ކ. މާލެ
|
28 މެއި 2021 | ހުކުރު 20:11
އެއާ އިންޑިއާގެ ފްލައިޓެއް
އެއާ އިންޑިއާގެ ފްލައިޓެއް
އިންޑިއަން އީގަލް
އެއާ އިންޑިއާގެ ބޯޓަކުން ވާލެއް ފެނުން
ބޯޓު ތެރެއިން ވާލެއް ފެނިގެން އެއާ އިންޑިއާގެ ބޯޓެއް އަނބުރާ ޖައްސައިފި
މިކަން ހިނގައި ދިޔަ ގޮތް ތަހުގީގު ކުރުމަށް އެއާއިންޑިއާގެ ފްލައިޓް ސޭފްޓީ ޑިޕާޓްމެންޓަށް މިހާރު ވަނީ ހުށަހަޅާފައި
ވާ ފެނިފައިވަނީ ބޯޓު ނައްޓާލިތާ 30 މިނިޓް ފަހުން

ނިއުދިއްލީން ފުރައިގެން އެމެރިކާގެ ނެވާކް ލިބަޓީ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަމުން ދިޔަ އެއަރ އިންޑިއާގެ މަތިންދާބޯޓަކުން ވާލެއް ފެނިގެން ބޯޓު އަނބުރާ ޖައްސައިފިއެވެ.

އެއާ އިންޑިއާގެ ބޯޓު ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާފައި ވަނީ މެންދަމު 2:20 ގައެވެ. ވާ ފެނިފައިވަނީ ބޯޓު ނައްޓާލިތާ 30 މިނިޓް ފަހުން ކެބިން ކްރޫއިންނަށެވެ. އެހެން ކަމުން ބޯޓުގެ ކައްޕި ނިންމީ އަލުން އަނބުރާ ދިއްލީއަށް ޖައްސާށެވެ.

ބޯޓު ނައްޓާލުމަށް ފަހު އަނބުރާ އަންނަން މިސްރާބު ޖެހުމުން ލޯކަލް ސްޓޭންޑް ބައި އެމަރޖެންސީ އިއުލާނު ކޮށްފައިވެއެވެ. މަތިންދާބޯޓު ދިއްލީގައި ޖެއްސުމުން, ބޯޓު ސާފުކުރި ކުރުމުގެ ތެރޭގައި މަރުވެފައި އޮތް ވާލެއް ފެނިފައި ވާކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ.

މި ކަން ހިންގުމުން, ބޯޓުން ދަތުރުކުރި ފަސިންޖަރުން ވަނީ އެއާ އިންޑިއާގެ އެހެން ބޯޓަކަށް ބަދަލު ކޮށްފައެވެ. އެ ބޯޓު ހެނދުނު 11:35 ހާއިރު ނެވާކްގައި ވަނީ ޖައްސާފައެވެ.

މި މައްސަލަ ހިނގައި ދިޔަ ގޮތުގެ ތަފްސީލީ ތަހުގީގެއް ކުރިއަށް ގެންދިޔުމަށް އެއަރ އިންޑިއާގެ ފްލައިޓް ސޭފްޓީ ޑިޕާޓްމެންޓަށް މިހާރު ވަނީ ހުށަހަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
28 މެއި 2021 | ހުކުރު 20:26
ބައިޑަން
އެގޮލާ ޓިކެޓް ނުގަނެ ވިސާ ނުހޯދާ އެމެރިކާ ބަލާލަން ދާން އުޅުމުން ބައިޑަންގެ އަމުރަށް ނަތަންޔާހޫ ފޮނުވާލި އިންވިޒިބަލް މިސައިލަކުން އެގޮލާ މަރާލީ.