ކ. މާލެ
|
16 އޯގަސްޓް 2021 | ހޯމަ 11:26
ޠާލިބާނުން ވަނީ އައު ސަރުކާރެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައި
ޠާލިބާނުން ވަނީ އައު ސަރުކާރެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައި
އަލްޖަޒީރާ
އަފްޣާނިސްތާންގެ ހާލަތު
އަފްޣާން ހަނގުރާމަ ނިމިއްޖެ، އެދެނީ ބައިނަލްއަޤުވާމީ ސުލްޙަވެރި ގުޅުމަކަށް – ޠާލިބާން
ގައުމުގެ އެއްވެސް ހިސާބެއްގައި ހަމަނުޖެހުމެއް ނުހިނގާ
ބައިނަލްއަޤުވާމީ ދުނިޔެއިން އަފްޣާންގެ އައު ސަރުކާރު ބަލައިގަތުމަށް ވަނީ ގޮވާލާފައި

އަފްޣާންގައި ކުރަމުން ދިޔަ ހަނގުރާމަ ނިމިއްޖެ ކަމަށާއި، އެދެނީ ބައިނަލް އަޤުވާމީ މުޖްތަމައުއިން ސުލްޙަވެރި ގުޅުމެއް ބާއްވަން ކަމަށް ޠާލިބާނުންގެ ސިޔާސީ އޮފީހުން ބުނެފިއެވެ.

ޠާލިބާނުންގެ ސިޔާސީ އޮފީހުގެ ތަރުޖަމާން އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެކަހެރިވެގެން ތިބެން ބޭނުން ނުވާ ކަމަށާއި، އަފްޣާންގައި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ޠާލިބާނުންގެ ތަރުޖަމާނު މުހައްމަދު ނައީމް ވަނީ ބައިނަލްއަޤުވާމީ ސުލްޙައަށް ވެސް ގޮވާލައްވާފައެވެ.

އޭނާ ވިދާޅުވީ ބޭނުންވާ ކަންކަން ހާސިލްވެފައިވާ ކަމަށާއި، އެއީ ގައުމުގެ މިނިވަންކަމާއި ރައްޔިތުންންނަށް މިނިވަންކަން ހޯދައި ދިނުން ކަމަށެވެ. އަދި އަމިއްލަ ބިން ބޭނުންކޮށްގެން ގައުމަށް ހަމަލާދިނުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، އެއްވެސް މީހަކަށް އަނިޔާވެރިވާން ބޭނުން ނުވާ ކަމަށެވެ.

އަފްޣާންގެ ހާލަތާ ގުޅޭ ގޮތުން އދ.ގެ ސެކިއުރިޓީ ކައުންސިލުން ހޯމަ ދުވަހުގެ ވަގުތެއްގައި މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އަފްޣާންގެ ހާލަތާ ގުޅޭ ގޮތުން ޠާލިބާނުން ބުނެފައިވަނީ މިހާތަނަށް އެ ގައުމުގެ އެއްވެސް ހިސާބެއްގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ. ޠާލިބާނުން މިހެން ބުނެފައިވަނީ ހަތިޔާރު އެޅި ޠާލިބާންގެ ހަނގުރާމަވެރިން އަފްޣާންގެ ވެރިރަށް ކާބުލް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، އެމެރިކާއިން ވާގިވެރިވެ އުފެއްދި ސަރުކާރު ވައްޓާލާފައިވަނިކޮށެވެ.

އާދީއްތަ ދުވަހު ކާބުލް ހިސޯރުކޮށް ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަޝްވަރާތަކެއް ޠާލިބާނުންނާއި އަފްޣާންގެ ސަރުކާރާ ދެމެދު ކުރެވެމުން ދަނިކޮށް، ރައީސް އަޝްރަފް ޢަނީ ވަނީ ގައުމު ދޫކުރައްވާ ފިއްލަވާފައެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ބޭރުގެ އެކި ގައުމުތަކުގެ ޑިޕްލޮމެޓުންނާއި އޮފިޝަލުން ވަނީ އަނބުރާ ގައުމުތަކަށް ވެސް ގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް