އެމްއެންޑީއެފް ނޮދަން އޭރިއާގެ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ސިފައިން، ކުޅުދުއްފުށި ސިޓީން ފެނުނު ހަރުފަ ވަނީ ހިފާފައެވެ.
އާދިއްތަ ދުވަހު މިހަރުފަ ފެނިފައިވަނީ، ރާއްޖެއިން ބޭރުން ގެނައި ލަކުޑިތަކެއްގެ ތެރެއިންނެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، ސިފައިންގެ ޓީމެއް އެ ސަރަހައްދަށް ގޮސް، ފުލުހުންނާ ގުޅިގެން ހަރުފަ ހިފުމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. މި ހަރުފައިގެ ދިގުމިނުގައި 42 އިންޗި ހުރި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކުޅުދުއްފުށި ސިޓީން ހަރުފައެއް ފެނިފައިވާއިރު، ދާދި ފަހުން މާލޭގެ ގުދަނެއްގެ ތެރެއިން ވެސް ހަރުފައެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވެއެވެ.