އިދިކޮޅު ކޯލިޝަންގެ އެއްވުން
ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހު މާލެއާއި އަތޮޅުތަކުގައި ބާއްވާ އެއްވުން ފަށާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 16:00 ގައި

އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުން
ފުލުހުން ތިބީ ބޮޑުތަކުރުފާނު މަގާއި މަޖީދީމަގާވީ ދިމާ ކަންމަތީގައި ޝީލްޑާއިއެކު ސަފަކަށް އެތުރިލައިގެން
ފުލުހުން ސަފަކަށް އެތުރިލައިގެން
ތުޅާދޫގެ އެއްވުން ހުއްޓާލުމަށް ބާރުއެޅުމަށް ފުލުހުންދަނީ މަސައްކަތް ކުރަމުން
ބ. ތުޅާދޫގައި މިއަދު ބާއްވާ އެއްވުން ކުރިއަށް ގެންދިޔަ ނުދިނުމަށް ފުލުހުން ދަނީ ބާރުއަޅަމުން
ބ.ތުޅާދޫ
ފުލުހުން އެމްޑީޕީ ހަރުގެ ކުރިމަތީގައި ސަފަކަށް އެތުރިއްޖެ
އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުމުގައި އެމްޑީޕީ ހަރުގެ ކުރިމަތީ ފުލުހުން ސަފަކަށް އެތުރިއްޖެ. ފުލުހުން ތިބީ ޝީލްޑާއި އެކު.
ޝިފާޒާއި އަމްރު ހައްޔަރުކޮށްފި
އެމްޑީޕީގެ ނައިބު ރައިސް މުހައްމަދު ޝިފާޒާއި އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ މުޤައްރިރު ޙުސައިން އަމްރު ހައްޔަރު ކޮށްފި
އަމްރު ހައްޔަރުކޮށްގެން ގެންދިއުން
https://twitter.com/RaajjeTVLive/status/964457922452275200
ފުލުހުން ވަނީ މިއަދުގެ އެއްވުން ރޫޅާލާނެ ކަމަށް ބުނެފައި
އެއްވުމަށް އިދިކޮޅު ފަރާތްތަކުން ތައްޔާރު ވަމުންދާއިރު ފުލުހުންތަކެއް އެމްޑީޕީ ކުރިމަތީ
ގދ. ތިނަދޫއިންވެސް ވަނީ މިއަދުގެ އެއްވުން ފެށުމަށް ތައްޔާރުވާން ފަށާފައި
ވޯމްއަޕް މުޒާހަރާއަށް އައްޑޫ ސިޓީން ދަނީ ތައްޔާރު ވަމުން
އައްޑޫ ސިޓީ އެމްޑީޕީގެ އޮފީހުން ބުނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު ތަންފީޒު ކުރުމަށް ގޮވާލާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ހަރަކާތައް ތާއީދުކޮށް އައްޑޫ ސިޓީގެ ރައްޔިތުން ހުކުރު ދުވަހު ހަވީރު މުޒާހަރާ ކުރުމަށް ނިންމާފައިވާއިރު އައްޑޫ ސިޓީއިން ދަނީ މުޒާހަރާއަށް ތައްޔާރުވަމުން.
އައްޑޫ ސިޓީއިން މިއަދުގެ މުޒާހަރާއަށް ތައްޔާރުވަނީ
އެމްޑީޕީ އައްޑޫ ސިޓީގެ ރައީސް އަހުމަދު އަދުހަމް ހައްޔަރުކޮށްފި
އެމްޑީޕީ އައްޑޫ ސިޓީގެ ރައީސް އަހުމަދު އަދުހަމް ހައްޔަރުކޮށްފި. އަދުހަމްގެ އަންހެނުން ޝަހުމާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާގެ ފިރިމީހާ ހައްޔަރުކޮށްފައިވަނީ މިއަދު 2 ޖަހާކަށްހާއިރު އެމްޑީޕީ ހަރުގެ ކައިރިންކަމަށް. އަދި މިހާތަނަށް އާއިލާއަށް އެކަމުގެ މައުލޫމާތު ފުލުހުން ދީފައިނުވާކަމަށް ވަނީ ބުނެފައި.
މިއަދު ބާއްވާ އެއްވުމަކީ ބޮޑު އެއްވުމެއް ނޫންކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައި
ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުމަކީ ބޮޑު އެއްވުމެއް ނޫން ކަމަށާއި އެހެން ނަމަވެސް އެއީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ބޮޑު އެއްވުމަށް ތާއްޔާރުވުމުގެ ގޮތުން ބާއްވާ "ވޯމަޕް އެއްވުމެއް" ކަމަށް ވަނީ ބުނެފައި. އަދި މާލެ އާއި އަތޮޅުތެރޭގައި ހުކުރު ދުވަހު ބާއްވާ އެއްވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައި. އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަކަށް ނުބެލެވޭ ކަމަށާއި އެއްވާން ފުރުސަތު ނުދީ ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފައި ވާއިރު ގާނޫނު އަސާސީގެ 274 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައްޔިތުންނަން ލިބިދޭ ގާނޫނީ ހައްގުތައް ބޭނުންކޮށްގެން އެކި ކަންކަމަށް ތާއިދު ކުރުމަށް ނުވަތަ އިންކާރު ކުރުމަށް ގާނޫނާ ހިލާފްނުވެ ހިންގާ ސުލްހަވެރި ހަރަކާތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވުންކަމުގައި ނުބެލެވޭ. ގާނޫނު އަސާސީގައި ގައުމީ ސަލާމަތަށް ނުރައްކާވުން މާނަކޮށްފައިވާ ގޮތުން ކުއްލި ނުރައްކަމުގެ ހާލަތުގައި ވެސް ސުލްހަވެރި ހަރަކާތްތަކަށް ފުރުސަތު ދޭންޖެހޭ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގެ ތެރެއިން. ފައިލް ފޯޓޯ
އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާ
އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއް. ފައިލް ފޮޓޯ
ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހުގެ ހަވީރު މާލެއާއި އަތޮޅުތަކުގައި ބާއްވަން ހަމަޖެހިފައިވާ މުޒާހަރާއަކީ "ވޯމްއަޕް" އެއްކަމަށް ވަނީ ބުނެފައި. މި
އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަކަށް ނުބެލެވޭ ކަމަށާއި އެއްވާން ފުރުސަތު ނުދީ ހުއްޓުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައި. ސުޕްރީމް ކޯޓުން މިމަހުގެ1 ވަނަ ދުވަހު ނެރުނު އަމުރުގެ ފަހުން އިދިކޮޅު ފަރާތްތަކުން ދަނީ ކޮންމެ ރެއަކުވެސް މުޒާހަރާ ކުރަމުން. މިއަދުގެ ހަރަކާތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ވީހާ ވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވުމަށް ވަނީ ގޮވާލާފައި.
މަހުލޫފު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ފުލުހުންގެ އިދާރާއަށް ހާޒިރު ވެއްޖެ. މަހުލޫފު ވަނީ އިއްޔެވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވެފައި. މަހުލޫފު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ ކުރެއްވި ޓްވިޓްތަކާއި ގުޅިގެން. މަހްލޫފް ވިދާޅުވީ އިތުރު ޓްވީޓެއްގެ މައްސަލައެއްގައި އިތުރު ޗިޓެއް ހަވާލު ކޮށްފައިވާ ކަމަށް. އެޗިޓަށް ފުލުހަށް ހާޒިރު ވުމަށް އަންގާފައި ވަނީ މިއަދު ހަވީރު 17:00 އަށް
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު