ޝެއިޚް ޖިހާދާ ހަވާލާދީ އަލީ ޝާހިން ވިދާޅުވީ، ކާލޯސް އިސްލާމްދީނާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ޝެއިޚްއާ ގުޅަމުންދާތާ ދުވަސް ތަކެއް ވެފައިވާ ކަމަށް. އަދި މީގެ ހަތަރު ހަފުތާ ކުރިން ކާލޯސް ޝެއިޚްއާ ބައްދަލުކޮށް، ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްދީން ޤަބޫލު ކޮށްފައިވާ ކަމަށް ޝާހިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި.