ކ. މާލެ
|
27 ޖޫން 2021 | އާދީއްތަ 13:07
ކޮވިޑް އިންޑިއާ
ކޮވިޑް އިންޑިއާ
އަލްޖަޒީރާ
އިންޑިއާގެ ކޮވިޑް ހާލަތު
އިންޑިއާއިން ދުވާލަކު ރިޕޯޓުކުރާ ކޮވިޑް-19ގެ ކޭސްތައް އަނެއްކާވެސް 50،000ށް ވުރެ މަތިވެއްޖެ
މިދިޔަ 24 ގަޑިއިރު ތެރޭގައި އެގައުމުން 50،040 ކޮވިޑް-19 ކޭސް ރިޕޯޓުކޮށްފައިވޭ
ކެރެލާއިން 12،118 ކޭސް އަދި މަހާރާޝްތުރާއިން 9،812 ކޭސް ރިޕޯޓުކޮށްފައިވޭ
1،258 މީހުން މިދިޔަ 24 ގަޑި އިރު ނިޔާވެފައިވޭ

އަވަށްޓެރި އިންޑިއާއިން ރިޕޯޓުކުރާ ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު ދަށްވުމަށް ފަހު އަނެއްކާވެސް 50،000ށް ވުރެ މައްޗަށް އަރައިފިއެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި އެގައުމުން 50،040 ކޮވިޑް-19 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އެއީ އޭގެ ކުރީ ދުވަހާ ބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން އޭގެ ކުރީ ދުވަހު ރިޕޯޓުކޮށްފައި ވަނީ 48،698 ކޭސްއެވެ.

ރިޕޯޓުތައް ބުނާގޮތުން މި ކޭސްތަކުގެ ތެރޭގައި ކެރެލާއިން 12،118 ކޭސް އަދި މަހާރާޝްތުރާއިން 9،812 ކޭސް ރިޕޯޓުކޮށްފައިވެއެވެ. މިއާއެކު އެ ގައުމުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 35.51 މިލިއަން އަށް މި ވަނީ އަރާފައެވެ. އޭގެ ތެރެއިން 29.25 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މީގެ އިތުރަށް 1،258 މީހުން މިދިޔަ 24 ގަޑި އިރު ނިޔާވެފައިވާއިރު އޭގެ ތެރެއިން 511 މީހުންނަކީ ވެސް މަހާރާޝްތުރާއިން ނިޔާވި މީހުންނެވެ. މިއާއެކު އެ ގައުމުން މި ބަލީގައި ނިޔާވި މީހުންގެ އަދަދު 395،751ށް އަރާފައިވާއިރު ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާއިން ބުނާގޮތުގައި ކޭސްތަކުގެ އަދަދު އެއަށް ވުރެ އިތުރުވުން އެކަށީގެންވެއެވެ.

އިންޑިއާގައި ޑެލްޓާ އަދި ޑެލްޓާ ޕްލަސް ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެމުންދާއިރު އޭގެ އަސަރު ބޮޑަށް ކުރަނީ ވެކްސިން ނުޖަހާ ތިބި މީހުންނަށެވެ. އެގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ތިބީ ވެކްސިން ނުޖަހައެވެ. އެގޮތުން އިންޑިއާގެ ބޮޑެތި މީހުންގެ އާބާދީގެ ހަ ޕަސަންޓު ވެސް އަދި ވެކްސިން ޖަހާފައެއް ނުވެއެވެ.

އިންޑިއާގައި މިހާރު ރިކޯޑް އަދަދަކަށް މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އޭގެ ތެރޭގައި ޒުވާނުންނާއި ކުޑަކުދިން ވެސް ގިނަ އަދަދަކަށް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާއިން ފެނިފައިވާ އައު ވޭރިއެންޓަކީ ހުރިހާ އުމުރަކަށް ވެސް ނުރައްކާ ވޭރިއެންޓެއް ކަމަށާއި މި ވޭރިއެންޓުގައި ޒުވާނުންނަށް ބަލި ޖެހި ފަރުވާ ހޯދަން ވެސް ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާ އިން ފެނިފައިވާ ކޮވިޑް-19 ގެ ވޭރިއެންޓް 17 ގައުމަކުން ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން މީގެ ކުރިން ވަނީ ބުނެފައެވެ. ޑެޓާބޭސްއިން ދައްކާގޮތުން އެންމެ ގިނައިން އެ ވޭރިއެންޓް ފެނިގެން ރިޕޯޓު ކޮށްފައިވަނީ އިންޑިއާ އާއި، އެމެރިކާ، އަދި އިނގިރޭސި ވިލާތުންނާއި ސިންގަޕޫރުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 މިނެޓު ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް