ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 02:16
ކޮވިޑް-19ގެ އެކި ވޭރިއަންޓްތައް އަންނަނީ ފެންނަމުން
ކޮވިޑް-19ގެ އެކި ވޭރިއަންޓްތައް އަންނަނީ ފެންނަމުން
ގެޓީ އިމޭޖަސް
އިންޑިޔާއިން ފެނުނު ޑެލްޓާ ވޭރިއަންޓް
އެންމެ ބާރުގަދަ ވޭރިއަންޓަކަށް އިންޑިޔާއިން ފެނުނު ޑެލްޓާ ވޭރިއަންޓް
ޖަރުމަނުގައިވެސް އަންނަނީ ޑެލްޓާ ވޭރިއަންޓް ބާރުގަދަކުރަމުން
އިނގިރޭސިވިލާތުގައި ކޭސްތައް އިތުރުވުމުގެ ސަބަބަކީ ޑެލްޓާ ވޭރިއަންޓް

އިންޑިޔާއިން ފެނުނު ޑެލްޓާ ވޭރިއަންޓަކީ އެންމެ ބާރު ގަދަ ވޭރިއަންޓަށް ވަމުން އަންނަކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޗީފް ސައިންޓިސްޓް ސޯމްޔާ ސްވެމިންތަން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގައި ކޮވިޑްގެ ހާލަތު ގޯސްވުމުގައި އެންމެ އިސްދައުރެއް އަދާކުރަމުން އަންނަނީ ޑެލްޓާ ވޭރިއަންޓްކަމަށް އެގައުމުގައި ކުރިޔަށްގެންދިޔަ ދިރާސާއަކުން ވަނީ ހާމަވެފައެވެ. އަނެއްކޮޅުން ޖަރުމަނުގެ އެންމެ އިސް ޕަބްލިކް ހެލްތު އޮފިޝަލުން އަންދާޒާކުރައްވާ ގޮތުގައި ވެކްސިން ދެމުން އައިނަމަވެސް އެގައުމުގައިވެސް އަންނަނީ ޑެލްޓާ ވޭރިއަންޓް ބާރުގަދަ ކުރަމުންނެވެ. ރަޝިޔާގައިވެސް ޑެލްޓާ ވޭރިއަންޓް އިތުރުވަމުން އަންނައިރު އެގައުމަށް ކޮވިޑްގެ ތިން ވަނަ ރާޅެއް އަރާފާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

ސޯމްޔާ ވިދާޅުވީ ޑެލްޓާ ވޭރިއަންޓް ދުނިޔޭގައި ބާރުގަދަ ކުރަމުން އަންނަނީ އެފެތުރޭ މިންވަރު އެހެން ވޭރިއަންޓްތަކަށްވުރެ ހަލުވުވިވީމައެވެ.

ޑެލްޓާ ވޭރިއަންޓް ބާރުގަދަ ކުރަމުން އަންނައިރު އިންޑިޔާގެ ހާލަތު އެންމެ ބޮޑަށް ގޯސްވެގެންދިޔައީ ޑެލްޓާ ވޭރިއަންޓްގެ ސަބަބުންނެވެ. އޭގެފަހުން އިނގިރޭސިވިލާތުގެ ހާލަތު ގޯސްވަމުން އަންނަނީވެސް އެވޭރިއަންޓްގެ ސަބަބުންކަމަށް އެގައުމުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް