ކ. މާލެ
|
7 ޖުލައި 2021 | ބުދަ 07:08
ޔޫކޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައި
ޔޫކޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައި
ރޮއިޓަރސް
ޔޫކޭގައި ލުއިތައް ދިނުން
ޔޫކޭގައި ވެކްސިން ފުރިހަމަ ކުރި މީހުންނާއި ކުޑަކުދިންނަށް ލުއިތަކެއްދޭން ނިންމައިފި
ޓެސްޓް ކުރުމާއި ކޮންޓެކްޓް ޓްރޭސިން އިތުރަށް ހަރުދަނާކުރުމަށް ވަނީ ނިންމާފައި

ޔޫކޭގައި އަޅާފައިވާ ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުން، ކުޑަކުދިންނާއި ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުންނަށް ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.

ޔޫކޭގެ ހެލްތް ސެކްރެޓަރީ ސާޖިދު ޖާވިދު ވަނީ ދިނުމަށް ނިންމާފައިވާ ބައެއް ލުއިތައް އަންގާރަ ދުވަހު އިއުލާންކުރައްވާފައެވެ. އެގޮތުން އެންއެޗްއެސް ޓެސްޓާއި ޓްރޭސް ސިސްޓަމް ހަރަދަނާކޮށް 18 އަހަރުން ދަށުގެ ކުޑަކުދިންނާއި ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތައް އައިސޮލޭޓްވާން ނުޖެހޭ ގޮތަށް ނިންމާފައެވެ.

ހެލްތް ސެކްރެޓަރީ ޖާވިދު ވަނީ މަޖިލިސް ކުރާ ގޭގައި މިހާރު ދިނުމަށް ނިންމާފައިވާ ލުއިތަކުގެ މައުލޫމާތު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ދެއްވާފައެވެ. އެގޮތުން ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއުލާން ކުރައްވާފައިވާ ލުއިތައް ދިނުމުގެ ގޮތުން، ބޮޑެތި ނިންމުންތަން ވަނީ ހާމަކުރައްވާފައެވެ.

ލުއިތައް ދިން ނަމަވެސް، ކޮންޓެކްޓް ޓްރޭސިން ސިސްޓަމް ދެން އޮޕަރޭޓް ކުރާނެ ގޮތަކާއި، ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނާ މެދު އަމަލުކުރާނެ ގޮތްތައް ވަނީ ކަނޑައަޅާފައެވެ. އަދި ޖުމްލަ ގޮތެއްގައި ބޮޑެތި ލުއިތަކެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން ޕޮޒިޓިވް މީހަކާއި ދިމާވެއްޖެނަމަ އަމަލުކުރަން އޮންނަ އުސޫލު ބަދަލުކުރުމާއި، ހަމައެކަނި ޓެސްޓް ހަދާގޮތަށް އުސޫލު ބަދަލުކުރަން ނިންމާފައިވެއެވެ.

ތައުލީމާބެހޭ ސެކްރެޓަރީ ގެވިން ވިލިއަމްސަން ވެސް ސްކޫލްތަކުގައި ދެން އަމަލުކުރާނެ ގޮތްތަކާއި އުސޫލުތައް އާންމުކުރަން ވަނީ ނިންމަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް