ކ. މާލެ
|
28 ޖޫން 2021 | ހޯމަ 15:41
އިންޑިޔާގެ ދިއްލީ މެޓްރޯ ސްޓޭޝަންގައި ފުލުހުން ޗެކްކުރަނީ
އިންޑިޔާގެ ދިއްލީ މެޓްރޯ ސްޓޭޝަންގައި ފުލުހުން ޗެކްކުރަނީ
އަލްޖަޒީރާ
ޔޫރަޕަށް އެތެރެވުން
ކޮވިޝީލްޑް ޖެހި އިންޑިއާ މީހުންނަށް ޔޫރަޕަށް އެތެރެވުމުގައި ހުރަސްތަކެއް
ސިރަމް އިން ވަނީ މި މައްސަލަ ހައްލުކުރުމަށް މަޝްވަރާ ފަށާފައި

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ ފަރާތްތައް ޔޫރަޕްގެ ގައުމުތަކަށް އެތެރެވުމުގައި ދަތިތަކެއް ދިމާވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިކަމާ ގުޅިގެން ސިރަމް އިންސްޓިޓިއުޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދަރު ޕޫނަވާލާ ބުނީ ޔޫރަޕަށް އެތެރެވާއިރު ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ކޮވިޝީލްޑަކީ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރަޒެނިކާ ގުޅިގެން އުފައްދާފައިވާ ފޯމިއުލާއެއްގެ މައްޗަށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދަމުން އަންނަ ވެކްސިނެކެވެ. ޕޫނަވާލާ ބުނީ ޔޫރަޕްގެ ގައުމުތަކަށް އެތެރެވުމުގައި ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ދިމާވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެންމެ މަތީ ފަންތީގައި ކުރަމުންދާ ކަމަށާއި، ޑިޕްލޮމެޓިކް ލެވެލްގައި އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަންއިން މިހާތަނަށް އައި އިރު ހުއްދަ ދީފައިވާ ވެކްސިންތަކުގެ ތެރޭގައި އެސްޓްރަޒެނިކާގެ ވެކްސިން ހިމެނެއެވެ. މީގެ އިތުރުން ފައިޒާ، މޮޑާނާ އަދި ޖޯންސަންގެ ވެކްސިނަށް ވެސް އީޔޫ އިން ވަނީ ހުއްދަ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 މިނެޓު ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް