ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 14:14
1441 ވަނަ އަހަރުގެ ޙައްޖުގެ ތެރެއިން
1441 ވަނަ އަހަރުގެ ޙައްޖުގެ ތެރެއިން
ސައުދީ ގެޒެޓް
ހައްޖު މަހާއި ހައްޖު ދުވަހުގެ މާތްކަން
ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރު
 
އަރަފާތު ދުވަހަކީ ދުއާ އިޖާބަކުރެއްވުމުގެ ދުވަސް

ޒުލްހިއްޖާ މަހު 9 ވަނަ ދުވަހަކީ ކޮންމެ އަހަރަކު ވެސް ހައްޖުވެރީންގެ އެންމެ މުހިންމު ރުކުން ކަމުގައިވާ އަރަފާތް ބިމަށް އެންމެން އެއްވާ ދުވަހެވެ. މާތް ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަހެވެ. އެއީ އަރަފާތުގެ ބިމަށް ޖަމާވެފައި ތިބޭ ހައްޖުވެރިންގެ ފާފަތައް މާތްﷲ ފުއްސަވައިދެއްވާ ދުވަހެވެ. މި ދުވަހަކީ ފާފަ ފުއްސެވުމާއި އަފޫ ކުރެއްވުމުގެ ދުވަހެވެ. އަދި އެއީ ނަރަކައިން ދިންނަވައި މުއްތިކުރެއްވުމުގެ ދުވަހެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ މިހާލަތުގައި ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނެފައިވަނީ މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާނީ 60،000 މީހުން ކަމަށާއި، އެއީ ސައުދީގެ ތެރެއިން ހޮވާލެވިފައިވާ މީހުން ކަމަށެވެ. ސައުދީން ވަނީ ގައުމުން ބޭރުން ހައްޖުވެރިން އައުން މަނާކޮށްފައެވެ. 2021 ވަނަ އަހަރު ހައްޖުގެ އަޅުކަންކުރުމަށް ގައުމުގެ ތެރެއިން މީހުން ހޮވާފައިވާ އިރު، ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ވެސް ހައްޖުގެ އަޅުކަން އަދާކޮށްފައިވަނީ ސައުދީގެ ތެރެއިން މީހުންނަށް ފުރުސަތު ދީގެންނެވެ.

މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވެކްސިން ޖަހާފައިވާ މީހުންނަށްކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ. އަދި ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުންނަށް މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތެއް ނެތެވެ.

މި ބަލިމަޑުކަމާ ގުޅިގެން 1442 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ފަރާތްތަކަށް ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަންގެ ފަރާތުން މި އަަހަރު ރާއްޖެއިން ކުރުމަށް ހަމަޖެހިފައިވާ ހައްޖު ދަތުރުތައް ކެންސަލްކޮށްފައިވާއިރު ކުންފުންޏަށް ފައިސާ ދައްކައި، ހައްޖުގެ ޖާގަ ރިޒާވް ކޮށްފައިވާ ފަރާތްތަކަށް ޖާގަ ދެވޭ އަހަރު، ޖާގަ ރިޒާވް ކުރެވިފައިވާ ތަރުތީބުން އެއް އަހަރަށް ވަނީ ފަސްކުރެވިފައެވެ.

ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެންވެއެވެ. އެ ދުވަހު ރޯދަ ހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި، އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފޮހެވޭނެ ކަމެއް ކަމުގައި ރަސޫލާގެ އަރިހުން ސާބިތުވެއެވެ. އެގޮތުން އަރަފާތު ދުވަހު ރޯދަ ހިފުމަކީ އިސްވެދިޔަ އަހަރާއި، އަންނާން އޮތް އަހަރުގެ ފާފަ ފުއްސަވާނޭ ކަމެއް ކަމަށާއި އާޝޫރާ ދުވަހު ރޯދަ ހިފުމަކީ އިސްވެ ގޮސްފައިވާ އަހަރުގެ ފާފަ ފުއްސަވާނެ ކަމެއް ކަމަށް ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ.

ހައްޖު ދުވަހުގެ އިތުރުން މިހާރު ގުނަމުން މިދާ ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ މި ދުނިޔޭގައި ލެއްވި އެންމެ މާތް ދުވަސްތަކެވެ. ﷲ ތައާލާގެ ހަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރްމަތްތެރިވެގެންވާ މައްސަރުތަކެއް ކަމަށް ވާއިރު އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަހެވެ. އަދި މި މަހުގެ އެންމެ މާތް ދުވަސްތަކަކީ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް