ކ. މާލެ
|
25 ސެޕްޓެންބަރ 2021 | ހޮނިހިރު 18:50
ޑރ. ޒާކިރު ނައިކްއާއި އޭނާގެ ފިރިހެން ދަރިފުޅު
ޑރ. ޒާކިރު ނައިކްއާއި އޭނާގެ ފިރިހެން ދަރިފުޅު
ޖެސްޕާޗް.ކޮމް
ކައިވެނިކުރާނެ މީހަކު ހޯދުން
ޑރ. ޒާކިރު ނައިކްގެ ފިރިހެން ދަރިފުޅު ކައިވެނި ކުރުމަށް، ދީނީ، އަޚުލާޤު ރަނގަޅު އަންހެނެއް ހޯދަނީ!
ކޮންމެހެން އަންހެން މީހާގައިގައި ހުންނަން ޖެހޭ ސިފަތަކާއި، ބޭނުންވާ އިތުރު ސިފަތައް ހިއްސާކޮށްފައިވޭ
ކައިވެނިކުރާ އަންހެން މީހާއަކީ މެލޭޝިއާގައި ދިރިއުޅެވޭނެ މީހަކަށް ވާންޖެހޭ
ޑރ. ޒާކިރު ވަނީ ފާރިޤްގެ މައުލޫމާތުވެސް ހިއްސާކޮށްފައި

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކްގެ ފިރިހެން ދަރިފުޅު، ފާރިޤް ޒާކިރް ނައިކް ކައިވެނި ކުރުމަށް, ދީނީ، އަޚުލާޤު ރަނގަޅު އަންހެނެއް ހޯދަން އިއުލާނުކޮށްފިއެވެ.

ހުކުރު ދުވަހު ޑރ. ޒާކިރު ނައިކް ވަނީ ފޭސްބުކް ޕޭޖްގައި މިކަން އިއުލާންކޮށް ޕޯސްޓެއް އާއްމުކޮށްފައެވެ. މި ޕޯސްޓުގައި ބުނެފައިވަނީ އޭނާގެ ފިރިހެން ދަރިފުޅު ފާރިޤްއާ ކައިވެނިކުރާނެ, އިސްލާމް ދީނަށް އަހުލުވެރި، ރަނގަޅު ރީތި އަންހެނެއް ހޯދަމުންދާ ކަމަށެވެ. އަދި ކޮންމެހެން އަންހެން މީހާގައިގައި ހުންނަން ޖެހޭ ސިފަތަކާއި، ބޭނުންވާ އިތުރު ސިފަތައް ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން އޭނާގެ ފިރިހެން ދަރިފުޅާ ކައިވެނިކުރާ އަންހެން މީހާއަކީ މެލޭޝިއާގައި ދިރިއުޅެވޭނެ މީހަކަށް ވާންޖެހޭ ކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ.

ޑރ. ޒާކިރު ނައިކް ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕޯސްޓް - ގިނަ ބައެއްގެ ތަރުހީބު މިހާރު ވެސް ލިބިފައިވޭ

ހިތްހަމަޖެހޭ ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ޔަގީންކަމާއެކު ޑރ. ޒާކިރު ވަނީ ފާރިޤްގެ މައުލޫމާތު ވެސް ހިއްސާކޮށްފައެވެ. އެގޮތުން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ތައުލީމީ ގޮތުން ހާސިލްކޮށްފައިވާ ކާމިޔާބީތައް ހިއްސާކޮށްފައިވެއެވެ.

މިކަމަށް ޝައުގުވެރިވެ، ޝަރުތު ހަމަވާ އަންހެނަކު ހުރިނަމަ، ބެލެނިވެރިން އިސްވެ އެއަންހެން ކުއްޖާގެ މައުލޫމާތު ވަޓްސްއަޕް 601155801236 + ކުރުމަށް ޑރ. ޒާކިރުގެ ޕޯސްޓްގައި އެދިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
26 ސެޕްޓެންބަރ 2021 | އާދީއްތަ 06:44
އަލީ
ދިވެހި ލާދީނީ މީހެއްގެ ބަހެއް ލިބެތޯތަ ތިއުޅެނީ
26 ސެޕްޓެންބަރ 2021 | އާދީއްތަ 06:38
އަލީ
ރ ޓީވީ އަށް އަސަރެއް ކުރާނީ