އިދިކޮޅު ކޯލިޝަންގެ އެއްވުން

  • އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާ
  • މަހުލޫފު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން
 
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާ
އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއް. ފައިލް ފޮޓޯ

ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހުގެ ހަވީރު މާލެއާއި އަތޮޅުތަކުގައި ބާއްވަން ހަމަޖެހިފައިވާ މުޒާހަރާއަކީ "ވޯމްއަޕް" އެއްކަމަށް ވަނީ ބުނެފައި. މި

އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަކަށް ނުބެލެވޭ ކަމަށާއި އެއްވާން ފުރުސަތު ނުދީ ހުއްޓުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައި. ސުޕްރީމް ކޯޓުން މިމަހުގެ1 ވަނަ ދުވަހު ނެރުނު އަމުރުގެ ފަހުން އިދިކޮޅު ފަރާތްތަކުން ދަނީ ކޮންމެ ރެއަކުވެސް މުޒާހަރާ ކުރަމުން. މިއަދުގެ ހަރަކާތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ވީހާ ވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވުމަށް ވަނީ ގޮވާލާފައި.

16 ފެބްރުއަރީ 2018 | ހުކުރު 15:21
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
މަހުލޫފު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ފުލުހުންގެ އިދާރާއަށް ހާޒިރު ވެއްޖެ. މަހުލޫފު ވަނީ އިއްޔެވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވެފައި. މަހުލޫފު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ ކުރެއްވި ޓްވިޓްތަކާއި ގުޅިގެން. މަހްލޫފް ވިދާޅުވީ އިތުރު ޓްވީޓެއްގެ މައްސަލައެއްގައި އިތުރު ޗިޓެއް ހަވާލު ކޮށްފައިވާ ކަމަށް. އެޗިޓަށް ފުލުހަށް ހާޒިރު ވުމަށް އަންގާފައި ވަނީ މިއަދު ހަވީރު 17:00 އަށް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު
16 ފެބްރުއަރީ 2018 | ހުކުރު 14:59