ކ. މާލެ
|
1 ޖުލައި 2021 | ބުރާސްފަތި 23:14
ކަޝްމީރުގައި ކޮވިޑް ބަލި ޖެހޭ މީހުންއަށް ފޯނު މެދުވެރިކޮށް ނަފްސާނީ އެހީތެރިކަން ދެނިކޮށް
ކަޝްމީރުގައި ކޮވިޑް ބަލި ޖެހޭ މީހުންއަށް ފޯނު މެދުވެރިކޮށް ނަފްސާނީ އެހީތެރިކަން ދެނިކޮށް
ރޮއިޓަރސް
ކޮވިޑް-19، އިންޑިއާގެ ކަޝްމީރު
ކަޝްމީރުގައި ކޮވިޑް ޖެހޭ މީހުނަށް ނަފްސާނީ އެހީތެރިކަން ދެނީ
ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެނީ ފޯނު މެދުވެރިކޮށް
އިންޑިއާއަކީ ކޮވިޑް ބަލީގައި އެންމެ ގިނަ މީހުން މަރުވި ގައުމު

ކަޝްމީރުގައި ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުންނަށް ނަފްސާނީ އެހީތެރިކަން ދޭން ނިންމާފައިވާ ކަމަށް ސްޓޭޓް ޑިޒާސްޓަރ ރެސްޕޮންސް ފޯރސްއިން ބުނެފިއެވެ.

ސްޓޭޓް ޑިޒާސްޓަރ ރެސްޕޮންސް ފޯރސްއިން ބުނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 24 ގަޑިއިރު ޚިދުމަތްދޭ މެންޓަލް ހެލްތު ކައުންސިލެއް ހަދާފައިވާ ކަމަށާއި، މިހާރު އެކައުންސިލްގެ ޚިދުމަތް ފޯނު މެދުވެރިކޮށް ދެމުން ގެންދާ ކަމަށެވެ.

އަދި ނަފްސާނީ އެހީތެރިކަން ދިނުމުގެ މައިގަނޑު މަގުސަދަކީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް އެންޒައިޓީ، ސްޓްރެސްވުން، އަދި މައިގްރެއިންގެ މައްސަލަ ގިނައިން ދިމާވާތީ އެކަންކަމުން ދުރުކޮށްދިނުން ކަމަށްވެސް ބުނެފައި ވެއެވެ.

އިންޑިއާއަކީ ކޮވިޑްގެ ބަލިމަޑުކަން އެންމެ ބޮޑުވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށްވެފައި ކޮވިޑްގެ ބައްޔަށް އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކަޝްމީރުގައި ހިންގަމުން އަންނައިރު، މި ޕްރޮގްރާމްތަކަކީ ކާމިޔާބު ޕްރޮގްރާމްތަކެއް ކަމަށް އިންޑިއާ ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ.

އިންޑިއާއިން މިހާތަނަށް 30,453,526 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 400،265 މީހުން ވަނީ ބަލީގައި މަރުވެފައެވެ. އެގައުމުން މިހާތަނަށް 29،535،403 މީހުން ބަލިން ފަސޭހަވެފައިވެއެވެ. އިންޑިއާއަކީ މި ބަލީގައި އެންމެ ގިނަ މީހުން މަރުވި ގައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 31 މިނެޓު ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް