ކ. މާލެ
|
23 އޯގަސްޓް 2021 | ހޯމަ 06:44
އޯއައިސީން ބޭއްވި ކުއްލި ބައްދަލުވުމުގެ ތެރެއިން
އޯއައިސީން ބޭއްވި ކުއްލި ބައްދަލުވުމުގެ ތެރެއިން
ރޮއިޓަރސް
އަފްޣާނިސްތާނުގެ ހާލަތު
އޯއައިސީން އަފްޣާނުގެ އައު ސަރުކާރަށް އިންޒާރެއް
އަފްޣާނު ސަރުކާރުން ޓެރަރިސްޓުންނަށް އެހީވެދޭތޯ ބަލަން ވަނީ ނިންމާފައި

އަފްޣާނިސްތާނުގެ އައު ލީޑަރޝިޕަކީ ޓެރަރިސްޓު ޖަމާއަތްތަކަށް އެހީވެދޭ ލީޑަރޝިޕެއް ތޯ ބަލަމުން ގެންދާނެ ކަމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ން ބުނެފިއެވެ.

އަފްޣާނުގެ ހާލަތާ ގުޅޭ ގޮތުން އޯއައިސީން ބޭއްވި ކުއްލި ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުން ވަނީ އަފްޣާނިސްތާނުގެ ހާލަތު ރަނގަޅަށް ބަލަމުން ގެންދިޔުމަށް ނިންމާފައެވެ. އަދި އަފްޣާނުގެ ފަސްގަނޑުން ޓެރަރިސްޓުންނަށް އެހީވެދޭތޯ ބަލަމުން ދާނެ ކަމަށާއި، އެގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް އެހީވުމަށް އޯއައިސީގެ މި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

އޯއައިސީގެ މި ބައްދަލުވުމުގައި ވަނީ އަފްޣާނުގެ އައު ސަރުކާރާ ބައްދަލުކޮށް އެގައުމުގެ ސަރުކާރު އެކުލަވާލުމުގެ ކަންކަން ކުރިޔަށްދާގޮތް ވެސް ބެލުމަށް ނިންމާފައެވެ.

އަފްޣާންގެ ހާލަތާ ގުޅޭ ގޮތުން ޠާލިބާނުން ބުނެފައިވަނީ މިހާތަނަށް އެ ގައުމުގެ އެއްވެސް ހިސާބެއްގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ. ޠާލިބާނުން މިހެން ބުނެފައިވަނީ ހަތިޔާރު އެޅި ޠާލިބާންގެ ހަނގުރާމަވެރިން އަފްޣާންގެ ވެރިރަށް ކާބުލް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، އެމެރިކާއިން ވާގިވެރިވެ އުފެއްދި ސަރުކާރު ވައްޓާލާފައިވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް
23 އޯގަސްޓް 2021 | ހޯމަ 13:55
އަބްދުﷲ ރަސީދު
ތަޔައީ ވަރަށް ދެފުއްކެހެރި ބައެއް މުސްލިމުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އެއްވެސް އިރަކު އަޑު އުފުއްލާ ބަޔާނެއް ނެރެލަންވެސް ނުކުރޭ
23 އޯގަސްޓް 2021 | ހޯމަ 08:07
ޚާލިދު
މުސްލިމު ގައުމަކަށް ވިއްޔާ އިންޒާރު ދެވޭ، އިޒްރޭލުން ކުރާ ކަންކަން ހަމައެކަނި ކުށްވެރި ކުރެވޭ، އެއްވެސް އަމަލީ ފިޔަވަޅެއް ނޭޅޭ ބައެއް ތީ.. ބޭކާރު ބައެއް.