ކ. މާލެ
|
21 މެއި 2021 | ހުކުރު 08:04
ޗައިނާ އަސްކަރިއްޔާގެ ޖެޓުތަކެއް
ޗައިނާ އަސްކަރިއްޔާގެ ޖެޓުތަކެއް
ޓައިވާން ނިއުސް
ޗައިނާގެ ދިފާއީ ބާރު ވަރުގަދަކުރުން
ޗައިނާގެ ދިފާއީ ބޭސްތައް އެފްރިކާ ސަރަހައްދަށް
އެފްރިކާ ސަރަހައްދުގައި ބޭސްއެއް އަޅަނީ އެ ސަރަހައްދުގައި އެމެރިކާގެ ސިފައިން މަދުވުމުން

ޗައިނާގެ ސިފައިންގެ އިތުރު ބޭސްތަކެއް އެފްރިކާ ސަރަހައްދުގައި އެޅުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާއިން އެގައުމުގެ ސިފައިންގެ ބޭސްތަކެއް އެފްރިކާގައި އެޅުމަށް ނިންމާފައިވަނީ އެ ސަރަހައްދުގައި ޗައިނާ ސިފައިންގެ ބާރު އިތުރު ކުރުމަށެވެ. އަދި އެއީ އެމެރިކާގެ ބޭސްތައް މަދު ސަރަހައްދަކަށްވުމުން ޗައިނާއަށް އެ ސަރަހައްދުގައި ސިފައިންގެ ތަމްރީނުތައް ކުރިޔަށް ގެންދިޔުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާއިން އެފްރިކާ ސަރަހައްދުގެ އިތުރުން އެޓްލާންޓިކް ކަނޑުގެ ސަރަހައްދުގައި ކަނޑުގެ ސިފައިންގެ ބޭސްއެއް އެޅުމަށްވެސް އަންނަނީ ތައްޔާރު ވަމުންނެވެ.

ޗައިނާއިން އެފްރިކާ ސަރަހައްދުގައި އެގައުމުގެ ސިފައިންގެ ބޭސްތަކެއް އަޅަން އުޅޭ ކަމުގެ އަޑު ފެތުރިފައި މިވަނީ އެމެރިކާއިން އިންޒާރު ދީފައި ވަނިކޮށެވެ. އެފްރިކާގައި ހުންނަ އެމެރިކާ ބޭސްގެ ކޮމާންޑަރ ވިދާޅުވީ ޗައިނާއިން އެފްރިކާގައި ސިފައިންގެ ބޭސްތަކެއް އިތުރު ކުރުމަކީ އެމެރިކާއަށާއި އެ ސަރަހައްދުގެ ގައުމުތަކަށްވެސް އޮތް ނުރައްކަލެއް ކަމަށް ބުނެފައެވެ. އަދި ޗައިނާއަށް އޭރުން ކަނޑުގެ މަގުން ނުވަތަ ވައިގެ މަގުން ވެސް އެހެނިހެން ގައުމުތަކަށް ހަމަލާ ދޭން ފަސޭހަވާނެ ކަމަށް ކޮމާންޑަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް
21 މެއި 2021 | ހުކުރު 17:02
ޜިޔާޒް
މިދެން އަޅެ ޖޯކު ދޯ! އެމެރިކާ އިން މިލިޓަރީ ބޭސް އެފްރިކާގައި އެޅީމައި އޯކޭ! އެކަމަކު އެހެން ގައުމަކުން އަޅަންޔާ މުޅި އެފްރިކާ އާއި ދުނިޔެ އަށް ނުރައްކާ!! ހުރިހާ ނުބަޔެއް ހަދަނީ އެމެރިކާއިން. ޕަވަރ ބެލެންސް ނުވަންޔާ އޭގެ ނޭދެވޭ އަސަރު ކުދި ގައުމު ތަކަށް ކުރާނެ