ރޮހިންޖާ މުސްލިމުންނަށް އެހީވާ ޓެލެތޯން

ރޮހިންޖާ މުސްލިމުންނާމެދު މިޔަންމާގެ އަސްކަރިއްޔާއިން ދަނީ ލާއިންސާނީ އެތައް އަމަލުތަކެއް ހިންގަމުން
ރޮހިންޖާ މުސްލިމުންނަށް އެހީވާ ފަންޑަށް މިހާތަނަށް ތިން މިލިއަން ރުފިޔާ ލިބިއްޖެ
ދިވެހި ރައްޔިތުންގެ ނަމުގައި ރާއްޖެޓީވީން އިސްނަގައިގެން ކުރިއަށް ގެންދާ ރޮހިންޖާ މުސްލިމުންނަށް އެހީވާ ފަންޑަށް މިހާތަނަށް ތިން މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ. މި ފަންޑު ހުޅުވާފައިވަނީ އާދިއްތަ ދުވަހުގެ 14:30 ގަ. ފަންޑު ބަންދު ކޮށްފައިވަނީ މި ރޭ 20:30 ގަ.
އަތޮޅުތެރޭ ބެހެއްޓުނު ފޮށިތަކަށް ލިބުނު ފައިސާގެ ތަފްސީލް
ރާއްޖެޓީވީއިން އިސްނަގައިގެން މިޔަންމާގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށް އެހީތެރިވުމަށް ކުރިޔަށް ގެންދާ "ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނުގައި ތެރެއިން އައްޑޫސިޓޫ ހިތަދުގައި ބެހެއްޓުނު ފަންޑު ފޮއްޓަށް 41587 ރުފިޔާ ވަނީ ލިބިފައި
އަތޮޅުތެރޭ ބެހެއްޓުނު ފޮށިތަކަށް ލިބުނު ފައިސާގެ ތަފްސީލް
ރާއްޖެޓީވީއިން އިސްނަގައިގެން މިޔަންމާގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށް އެހީތެރިވުމަށް ކުރިޔަށް ގެންދާ "ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނުގައި ތެރެއިން ބ.ހިތާދޫގައި ބެހެއްޓުނު ފަންޑު ފޮއްޓަށް 31879 ރުފިޔާއަދި 37 ޔޫއެސް ޑޮލަރު ލިބުނު
ފަންޑު ފޮށިތައް ބަންދުކޮށްފި
ދިވެހި ރައްޔިތުންގެ ނަމުގައި ރާއްޖެޓީވީން އިސްނަގައިގެން ކުރިއަށް ގެންދާ ރޮހިންޖާ މުސްލިމުންނަށް އެހީވާ ފަންޑަށް އެހީވުމަށް ބެހެއްޓި ފަންޑު ފޮށިތައް ބަންދުކޮށްފި. .
ރަށެއްގައި ބަހައްޓާފައިވާ ފަންޑު ފޮއްޓެއް
.
ޓެލެތޯނުގެ ވަގުތު ހަމަވެއްޖެ
ރާއްޖެޓީވީއިން އިސްނަގައިގެން މިޔަންމާގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށް އެހީތެރިވުމަށް ކުރިޔަށް ގެންދިޔަ "ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނު ކާމިޔާބު ކަމާއެކު ނިންމާލައިފި. މި ޓެލެތޯނަށް މިހާތަނަށް 2.7 މިލިއަން ރުފިޔާ ލިބިފައިވާއިރު އާންމު ރަައްޔިތުންގެ ފަރާތުން ހީނުކުރާހާވަރުގެ ބޮޑު ތަރުހީބެއް ލިބުނު
ރޮހިންޖާ ފަންޑަށް މިހާތަނަށް 2.7 މިލިއަން ރުފިޔާ ލިބިއްޖެ
ރޮހިންޖާ މުސްލިމުންނަށް އެހީވާ ފަންޑު ބަްނޑުވާ މިނެޓަކަށްވީއިރު، މިވަގުތު ގުނިފައިވާ ފައިސާގެ އަދަދަކީ 2.7 މިލިއަން ރުފިޔާ
ރޮހިންޖާ ފަންޑަށް 2.3 މިލިއަން ރުފިޔާ ލިބިއްޖެ
ދިވެހި ރައްޔިތުންގެ ނަމުގައި ރާއްޖެޓީވީން އިސްނަގައިގެން ކުރިއަށް ގެންދާ ރޮހިންޖާ މުސްލިމުންނަށް އެހީވާ ފަންޑަށް މިހާތަނަށް 2.3 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ. މި ފަންޑު ބަންދު ކުރުމަށް ނިންމާފައިވަނީ މިރޭ 20:30 ގައި.
މާލެ ސިޓީ ކައުންސިލްގެ ރައީސް ޝިފާ މުހައްމަދު ރޮހިންޖާ ފަންޑަށް އެހީ ވެދެއްވަނީ
ގޭޖް ކުންފުނީގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ރޮހިންޖާ ފަންޑަށް
ގޭޖް ކުންފުނީގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ރޮހިންޖާ ފަންޑަށް ހަދިޔާކޮށްފި. އެއީ 36،000ރ .
ދިވެހި ރައްޔިތުންގެ ނަމުގައި ހިންގާ ރޮހިންޖާ މުސްލިމުންނަށް އެހީވާ ފަންޑު ދަންދު ކުރުމުގެ ވަގުތު ކައިރިވަމުންދާއިރު، ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ވެސް ދަނީ މިފަންޑަށް އެހީވަމުން.
އިއްޔެ މެމްދުރުފަހު 14:30ގައި ފެށި ރޮހިންޖާ މުސްލިމުންނަށް އެހީވާ ޓެލެތޯން ނިންމުމަށް ހަމަޖެހިފައިވަނީ 20:30 ގައި. މި ފަންޑަށް މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައި.
ކުޑަ ކުއްޖަކު ރޮހިންޖާ ފަންޑަށް އެހީވަނީ
ޓެލެތޯނުގައި މާލެ ސިޓީގެ މޭޔަރު ބައިވެރިވަޑައިގެންފި
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމަށް ފަންޑު ފޮށިތައް ބަހައްޓާފައިވޭ
ދިވެހި ރައްޔިތުންގެ ނަމުގައި ރާއްޖެޓީވީން އިސްނަގައިގެން ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި އިތުރުން އދ. މާމިގިލި، ގދ. ތިނަދޫ، ޅ. ނައިފަރު، ލ. ގަން، އައްޑޫ ސީޓީ، ނ. މަނަދޫ، ބ. ހިތާދޫ، ބ. ތުޅާދޫ، ހދ. ކުޅުދުއްފުށި، ދ. ހުޅުދެލި، ރ. މަޑުއްވަރި، ނ. ނޮޅިވަރަމްފަރު، ނ. ކެނދިކުޅުދޫ، ހއ. ނައިވާދޫ، ދ. ކުޑަހުވަދޫގެ އިތުރުންވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި ފަންޑު ފޮށިތައް ބަހައްޓައިގެން ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހަރަކާތްތައް ދަަނީ ހިންގަމުން.
ކުޑަ ކުއްޖަކު ރޮހިންޖާ ފަންޑަށް އެހީވަނީ
ރޮހިންޖާ ފަންޑަށް ދެ މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ
ދިވެހި ރައްޔިތުންގެ ނަމުގައި ރާއްޖެޓީވީން އިސްނަގައިގެން ކުރިއަށް ގެންދާ ރޮހިންޖާ މުސްލިމުންނަށް އެހީވާ ފަންޑަށް މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ.
ރޮހިންޖާ ފަންޑަށް އެހީވުމުގެ ގޮތުން ހިންގާ ހަރަކާތުގެ ތެރެއިން
ކަވާއީ ފިހާރައިގެ އިއްޔެ ސޭލްސް އަދި މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ރޮހިންޖާ ފަނޑަށް
ކަވާއީ ފިހާރައިގެ އިއްޔެ ސޭލްސް އާއި މުވައްޒަފުންގެ އެއް ދުވަހު މުސާރަ ރޮހިންޖާ ފަންޑަށް ހަދިޔާ ކޮށްފި
ކަވާއީ ފިހާރަ
ޑޭޓުޑޭ ޓްރާންސްޕޯޓް ސާރވިސްގެ ކެޕްޓަނުންގެ އެއް ދުވަހުގެ މުސާރަ ރޮހިންޖާ ފަންޑަށް
ޑޭޓުޑޭ ޓްރާންސްޕޯޓް ސާރވިސްގެ ކެޕްޓަނުންގެ އެއް ދުވަހުގެ މުސާރަ ރޮހިންޖާ ފަންޑަށް ހަދިޔާ ކޮށްފި. ރާއްޖޭގެ އެކި ފަންތީގެ ވިޔަފާރިވެރިންގެ ފަރާތުން މި ފަންޑަށް ދަނީ ބޮޑު އެއްބާރުލެއްވުމެއް ދެމުން.
ކުޑަ ކުއްޖަކު ފަންޑަށް އެހީވަނީ
ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޕިއްޒާތަކެއް ހަދިޔާކޮށްފި
ދިވެހިރައްޔިތުންގެ ނަމުގައި ރާއްޖެޓީވީން އިސްނަގައިގެން ކުރިއަށްގެންދާ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯނާއި ގުޅިގެން ރާއްޖެޓިވީގެ މުވައްޒަފުންނަށް ހިތްވަރު ދިނުމުގެ ގޮތުން މުހީތު މިވަނީ ޕިއްޒާތަކެއް ހަދީޔާ ކޮށްފަ. މި ޓެލެތޯނަށް ރާއްޖޭގެ އެކި ކަނކޮޅުތަކުން، ރައްޔިތުންެގެ ފަރާތުން ދެއްވާ އެއްބާރުލުމާއި ވެދެއްވާ އެހީތެރިކަމަށް ރާއްޖެތީވީގެ ފަރާތުން ވަރަށް ބޮދަށް ޝުކުރު ދަންނަވަން.
މިފަންޑު ކުރިއަށް މިދަނީ އިއްޔެގެ މެމްދުރުފަހު 14:30 އިން ފެށިގެން މިރޭ 20:30 އާހަމައަށް. މިހާތަނަށް މި ފަންޑަށް 1.8 މިލިއަން ރުފިޔާ ވަނީ ލިބިފައި.
ރާއްޖެޓީވީގެ މުވައްޒަފުންނަށް މުހީތު ޕިއްޒާ ހަދިޔާކޮށް ދެއްވަނީ
ރޮހިންޖާ މުސްލިމުންނަށް އެހީވާ ފަންޑަށް މިހާތަނަށް 1.5 މިލިއަން ރުފިޔާ ލިބިއްޖެ
ދިވެހި ރައްޔިތުންގެ ނަމުގައި ރާއްޖެޓީވީ އިސްނަގައިގެން ކުރިއަށް ގެންދާ ރޮހިންޖާ މުސްލިމުންނަށް އެހީވާ ފަންޑަށް މިހާތަނަށް 1.5 މިލިއަން ރުފިޔާ ލިބިއްޖެ.
މިފަންޑު ކުރިއަށްދާނީ މިރޭ 20:30 އާހަމައަށް.
ފަންޑު ފޮއްޓަށް ސްކޫލް ދަރިވަރުންތަކެއް އެހީތެރި ވަނީ
ހއ. އަތޮޅުގެ ހުރިހާ ދާއިރާގެ ރަށްރަށުން މާލޭގައި ހުރި ފަންޑު ފޮއްޓަށް އެހީވެއްޖެ
ހއ. އަތޮޅުގެ ހުރިހާ ދާއިރާތަކެއްގެ ރަށްރަށުން ރާއްޖެޓީވީގައި ބަހައްޓާފައިވާ ފަންޑު ފޮއްޓަށް އެހީވެއްޖެ. އެހީތެރި ވުމަށް ރާއްޖެޓީވީއަށް ވަޑައިގެންނެވި ބޭފުޅުންގެ އިސް ބޭފުޅަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ.
މިވަގުތު ފަންޑު ފޮއްޓަށް ލިބިފައިވާ ފައިސާގެ އަދަދު 1.5 މިލިއަނަށްވުރެ މައްޗަށް އަރައިފި.
ރޮހިންޖާގެ މުސްލިމުންނަށް އެހީތެރިވުމަށް މާމިގިލީގައި ފަންޑް ފޮއްޓެއް ބަހައްޓައިފި
މި ފޮށި ބެހެއްޓިފައިވަނީ މާމިގިލީ ކޮފީ ކެފޭގައި. އެއްބާރުލުންދެއްވާ.
ރޮހިންޖާ މުސްލިމުންނަކީ ކޮން ބައެއް؟ އެމީހުން ނައްތާލަން އުޅެނީ ކީއްވެ؟
މިޔަންމާއަށް ނިސްބަތްވާ ރޮހިންޖާ މުސްލިމުންނަކީ އެ ގައުމުގެ ރައްޔިތުންނަށް ވީ ހިނދު ބުދިސްޓުން އެމީހުން ނައްތާލަން މަސައްކަތްކުރަނީ ކީއްވެ؟
"...ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ
ކޮންމެއަކަސް މިއަދު އަންޖުމާ ނިޔާވެއްޖެއެވެ. އަންޖުމާ ނިޔާވީ އެކޭމްޕުގައި އޭނާގެ ފޮޓޯ ނެގިތާ ދެމަސްފަހުން 2016 ވަނަ އަހަރުގެ މާޗްމަހުގެ 28 ވަނަ ދުވަހުއެވެ.
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު
އަޅުގަނޑުމެންފަދަ މުސްލިމުންނަށްޓަކައި ވީމިންވަރަކުން ދީލަތިވެދެއްވާށެވެ. އެކުޑަ ޅަދަރިންގެ ޙައްޤުގައެވެ. އެންމެހާ މުސްލިމުންގެ ޙައްޤުގައެވެ.
ހިތް ކުދިކުދި ކޮށްލި އެންމެ ފޮޓޯއެއް
މިޔަންމާގެ ރޮހިންޖާ މުސްލިމް ދަރިކޮޅަށް ހަމްދަރުދީވާށެވެ. ހާލުގެ ދުލުން އެވެރިން އެގޮވަނީ އެހީތެރިކަމަކަށެވެ. އެ ގިލަންވެރިކަމުން އެމީހުން ސަލާމަތް ކޮށްދޭން އެދޭ ދުޢާތަކަށެވެ. ކެނޑިނޭޅި އެދުޢާތައް ގުގުމައިދިނުމަށެވެ.
ޓެލެތޯން ކުރިޔަށް މިދަނީ ރާއްޖެޓީވީގެ ސްޓާފުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު
ރާއްޖެޓިވީއިން އިސްނަގައިގެން ކުރިޔަށްގެންދާ "ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނަކީ ރާއްޖެޓީވީގެ ސްޓާފުންގެ މިންނަތް މަސައްކަތާ ވަރަށް ބޮޑު އެއްބާރަލުމާކާއެކު ވަރަށް މާތް މަތިވެރި މަގްސަދެއްގައި ކުރިޔަށް ގެންދާ ހަރަކާތެއް. މިކަމުގައި ވަރުބަލިކަމެއް ނެތި ސްޓާފުން ދައްކަވަމުން ގެންދަނީ ލާމަސީލު މިސާލް ދައްކަމުން
ޓެލެތޯނުގެ ވަގުތު އިތުރުކޮށްފި
"ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނުގެ ވަގުތު ގިނަ ބައެއްގެ އެދުމުގެ މަތިން މިރޭ 8.30 ބަޔާ ހަމަޔަށް އިތުރު ކުރެވިއްޖެ
ހެދުނުގެ ވަގުތުގައިވެސް "ރޮހިންޖާގެ މުސްލިމުންނާއެކު ދިވެހިން" ފަންޑަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން
ރާއްޖެޓީވީއިން އިސްނަގައިގެން ކުރިަޔަށް ގެންދާ "ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނުގެ ބައެއްގެ ގޮތުން ބަހައްޓާފައި ހުރި ފަންޑު ފޮށިތަކަށް އިއްޔެ ލިބުނު ތަރުހީބަށްވުރެ ބޮޑު ތަރުހީބެއް މިއަދު އަންނަނީ ލިބެމުން
އައްޑުގައިވެސް ފަންޑު ފޮއްޓެއް މިއަދު ބަހައްޓާނެ
"ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނުގެ ބައެއްގެ ގޮތުން އައްޑޫސިޓީ އެމްޑީޕީ ހަރުގޭގައި ފަންޑު ފޮއްޓެއް މިއަދު ހެދުނު 10 ޖަހާއިރު ބަހައްޓާނެ
ވިލިމާލޭ ފެރީ ޓާމިނަލްގައިވެސް ފަންޑް ފޮއްޓެއް ބަހައްޓައިފި
މިއަދު ހެދުނު ވިލިމާލޭ ފެރީ ޓާމިނަލްގައި ވަނީ "ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނުގެ ފަންޑު ފޮއްޓެއް ބަހައްޓާފަ
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު
އަޅުގަނޑުމެންފަދަ މުސްލިމުންނަށްޓަކައި ވީމިންވަރަކުން ދީލަތިވެދެއްވާށެވެ. އެކުޑަ ޅަދަރިންގެ ޙައްޤުގައެވެ. އެންމެހާ މުސްލިމުންގެ ޙައްޤުގައެވެ.
!ބަޑިޖަހާ މަރާއިރު، ކުޑަކުއްޖެއް، އަންހެނެއް، މުސްކުޅިއެއް ބެލުމެއް ނެތް
2012 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކާ އެކު ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ތެރެއިން އެއް ލައްކަ އަށް ވުރެ ގިނަ ރައްޔިތުންވަނީ ބަންގްލަދޭޝައަށް ހިޖުރަ ކޮށްފަ
ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟
އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ދެކޭގޮތުގައި ރޮހިންޖާ މުސްލިމުންނަށް އިންސާނީ ހައްގުތައް ލިބޭނީ ރޮހިންޖާ ސަރުކާރުން އެމީހުންނަކީ އެގައުމުގެ ރައްޔިތުންކަން ބަލައިގަނެ އެ ހައްގުތައް އެމީހުންނަށް ކަށަވަރުކޮށްދެވިގެން
!ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ
ގައުމުތަކަށް ދިރުއުޅުން ބަދަލުކުރުމަށް މަޖުބޫރުވަނީ މިޔަންމާގެ ސިފައިން އެމީހުންގެ އަންހެން ކުދިންގެ އިއްފަތްތެރިކަން ނަގާލުމާއި އަނިޔާކުރުމުގައި މީހުންގެ މުދަލާއި ގެތަކުގައި ރޯކުރުމައި މީހުން މަރަމުންދާތީ ކަމަށް ގައުމުތަކަށް ހިޖުރަކުރާ ރޮހިންޖާ މުސްލިމުން ބުނޭ
ޓެލެތޯންގެ 15 ގަޑިއިރު ފުރިހަމަކުރެވިއްޖެ
ރާއްޖެޓީވީއިން އިސްނަގައިގެން ކުރިޔަށް ގެނެދާ "ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯންގެ 15 ގަޑިއިރު ފުރިހަމަ ކުރެވިއްޖެ. ހުއްޓުމެއްނެތި 24 ގަޑިއިރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓެލެތޯން ނިމޭނީ މިއަދު މެންދުރު 2.42 ގަ. މި ޓެލެތޯނަށް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން
"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"
މުހައްމަދު ސޮޔޭ އަކީ އުމުރުން 33 އަހަރުގެ ޒުވާނެކެވެ. އޭނާ ނިސްބަތްވަނީ މިޔަންމާގެ ރަކީން ސްޓޭޓްގެ ބުތިޑުއަންގް ޓައުނަށެވެ. އެތަނުން ފިލައިގެން ބަންގްލަދޭޝް އަށް ހިޖްރަކުރީ މީގެ ދިހަވަރަކަށް ދުވަސް ކުރިންނެވެ. މިއީ މުހައްމަދު އަލްޖަޒީރާއަށް ކިޔައި ދިން އޭނާގެ ވާހަކަ
ރޮހިންޖާ މުސްލިމުން ކަތިލާ ހުސް ކުރަނީ.. މުސްލިމް އުއްމަތް ކޮބާ؟
މިޔަމަންމާގެ މުސްލިމް ކުޑަކުދިންނާ އަންހެނުންނާ ފިރިހެނުން ރޯމާ ދުވާލު ކަތިލަމުން މަރަމުން އެމީހުންގެ ގެދޮރާ މުދާ ސުންނާފަތިކޮށް އަންދާ އަޅިޔަށް ހަދަމުންދާ ދިޔުމަކަށް ހުއްޓުމެއް ނެތެވެ. އެ ޖަރީމާ ހުއްޓުވޭނެ މަގެއް އޮތް ކަމަކަށް ނުވެއެވެ.
ރޮހިންޖާ މުސްލިމުންގެ ހިތްދަތި ދިރިއުޅުމުން
9 އަހަރުގެ ކުޑަ އަންހެން ކުއްޖަކު އޭނާގެ އެއްއަހަރުގެ ކުޑަ ކޮއްކޮ ގޮވައިގެން މިޔަންމާގެ މިލިޓަރީ ސިފައިންގެ އަނިޔާއިން ސަލަމާތްވުމަށް އެތަށް މޭލެއް ދަތުރުކުރި. ބެލެވޭ ގޮތުގައި މި ދެކުދިންގެ މަންމައާ ބައްޕަ ވަނީ މަރާލެވިފަ
ޓެލެތޯނުގައި މިވަގުތު ބައިވެރިވަމުން ދަނީ މުހައްމަދު ޖުނެއިދު
"ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނަށް ޝާޒް ހަދިޔާ ކުރެއްވި ޅެން
ރާއްޖެޓީވީއިން އިސްނަގައިގެން ކުރިޔަށް ގެންދާ "ރޮހެންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނަށް މަޝްހޫރު ކޮމޭޑިއަން ޝާޒް ހަދިޔާ ކުރެެއްވި ޅެން
"ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނަަށް ހުސައިން ރަމީޒް ހަދިޔާ ކުރެއްވި ލަވަ
ރާއްޖެޓީވީއިން އިސްނަގައިގެން ކުރިޔަށް ގެންދާ "ރޮހެންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނަށް ހުސައިން ރަމީޒް ހަދިޔާ ކުރެއްވި ދެވަނަ ލަވަ
"ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނަށް ހުސައިން ރަމީޒް ހަދިޔާ ކުރެއްވި ލަވަ
ރާއްޖެ ޓީވީއިން އިސްނަގައިގެން ކުރިޔަށް ގެންދާ "ރޮހެންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނަށް ހުސައިން ރަމީޒް ހަދިޔާ ކުރެއްވި ދެ ލަވައިގެ ތެރެއިން ލަވައެއް
"ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނުގެ އޮފިޝަލް ލަވަ
"ރޮހެންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނުގެ އޮފިޝަލް ލަވަ. މި ލަވަ ވިދާޅުވީ އަބްދުލް ހަންނާން މޫސާ ދީދީ
ރޮހިންޖާ މުސްލިމުންގެ ހިތްވަރުގަދަ ކަމުގެ ލާމަސީލު މިސާލެއް
މިޔަންމާގެ ސިފައިންގެ ކިބައިން ސަލާމަތްވުމަށް 80 އަހަރުގެ ރޮހިންޖާގެ އަންހެނަކު ފައިމަގުގައި 50 މޭލަށް ހިނގައިފި