Raajje.mv

އިދިކޮޅު ކޯލިޝަންގެ އެއްވުން

ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހު މާލެއާއި އަތޮޅުތަކުގައި ބާއްވާ އެއްވުން ފަށާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 16:00 ގައި

16 ފެބުރުއަރީ 2018
57637
އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުން

އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުން

16 ފެބުރުއަރީ 2018 | 20:25

ހުސައިންއަށް އޭޑީކޭގައި ކެމެރާމަން ނަދީމްއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާދެމުން

ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިންއަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުންދާއިރު ރާއްޖެޓީވީގެ ކެމެރާމަން ނަދީމަށް ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން. ފުލުހުން ބޫޓުން ޖަހާފައިވާ ނިޝާންތައް އޭނާގެ ގައިން ފެންނަން ހުރިކަމަށް ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ވަނީ ވިދާޅުވެފައި. މަންޒަރު ދުށް ނޫސްވެރިއަކު ބުނެފައިވަނީ ހުސައިންގެ ކުރިމަތި ފަރާތުގައި ހިފާ ބޮނބިފަޅީގަ ޖެހުމަށްފަހު މައިކް ދަމައިގަނެ މޫނުވަތަށް ގަންނަވާ ފުލުހުން އޭނާ ވައްޓާލާފައިވާކަމަށް

16 ފެބުރުއަރީ 2018 | 20:08

ހުސެއިންއަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައި ކަމަށް ބެލެވޭ

16 ފެބުރުއަރީ 2018 | 19:48

ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން އޭޑީކޭއަށް ފުލުހުންގެ ކާރުގައި ގެންދިއުން

ހުސައިންއަށް ވަރަށްބޮޑަށް އަނިޔާ ކޮށްފައިކަމަށް ވަނީ މައުލޫމާތު ލިބިފައި. ރަނގަޅަށް ނޭވާ ނުލެވޭކަމަށާއި ހާލު ދެރަކަމަށްވެސް ވަނީ މައުލޫމާތު ލިބިފައި

16 ފެބުރުއަރީ 2018 | 19:39

ފުލުހުން އަނެއްކާވެސް ރާއްޖެޓީވީގެ ނޫސްވެރިންނަށް ހަމަލާ ދީފި

ފުލުހުން އަނެއްކާވެސް ރާއްޖެ ޓީވީގެ ނޫސްވެރިންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހައިފި. ރާއްޖެޓީވީގެ ނޫސްވެރިޔާ މުރުޝިދު ބުނީ ކެމެރާމަން ޒަރީރުއާއި ނަދީމް އަދި ނޫސްވެރިޔާ ސާއިފްގެ ލޮލަށް ވަރަށް ކައިރިން ޕެޕަރ ސްޕްރޭ ޖަހާފައިވާކަމަށް. މުރުޝިދުގެ ލޮލަށްވެސް ޕެޕަރ ސްޕްރޭ ވަނީ ޖަހާފައި

16 ފެބުރުއަރީ 2018 | 19:23

އިދިކޮޅު ފަރާތްތަކާއި ޕީޕީއެމްގެ ކުރިމަތިލުންތަކެއް

މާވެޔޮމަގު ކަންމަތީގައި ސަރުކާރަށް ތާއީދުކުރާ މީހުންނާއި އިދިކޮޅު ފަރާތްތަކާމެދު ބަހުގެ ހޫނު ހަމަލާތަކެއް. ސަރަހައްދު ދަނީ ބާރު ބޮޑުވަމުން

16 ފެބުރުއަރީ 2018 | 19:05

ވީޓީވީގެ ނޫސްވެރިޔާ ލީވާން ވެސް ވަނީ ހައްޔަރު ކޮށްފައި

ވީޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުވެސް ފުލުހުންވަނީ ހައްޔަރުކޮށްފައި. ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހުގެ ލޮލަށް ގިނައަދަދަކަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުންދާކަމަށް ރާއްޖެޓީވީގެ ނޫސްވެރިޔާ ފަޒީން ވަނީ ރިޕޯޓްކޮށްފައި. މީގެ އިތުރުން ރާއްޖެޓީވީގެ ފޮޓޯގްރާފަރ ޝަރުހާންވެސް ދަނީ އޭޑީކޭގައި ފަރުވާހޯދަމުން

16 ފެބުރުއަރީ 2018 | 18:54

ފުލުހުން ބައެއް މީޑިއާތަކަށް ވަނީ އެއްވުން ކަވަރު ކުރުމަށް ފުރުސަތު ދީފައި

މީޑިއާތަކަށް ހުރަސް އަޅައި އަނިޔާކުރާއިރު ސަރުކާރަށް ސަނާކިޔާ ބައެއް ޗެނަލްތަކަށް ފުލުހުން ވަނީ ޗާންދަނީމަގު ކަންމަތީގައި ހަރަކާތްތެރިވުމުގެ ފުރުސަތުދީފައި

16 ފެބުރުއަރީ 2018 | 18:44

 ރާއްޖެޓީވީގެ ނޫސްވެރިންނަށް އަނިޔާކޮށް ހައްޔަރުކުރިީ އަބްދުއް ރަހީމް ރާއްޖެޓީވީއާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލެއްވިތާ މާގިނަ އިރެއް ނުވަނީސް

ރާއްޖެޓީވީގެ ނޫސްވެރިން ހައްޔަރު ކޮށް އަނިޔާ ކޮށްފައި މިވަނީ އާންމުން ނުތަނަވަސްވާ ގޮތަށް އަމަލުކުރާ މީޑިއާތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލެއްވިތާ ކުޑައިރުކޮޅެއް ނުވަނީސް.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނިއުސް ބްރީފިންގައި އަބްދުއްރަހީމް ވަނީ ރާއްޖެ ޓީވީ އާއި ވީޓީވީގެ ނަން ވަކިން ފާހަގަ ކުރައްވައި، "ފިތުނަފަސާދަ" އުފައްދާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވައިފައި.

އޭނާ ވިދާޅުވެފައިވަނީ "ރާއްޖެ ޓީވީންނާއި ވީޓީވީން މިކުރާ ހުރިހާ ވެސް މަސައްކަތަކީ މި ރާއްޖޭގައި ފިތުނަ ފަސާދަ އުފައްދަން ކުރާ މަސައްކަތް. ރައްޔިތުންނަށް ވާނުވާ ނޭނގި، ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ގެންދަން ކުރާ މަސައްކަތް. ދޭތެރެ ޖައްސަން ކުރާ މަސައްކަތް. ރާއްޖޭގެ ރައްޔިތުންނަށް ނުރައްކާތެރި ކަމެއް އޮތް ކަން ދޭހަކޮށްދިނުމުގެ ގޮތުން ކުރާ މަސައްކަތް" ކަމަށް

ރާއްޖެޓީވީގެ ކެމެރާމަން އަނިލްއާއި ޝަރުހާން

16 ފެބުރުއަރީ 2018 | 18:37

ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން ހައްޔަރުކޮށްފި

ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން ހައްޔަރުކޮށްފި. ހުސައިން ހައްޔަރުކޮށްފައިވަނީ އަނިޔާވެރިކޮށްކަމަށް އެސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިން ވަނީ ބުނެފައި. ޕެޕަރސްޕްރޭ އަނެއްކާވެސް ނޫސްވެރިންގެ ލޮލަށް ޖަހައިފި. އެސްއޯ ފުލުހުން ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައި. ރާއްޖެޓީވީގެ ކެމެރާމަން އަނިލްއަށް ވެސް ވަނީ އަނިޔާ ކޮށްފައި. ރާއްޖެޓީވީގެ ފޮޓޯގްރާފަރ ޝަރުހާނަށްވެސް ވަނީ އަނިޔާ ވެފައި. އަދި މީގެ އިތުރުން ކެމެރާމަން ޒަރީރުގެ ހަށިގަނޑުގެ އަތްލަން ނުވާ ތަންތަނުގައި ހިފާ އަނިޔާކޮށްފައިވާކަމަށް ޒަރީރު ވަނީ ބުނެފައި.

16 ފެބުރުއަރީ 2018 | 18:09

މަހުލޫފު ހައްޔަރުކޮށްގެން ގެންދިޔަ ވީޑިއޯ

16 ފެބުރުއަރީ 2018 | 17:59

އެމްޑީޕީގެ އެކްޓިވިސްޓް ރަޝީދު މޫސާވެސް ހައްޔަރު ކޮށްފި

16 ފެބުރުއަރީ 2018 | 17:56

ޕީޕީއެމް އިން ކުރިއަށް ގެންދާ ޕްރެސް

މިޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު "ބަލާ މުސީބާތަކީ" ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ކަމަށް ޕީޕީއެމް ނާއިބު ލީޑަރު، އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ

16 ފެބުރުއަރީ 2018 | 17:41

މަހުލޫފު ހައްޔަރުކޮށްފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހައްޔަރު ކޮށްގެން ގެންގޮސްފި. މަހުލޫފު ހައްޔަރު ކުރީ މަޖީދީ މަގުގައި ހުންނަ ކެމްޕަސް ފިހާރަ ދޮރުމަތިން

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު

16 ފެބުރުއަރީ 2018 | 17:39

އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުމުގައި ފުލުހުންގެ ޓާގެޓް ހުރީ މީޑިއާ ތަކަށް

16 ފެބުރުއަރީ 2018 | 17:20

ނޫސްވެރިއެއްގެ އަނގަމަތި ފަޅާލައިފި

ބައެއް ނޫސްވެރިންނަށް ހަމަލާދީ އަނގަމަތި ފަޅާލާފައިވާކަމަށް ރާއްޖެއެމްވީގެ ނޫސްވެރިޔާ ހުސައިން ހަސަން ވަނީ ބުނެފައި. އަނގަމަތި ފަޅާލާފައިވަނީ ސަންގު ޓީވީގެ ކެމެރާމަނެއްކަމަށްވާ އަހުމަދު އަޔާދުގެ އަނގަމަތި. އެއްވުމުގެ ބައިވެރިން ތިބީ މަޖީދީ މަގާއި ޗާންދަނީ މަގާ ގުޅުނު ހަތަރު އަނގޮޅި ކަންމަތީގައި.

އަޔާދުގެ އަނގަމަތި ފަލާލާފައި

16 ފެބުރުއަރީ 2018 | 17:14

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓްވީޓް

މޫދަށް ލިއަސް ރައްޔިތުން ފަހަތަކަށް ނުޖެހޭނެ ކަމަށް ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވި

16 ފެބުރުއަރީ 2018 | 17:05

މަޖީދީ މަގާއި ޗާންދަނީ މަގާ ގުޅުނު ހަތަރު އަނގޮޅި ކަންމައްޗަށް އެއްވެއްޖެ

މަޖީދީ މަގާއި ޗާންދަނީ މަގާ ގުޅުނު ހަތަރު އަނގޮޅި ކަންމައްޗަށް އެއްވެއްޖެ. ރާއްޖެޓީވީގެ ކެމެރާމަން ފަޒީން ގެ ލޮލަށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހާފައ. މީގެ އޮތުރުން ސަންގު ޓީވީގެ ނޫސްވެރިޔާ ޔާމީންގެ ލޮލަށްވެސް ވަނީ ކަރުނަ ގޭސް ޖަހާފައި.ނޫސްވެރިންނަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައި

16 ފެބުރުއަރީ 2018 | 17:00

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުގެ ޓްވީޓް

16 ފެބުރުއަރީ 2018 | 16:35

މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނިކުމެއްޖެ

އާޓިފިޝަލް ބީޗް ސަރަހައްދުން ފުލުހުން ދުރައްޖެއްސުމުން މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނިކުމެއްޖެ.

16 ފެބުރުއަރީ 2018 | 16:32

މީޑިއާ ދުރަށް ޖެއްސުމަށްޓަކައި ފުލުހުން ދަނީ މަސައްކަތް ކުރަމުން

ބީޗް ސަރަހައްދުގައި ހަރަކާތްތެރިވާ ރާއްޖެއެމްވީގެ ރިޕޯޓަރ ބުނީ މީޑިއާ ދުރައް ޖައްސަމުންދާކަމަށް. ފުލުހުން ދަނީ ޝީލްޑާއިއެކު މީހުން ދުރަށް ޖައްސަމުން. އެއްވުމުގެ ބައިވެރިންނަށް ދަނީ އަނިޔާވަމުން

16 ފެބުރުއަރީ 2018 | 16:08

މަހުލޫފު ވިދާޅުވީ ފުލުހަށް ހާޒިރު ކުރީ މިފަހަރުވެސް ޓްވީޓުގެ މައްސަލައިގައި ކަމަށް

މާދަމާވެސް 17:00 އަށް ފުލުހަށް ހާޒިރު ވުމަށް މަހުލޫފަށް ވަނީ އަންގާފައި. މިރޭގެ އެއްވުމުގައިވެސް ފެނިގެންދާނެކަމަށް ވަނީ ވިދާޅުވެފައި.

16 ފެބުރުއަރީ 2018 | 16:05

މަހުލޫފު ފުލުހުންގެ އިދާރާއިން ދޫކޮށްލައިފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ދޫކޮށްލައިފި. މަހުލޫފު ފުލުހުންގެ އިދާރާއަށް މިއަދު ދެފަހަރު ވަނީ ގޮސްފައި. އެއީ މއިަދު 14:30 އާއި 17:00 ގައި. މަހުލޫފު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ ކުރެއްވި ޓްވިޓްތަކާއި ގުޅިގެން. މިއަދުގެ އެއްވުމުގައިވެސް އޭނާ ވަނީ ބައިވެރިވެ ލައްވާފައި

މަހުލޫފު. ފައިލް ފޮޓޯ

16 ފެބުރުއަރީ 2018 | 15:49

އާޓިފިޝަލް ބީޗް ސަރަހައްދަށް އަނެއްކާވެސް މީހުން އެއްވާން ފަށައިފި

އާޓިފިޝަލް ބީޗް ސަރަހައްދަށް އަނެއްކާވެސް މީހުން އެއްވާން ފަށައިފި. ފުލުހުންވެސް ދަނީ އެސަރަހައްދުގައި ހަރަކާތްތެރި ވަމުން.

16 ފެބުރުއަރީ 2018 | 15:40

އާޓިފިޝަލް ބީޗް ސަރަހައްދު ފުލުހުން ހުސްކޮށްލައިފި

އެއްވުމުގެ ބައިވެރިން ތިބި އާޓިފިޝަލް ބީޗް ސަރަހައްދު ފުލުހުން ހުސްކޮށްލައިފި. އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެއްވުން އަދިވެސް ނުނިމޭކަމަށާއި އިރުކޮޅެއްގެ ތެރޭގައި އެއްވުން ފެށިގެން ދާނެކަމަށް.

16 ފެބުރުއަރީ 2018 | 15:34

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓްވީޓް

ރާއްޖޭގެ އެތަށް ހާސް ބަޔަކު ވަނީ ސުޕްރީމްކޯޓުން އަމުރުކޮށްފައިވާ ގޮތަށް ސިޔާސީ ކުށްވެރިން ދޫކުރުމަށް ރައީސް ޔާމީނަށް ގޮވާލުމަށް އެއްވެފައި. ރައީސް ޔާމީން އިސްތިއުފާ ދެއްވާ ރާއްޖޭގައި މިނިވަން އިންތިޚާބަކަށް ޖާގަ ދޭންޖެހޭކަމަށް ރައީސް ނަޝީދުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައި

16 ފެބުރުއަރީ 2018 | 15:26

މިއަދުގެ އެއްވުން ރާއްޖޭގެ އެކިރަށްރަށުގައި ވަނީ ކުރިއަށްގެންގޮސްފައި

މިއަދުގެ އެއްވުމުގެ ތެރެއިން އެއްވުމުގެ ބައިވެރިއަކު ޕިކަޕެއް ތެރޭގައި އިށީދެނގެން

16 ފެބުރުއަރީ 2018 | 14:58

އެއްވުމުގެ ބައިވެރިއެއްގެ އަތް ބިންދައިގެން ހިނގެއްޖެ

Caption

އެއްވުމުގެ ބައިވެރިއެއްގެ އަތް ބިންދައިގެން ހިނގެއްޖެ. އަތް ބިންދައިގެން ދިޔައީ ކީއްވެގެން ކަމެއް ނޭނގޭ. މިހާރު އޭނާ ވަނީ އޭޑީކޭ

ހޮސްޕިޓަލަށް ގެންގޮސްފައި

އަތް ބިންދައިގެން ދިޔަ މީހާ ފުލުހުން ގެންދަނީ

16 ފެބުރުއަރީ 2018 | 14:41

އެމްޑީޕީގެ ހަރުގެ ފުލުހުންގެ ބެލުމުގެ ދަށުގައި

އާޓިފިޝަލް ބީޗްގައި އިޝާ ނަމާދު ކުރުމުގެ ކުރިން، އެ ސަރަހައްދުން މީހުން ދުރުކޮށް، އެމްޑީޕީގެ ހަރުގެ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި. ތަން ހުރީ ބަންދުކޮށްފައި. އެއްވެސް މީހަކަށް ހަރުގެއަށް ނުވަދެވޭ

16 ފެބުރުއަރީ 2018 | 14:38

ތުޅާދޫން ހައްޔަރުކުރި ޖައިލަމް ދޫކޮށްލައިފި

ތުޅާދޫގައި މިއަދު ކުރި މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި ޖައިލަމް ދޫކޮށްލައިފި

16 ފެބުރުއަރީ 2018 | 14:35

ގިނަ އަދަދެއްގެ ފުލުހުން ޝީލްޑާއެކު ވަދެ މީހުން ފޮނުވާލައިފި

ގިނަ އަދަދެއްގެ ފުލުހުން ޝީލްޑާއެކު އާޓިފިޝަލް ބީޗް ސަރަހައްދަށް ވަދެ މީހުން ފޮނުވާލައިފި

16 ފެބުރުއަރީ 2018 | 14:16

ހަރުގެ އަލުން ބަންދުކޮށްފި

އެސް އޯ ފުލުހުން ޝީލްޑާއެކު ވަދެ ބަންދުކުރި އެމްޑީޕީގެ ހަރުގެ އަލުން ހުޅުވާފައި ހުއްޓައި، އެނެއްކާ ވެސް ފުލުހުން ގޮސް ބަންދުކޮށްފި. އާޓިފިޝަލް ބީޗް ސަރަހައްދުގައި ގިނަ ބަޔަކު މަޣުރިބް ނަމާދުކުރިއިރު، އެ ސަރަހައްދުގައި ތިބި މީހުން ދުރުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން.

އާޓިފިޝަލް ބީޗް ކުރިމަތީގައި މަޣުރިބް ނަމާދު ކުރަނީ

16 ފެބުރުއަރީ 2018 | 13:19

ހަރުގެ އަލުން ހުޅުވައިފި

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އެމްޑީޕީ ހަރުގެ އަލުން ހުޅުވައިފި.

16 ފެބުރުއަރީ 2018 | 13:05

މުޒާހަރާ ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި

މިއަދުގެ އެއްވުމުގެ ތެރެއިން

16 ފެބުރުއަރީ 2018 | 12:29

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ޓްވީޓް

ގާސިމް އަޑުއެހި އަދި ދުއް އެންމެ އަނިޔާވެރި ވެރިއަކީ ރައީސް ޔާމީން. މިވަރު ދޮގުބުނާ އަނިޔާވެރި ކަމާ ބޮޑާކަމާ ކިބުރުވެރި ރަހުމެއް ނެތް ލާއިންސާނީ އަމިއްލަ އެދުމުން ފުރިފައިވާ ގާނޫނާ ދީނަށްވެސް ބެލުމެއް ނެތި ކަންކުރަމުންދާ އެހެން މީހަކުގެ އަޑެއް ނުވިއޭ އަދި ނުދެކޭ ކަމަށް ވަނީ ވިދާޅުވެފައި.

16 ފެބުރުއަރީ 2018 | 12:22

އައްޑޫ ސިޓީގެ އެއްވުމުގެ ތެރެއިން

އައްޑޫ ސިޓީގެ އެއްވުމުގެ ތެރެއިން

16 ފެބުރުއަރީ 2018 | 12:12

އެއްވުމުގެ ބައިވެރިން ތިބީ އެމްޑީޕީ ހަރުގެ ކުރިމަތީގައި

މިއަދުގެ އެއްވުން. އެމްޑީޕީ ހަރުގެ ކުރިމަތިން

16 ފެބުރުއަރީ 2018 | 12:00

އައްޑޫ ސިޓީގެ މުޒާހަރާ ކުރާ ސަރަހައްދަށް ސިފައިން ގޮސްފި

ކޮންވެންޝަން ސެންޓަރު ކައިރީ ފުލުހުން

16 ފެބުރުއަރީ 2018 | 11:53

ފުލުހުން ޕެޕަރ ސްޕްރޭ ޖަހައިފި

ފުލުހުން އެއްވުން ރޫޅާލުމަށް އިންޒާރު ދަނީ ދެމުން.ރާއްޖެ ޓީވީގެ ރިޕޯޓަރ ބުނީ ޕެޕަރ ސްޕްރޭ ޖެހުމުން އާންމުންނާއި ނޫސްވެރިންނަށް

މިއަދުގެ އެއްވުން

އެކި ވަރުގެ ގެއްލުން ލިބިފައިކަމަށް. ބާރުގެ ބޭނުންކުރުމަށް އިންޒާރު ދެމުންދާކަމަށް ރިޕޯޓަރ ވަނީ ބުނެފައި

16 ފެބުރުއަރީ 2018 | 11:49

މިއަދުގެ އެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުވެސް ވަނީ ބައިވެރިވަޑައިގެންފައި

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އެއްވުމުގައި

16 ފެބުރުއަރީ 2018 | 11:45

ފުލުހުން ޝީލްޑާއިއެކު އެމްޑީޕީ ހަރުގެއަށް ވަދެގަނެއްޖެ

ފުލުހުން ޝީލްޑާއިއެކު އެމްޑީޕީ ހަރުގެއަށް ވަދެއްޖެ. އެމްޑީޕީ ހަރުގޭ ތެރޭގައި ތިބި އެންމެން ނިކުތުމަށް ވަނީ އަންގާފައި. ހަރުގޭގައި ހުރި ސައުންޑް ފުލުހުން ވަނީ ކަނޑާލާފައި

އެމްޑީޕީ ހަރުގެއަށް ފުލުހުން ވަނުން

1 / 2