ކ. މާލެ
|
1 އޮކްޓޯބަރ 2021 | ހުކުރު 21:07
މަރކް އިން އުފައްދާފައިވާ މޮލްނޫޕިރަވިރް ބޭސް
މަރކް އިން އުފައްދާފައިވާ މޮލްނޫޕިރަވިރް ބޭސް
ކޮވިޑާ ދެކޮޅަށް ބޭހެއް އުފެއްދުން
ކޮވިޑް-19 ބަލީގައި ބޮޑުވަރުވުމުން ރައްކާތެރިކޮށްދޭ ބޭހެއް!
މި ބޭސް ބޭނުންކޮށްގެން ކޮވިޑް ބަލީގައި ބޮޑުވަރުވުމުގެ ފުރުސަތު ކުޑަ

ކޮވިޑް-19 ބަލީގައި ބޮޑުވަރުވުން 50 އިންސައްތައަށް ދަށްކޮށްދޭ ބޭހެއް އެމެރިކާގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ މަރކް އެންޑް ކޯ އިން އުފައްދައިފިއެވެ.

މި ބޭހަކީ މިއީ ޔޫއެސް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ބޭހެއް ނޫނެވެ. އެހެންނަމަވެސް މި ބޭސް ބޭނުންކުރުމުގެ ހުއްދަ ދީފިނަމަ މި ބޭސް ވާނީ ކޮވިޑް-19 ބައްޔާ ދެކޮޅަށް ހަނގުރާމަކުރުމަށް ބޭނުންކުރާ ފުރަތަމަ ބޭހަށެވެ. މި ބޭހަށް ކިޔަނީ މޮލްނޫޕިރަވިރް އެވެ.

މަރކްއިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓުކުރަންޖެހުމާއި، ބަލީގައި ނިޔާވުމުގެ ފުރުސަތު މި ބޭހުން ކުޑަކޮށްދޭ ކަމަށެވެ. މި ފުރުސަތު 50 އިންސައްތައާ ހަމައަށް ކުޑަކޮށްދޭ ކަމަށް މަރކްއިން ބުނެފައިވެއެވެ. މި ބޭހުގެ ކްލިނިކަލް ޓްރަޔަލްސްތަކުން ބޭސް ބޭނުންކުރި 385 މީހުންގެ ތެރެއިން ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށް ނުވަތަ ބަލީގައި ނިޔާވެފައިވަނީ 28 މީހެއް ކަމަށް މަރކްއިން ހާމަކޮށްފައިވެއެވެ. އެއީ ބޭސް ބޭނުންކުރި މީހުންގެ 7.3 އިންސައްތަ ކަމަށް މަރކް އިން ބުނެފައިވެއެވެ.

މި ބޭސް ބޭނުންކުރުމުގެ އެފްޑީއޭ ހުއްދައަށް ވަރަށް އަވަހަށް އެދޭނެ ކަމަށް މަރކްއިން ބުނެފައިވެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް މިހާރު ބޭނުންކުރަމުންދަނީ ހަމައެކަނި ވެކްސިނެވެ. އެހެންނަމަވެސް މިފަދަ ބޭސްތައް އުފެއްދުމަކީ ބަލިން ދިފާއުވެތިބުމަށް ދެން ކުރެވޭނެ ކަމަށް ވެދާނެ ކަމަށް ކަމުގެ މާހިރުން ގެންދަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް