Raajje.mv

ރޮހިންޖާ މުސްލިމުންނަށް އެހީވާ ޓެލެތޯން

10 ސެޕްޓެމްބަރު 2017
24397
ރޮހިންޖާ މުސްލިމުންނާމެދު މިޔަންމާގެ އަސްކަރިއްޔާއިން ދަނީ ލާއިންސާނީ އެތައް އަމަލުތަކެއް ހިންގަމުން

ރޮހިންޖާ މުސްލިމުންނާމެދު މިޔަންމާގެ އަސްކަރިއްޔާއިން ދަނީ ލާއިންސާނީ އެތައް އަމަލުތަކެއް ހިންގަމުން

10 ސެޕްޓެމްބަރު 2017 | 22:07

އެސްޓާސްއިން ހަދިޔާކުރި އޭސީ ބައްލަވައި ގަނެގެންވެސް ޓެލެތޯންގައި ބައިވެރިވެވޭނެ

އެސްޓާސްއިން ހަދިޔާކުރި އޭސީ ބައްލަވައި ގަނެގެންވެސް "ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯންގައި ބައިވެރިވެވޭނެ. ވަގުތުން ބައްލަވައި ގަންނަވާ ނަމަ އެންމެ 5000 ރުފިޔާއަށް.

10 ސެޕްޓެމްބަރު 2017 | 21:51

ލަވަ ހަދިޔާކުރުން

ދ ހުޅުދެލިން "ރޮހިންޖާ އާއި އެކު ދިވެހިން" ޓެލެތޯންނަށް ޙާއްސަ ކޮށްގެން "ހަދާފައިވާ އޯޑިއޯ ލަވަ" މާދަމާ ހަދިޔާކުރާނޭ ކަމަށް ހުޅުދެލި ކައުންސިލުން ބުނެފި

10 ސެޕްޓެމްބަރު 2017 | 20:55

ޓެލެތޯންގައި ހައުސް އޮފް މިއުޒިކްއިންވެސް ބައިވެރިވޭ

10 ސެޕްޓެމްބަރު 2017 | 20:53

ޓެލެތޯންގައި ރާއްޖޭގެ މަޝްހޫރު ފަންނާނުންވެސް އަންނަނީ ބައިވެރިވަމުން

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުގެ ފަސްޓް ރަނަރަޕް ޝަލަބީވެސް ރޮހިންޖާ ރައްޔިތުންނަށް އެހީތެރިވުމަށް ރާއްޖެޓީވީއިން ކުރިޔަށް ގެންދާ ޓެލެތޯންގައި

10 ސެޕްޓެމްބަރު 2017 | 19:24

ޓެލެތޯނަށް 1 މިލިއަން ރުފިޔާ ލިބިއްޖެ

ރާއްޖެ ޓީވީން އިސްނަގައިގެން ކުރިއަށް ގެންދާ "ރޮހެންޖާ މުސްލިމުންނާއެކު ދިވެހިން" ޓެލެތޯނަށް އެއް މިލިއަން ރުފިޔާ ލިބިއްޖެ. މި ޓެލެތޯނަށް ލިބުނު އެހީގެ އަދަދު އެއް މިލިއަން ރުފިޔާއަށް އަރާފައި ވަނީ މިރޭ 12:00 ގަ. 1 މިލިއަން ރުފިޔާ ހަމަވެފައިވަނީ ގާތްގަޑަކަށް 10 ގަޑިއިރުތެރޭގައި.

10 ސެޕްޓެމްބަރު 2017 | 18:24

ވިލިމާލޭ ފަރިޕޮއިންޓް ފިހާރައިގެ މިއަދުގެ ވިޔަފާރީގެ ވަކި ޕަސެންޓެއް ހަދިޔާކުރަން ނިންމައިފި

ވިލިމާލޭ ފަރިޕޮއިންޓް ފިހާރައިގެ މއަދުގެ ވިޔަފާރީގެ 10 ޕަސެންޓް މިޔަންމާގައި އަނިޔާ ލިބެމުން އަންނަ ރޮހިންޔާގެ މުސްލިމުންނަށް އެހީތެރިވުމަށް ރާއްޖެޓީވީ އިން އިސްނަގައިގެން ކުރިޔަށްދާ ޓެލެތޯނަށް ހަދިޔާ ކުރަން ނިންމައިފ.

10 ސެޕްޓެމްބަރު 2017 | 18:21

ފަންޑަށް ލިބުނު އެހީގެ އަދަދު 850000 އަށްވުރެ އިތުރުވެއްޖެ

ގިނަ އަދަދެއްގެ ބަޔަކު ދަނީ އަދިވެސް މި ޓެލެތޯނުގައި ބައިވެރިވެ ރޮހިންޖާގައި އަނިޔާ ލިބެމުން އަންނަ މުސްލުމިނުންނަށް އެހީތެރިކަން ފޯރުކޮށްދެމުން

10 ސެޕްޓެމްބަރު 2017 | 15:27

ރާއްޖެޓިވީގައި ބެހެއްޓިފައިވާ ފަންޑު ފޮށި

މިހާތަނަށް 627،208.56 ރުފިޔާ ވަނީ އެއްކުރެވިފައި

10 ސެޕްޓެމްބަރު 2017 | 15:19

ހުޅުމާލޭގައި ބެހެއްޓިފައިވާ ފަންޑު ފޮށި

ބެހެއްޓިފައިވަނީ ރެހެންދި ނައިޓް މާކެޓް ސަރަހައްދުގައި. މިރޭ 08:00 އެސަރަހައްދުގައި ފަންޑު ފޮށި ވަނީ ބެހެއްޓިފައި.

10 ސެޕްޓެމްބަރު 2017 | 13:29

ހުޅުމާލޭގައި ބެހެއްޓުނު ފޮށި

ހުޅުމާލޭގައި ބެހެއްޓުނު ފޮށި ވަނީ މެދު ކަނޑާލާފައި. ދެން ފޮށި ބެހެއްޓޭނީ، މިރޭ 20:00 ގަ އެވެ.

10 ސެޕްޓެމްބަރު 2017 | 13:27

ލ. ގަމުގައި ބެހެއްޓުނު ފޮށި

ހަވީރު 04:45 އިން 06:00 އަށް ވަނީ ފަންޑު ރެއިޒް ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފަ. އެގޮތުން ވަނީ 56144ރ. އާއި 17 ޔޫއެސް ޑޮލަރު ވަނީ އެއްކުރެވިފައި.

10 ސެޕްޓެމްބަރު 2017 | 12:41

ރާއްޖެޓީވީން ވިއްކާ ޓީޝާޓުތައް

ރާއްޖެޓީވީގެ ގޭގެއަށް ގޮސް އެއް ގަޑިއިރު ތެރޭ ވިއްކި ޓީޝާޓުން 3000ރ. ވަނީ ލިބިފައި.ޓީޝާޓު ރާއްޖެޓީވީން ލިބެން ހުންނާނެ. ޑެލިވަރ ކުރުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރަމުންދާންވީ.

10 ސެޕްޓެމްބަރު 2017 | 12:00

ކުޅުދުއްފުށީގައިވެސް ގިނަ ފަންޑު ފޮށިތަކެއް

ކުޅުދުއްފުށި ކައުންސިލް އިދާރާއާއި ކުޅުދުއްފުށީ ވިޔަފާރިވެރިން އަދި ކުޅުދުއްފުށީގެ ރައްޔިތުންގެ ފަރާތުން މިޔަންމާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑު ފޮށިތައް ފިހާރަތަކުގައި ބެހެއްޓިފައި.

1. ފަރިރީތި

2. ރަންޅާނި

3.ބޭލީފްގާޑަން

4. އެޑްމޭން

5. ސަތޭކަ

6. ބަނދަރުއެތުމާ

7.ފުއްކަށި

8.ފެހިދޫލަ'

9.ފުރީޖު ލޭންޑު

10.ތަހުނިޔާ

11.ޕަސެންޓް

12.ރާޅުފިހާރަ

13 ޕިއެރާ

މި ހުރިހާ ފިހާރަތަކެއްގައި ފަންޑު ފޮށި ބެހެއްޓިފައި؛

މީގެ އިތުރުން އާދިއްތަ ހޯމަ މި ދެދުވަހު ކުޅުދުއްފުށީ ހުރިހާ ސްކޫލެއްގައި ފަންޑުފޮށި ބެހެއްޓިފައި

10 ސެޕްޓެމްބަރު 2017 | 11:48

ރޮހިންޖާ މުސްލިމުންނަށް ކުރާ އަނިޔާތައް ހުއްޓާލުމަށް ގޮވާލާ ރާއްޖޭގެ އެކި ރަށްރަށުގައި އެއްވުންތައް ކުރިއަށް އެބަދޭ

ރޮހިންޖާ ރައްޔިތުންނަށް މިޔަންމާ ސިފައިން ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލާ ރާއްޖޭގެ އެކި ރަށްރަށުގައި އެއްވުންތައް ދަނީ ބާއްވަމުން. އެގޮތުން ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ. ލ. ގަން. ހުޅުމާލެ އަދި ވެސް ގިނަ ރަށްރަށުގައި ދަނީ އެއްވުންތައް ވާއްވަމުން

ލ. ގަމުގައި ބާއްވާ އެއްވުމުގެ ތެރެއިން

ހުޅުމާލޭގައި ބަހައްޓާފައިވާ ފަންޑު ފޮށި

10 ސެޕްޓެމްބަރު 2017 | 11:41

ގދ.ތިނަދޫގައި ރޮހިންޖާ މުސްލިމުންނަށްކުރަމުންދާ އަނިޔާ ހުއްޓާލުމަށް ގޮވާލާ ބާއްވާ އެއްވުން

ރޮހިންޖާ މުސްލިމުންނަށް ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލާ ގދ. ތިނަދޫގައި ބާއްވާ އެއްވުން ކުރިއަށް އެބަދޭ. އެ އެއްވުމުގައި ތިނަދޫ ރައްޔިތުންގެ ގިނަ ބަޔަކު ދަނީ ބައިވެރިވަމުން.

ރޮހިންޖާ މުސްލިމުންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލާ އެއްވުމަށް ތިންދޫ ރައްޔިތުންގެ ތައްޔާރީތަކުގެ ތެރެއިން

ތިނަދޫގައި ބަހައްޓާފައިވާ ފަންޑު ފޮއްޓަކަށް މީހަކު އެހީވަނީ

10 ސެޕްޓެމްބަރު 2017 | 11:16

ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި މިޔަންމާ ސިފައިންގެ އަނިޔާތަކާއި ގުޅިގެން 270،000 މީހުންނަށްވުރެ ގިނަމީހުން ބަންގްލަދޭޝްއަށް

10 ސެޕްޓެމްބަރު 2017 | 11:03

ބޭންކް އެކައުންޓަކަށް ފައިސާ ޖަމާކޮށްގެންވެސް އެހީތެރި ވެވިދާނެ

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ބޭންކް މެދުވެރިކޮށް، އެކައުންޓަކަށް ފައިސާ ޖަމާކޮށްގެންވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދެވިދާނެ.

އެކަންއުންޓް ނަމްބަރު: 001-700410-7704

ރާއްޖޭޓީވީ ކައިރި ބަހައްޓާފައިވާ ފަންޑު ފޮއްޓަށް ތުއްތު ކުއްޖަކު އެހީވަނީ

10 ސެޕްޓެމްބަރު 2017 | 10:57

ރޮހިންޖާ ފަންޑަށް އެހީވުމަށް ޓީޝާޓް ވިއްކުމަށް ޕިކަޕް ބުރެއް މާލޭގައި

މި ޓެލެތޯނުގެ ތެރެއިން ރޮހިންޖާ މުސްލިމުންނަށް އެހީވުމަށްޓަކައި ޓީޝާން ވިއްކުމަށް ވެސް ހަމަޖެހިފައިވެ. މިއަދުގެ ހަވީރު ޓީޝާންތަކާއެކު ރާއްޖެޓީވީގެ ބައެއް މުވައްޒަފުން މާލޭގައި ޕިކަޕް ބުރެއް ޖެހުމަށް ވަނީ ރާވާފަ. މީގެ އިތުރުން ރާއްޖެޓީވީން ވެސް ޓީޝާން ލިބެން ހުންނާނެ.

ރާއްޖެޓީވީ ކައިރި ބަހައްޓާފައިވާ ފަންޑު ފޮއްޓަށް މީހަކު އެހީވަނީ

10 ސެޕްޓެމްބަރު 2017 | 10:52

ބައެއް ރަށްރަށުގައި ފަންޑު ފޮށި ބަހައްޓައިފި

ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ފަންޑު ފޮށިތައް ބަހައްޓައިގެން ފައިސާގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުން. އަދި ރޮހިންޖާ މުސްލިމުންނަށް ކުރަމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓާލުމަށާއި ރޮހިންޖާގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ، އެރަށްރަށުގައި ޝުއޫރު ފާޅުކުރުންތައް ބޭއްވުމަށް ވަނީ ރޭވިފައި. ޝުއޫރު ފާޅުކުރުމުގެ ހަރަކާތްތައް ހިންގުމަށް ރާވާފައިވަނީ ހަވީރު، އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކުރިއަށް.

ރާއްޖެޓީވީ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ރޮހިންޖާ ފަންޑަށް ހަދިޔާ ކުރަނީ

10 ސެޕްޓެމްބަރު 2017 | 10:18

އެސްއެމްއެސްގެ ޒަރީއާއިންވެސް ފަންޑަށް އެހީތެރިވެވިދާނެ

މި ޓެލެތޯނުން އެސްއެމްއެސް ކޮށްގެންވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދެވިދާނެ.

ދިރާގު ގެ ކަސްޓަމަރުން އެސްއެމްއެސް ކުރާނެގޮތް: #789* އެސްއެމްއެސް ކުރައްވާ

އުރީދޫ ކަސްޓަމަރުން އެސްއެމްއެސް ކުރާނެގޮތް: #424* އެސްއެމްއެސް ކުރައްވާ

އެގޮތަށް އެސްއެމްއެސް ކުރެއްވުމާއެކު 5ރ، 50ރ، 100ރ އަދި 200ރ ގެ ތެރެއިން ބޭނުންފުޅުވާ އަދަދެއް އިހުތިޔާރު ކުރެއްވުމުން، އެ ފައިސާގެ އަދަދުން އެހީތެރިކަން ފޯރުކޮށްދެއްވިދާނެ. އެސްއެމްއެސް ކުރެވޭނީ ޕްރީ ޕެއިޑް ލައިންތަކުން އެކަނި. ޕްރީ ޕެއިންޑަ ލައިނުތަކުން ތިތަންމެ ގިނައިންވެސް އެގޮތަށް އެސްއެމްއެސް ކުރެވިދާނެ.

އެސްއެމްއެސް ކުރެވޭނީ ޓެލެޓޯން ނިމެންދެން. އެއީ މާދަމާގެ މެންދުރުފަހު 14:42 އާ ހަމައަށް.

10 ސެޕްޓެމްބަރު 2017 | 10:07

ރާއްޖޭޓީވީގެ މުއްވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ފަންޑަށް ހަދިޔާކޮށްފި

ރާއްޖެޓީވީގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފެއްވެސް، އެމުވައްޒަފަކަށް މިދިއަ މަހު ލިބުނު މުސާރައިން، އެއް ދުވަހުގެ މުސާރަ ރޮހިންޖާ ފަނޑަށް އަދިޔާކޮށްފި .

ރާއްޖެޓިޥިގައި ބަހައްޓާފައިވާ ފަންޑު ފޮއްޓަށް އާއްމު ގިނަ ރައްޔިތުންވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން.

10 ސެޕްޓެމްބަރު 2017 | 09:49

ރޮހިންޖާ މުސްލިމުންނަށްޓަކާ"ތީމް ލަވަ"

ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަބްދުލް ހަންނާނު މި ޓެލެތޯނަށް އަދިޔާ ކުރެއްވި "ރޮހިންޖާ މުސްލިމުންނަށްޓަކާ" ލަވަ ރިވީޒް ކޮށްފި. މި ލަވަ މިހާރުވަނީ ދިރާގެ މައިޓޯންސްގައި ހިމަނާފަ. އެ ލަވަ ފޯނަށް ޑައުންލޯޑް ކުރެއްވުމުން ލިބޭ ފައިސާ ވެސް ހަދީޔާ ކުރުމަށް ނިންމާފައިވަނީ ރޮހިންޖާ މުސްލިމުންނަށް.

10 ސެޕްޓެމްބަރު 2017 | 09:40

ފަންޑް ފޮށިތައް

މާލޭގައި ފަންޑް ފޮށިތައް ބަހައްޓާފައިވަނީ:

1. 5050 ޕިކަޕް ސެންޓަރު، ކަށިމާ ހިނގުން

2. 9292 ޓެކްސީ ސެންޓަރު، ސޯންސަން މަގު، ޖިލްބާބު ކުރިމަތި

3. 3132 ޓެކްސީ ސެންޓަރު

4. ކައިއާން ޓްރޭޑިން އިންވެސްޓްމަންޓް، ގަލޮޅު ސަހަރާ ކައިރި

5. ގޯމޭ ޜެސްޓޯރަންޓް

މީގެއިތުރުންވެސް މާލޭގައާއި ރާއްޖޭގެ އެކިއެކި ރަށްރަށުގައި ފަންޑް ފޮށިތައް ބެހެއްޓޭނެ.

10 ސެޕްޓެމްބަރު 2017 | 09:34

ޓެލެތޯން ފެށުން

ރޮހިންޖާ މުސްލިމުންނަށް އެހީވާ ޓެލެތޯން ފަށައިފި. ފެށުމުގެ ގޮތުން ރާއްޖެޓީވީގެ ދެ ޕްރެސެންޓަރުން ކަމަށްވާ އަބްދުﷲ މުހައްމަދު އަދި ރިޒްނާ ޒަރީރު ގެންދަވަނީ މި ޓެލެތޯނާ ގުޅޭ އެކިއެކި މައުލޫމާތުތައް ރައްޔިތުންނަށް ހާމަ ކޮށްދެއްވަމުން.

ރާއްޖޭޓީވީން ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުން 14:30 ފެށުން ނިންމި ޓެލެތޯން ފެށިފައިވަނީ 14:42 ގައި އެހެންކަމުން 24 ގަޑިއިރަށް ކުރިއަށްދާ މިޓެލެތޯން ނިމޭގަޑިއަކީ މާދަމާ މެންދުރުފަހު 14:42 ކަމަށް ވަނީ ނިންމާފަ.

10 ސެޕްޓެމްބަރު 2017 | 09:28

ރާއްޖެޓީވީން ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުން ޓެލެތޯން ފެށުން ކުޑަ ވަގުތު ކޮޅަކަށް ލަސްވުން

ރޮހިންޖާ މުސްމުލިމުންނަށް އެހީވާ ޓެލެތޯން މިއަދު 14:30 ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް، ރާއްޖެޓީވީގެ ސްޓޭޝަނުން ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުން ކުޑަ ވަގުތު ކޮޅަކަށް ޓެލެތޯން ފެށުން ވަނީ ލަސްވެފަ. ނަމަވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޓެލެތޯން ފެށޭނެ ވާހަކަ ދަންނަވަން.

10 ސެޕްޓެމްބަރު 2017 | 08:59

ރޮހިންޖާ މުސްލިމުންނަށް އެހީވާ ޓެލެތޯން ފެށުން

ރޮހިންޖާ މުސްލިމުންނަށް އެހީވާ ޓެލެތޯނަކީ ރާއްޖެޓީވީން އިސްނަގައިގެން ދިވެހި ރައްޔިތުންގެ ނަމުގައި 24 ގަޑިއިރަށް ކުރިއަށް ގެންދާ ޓެލެތޯނެއް. މި ޓެލެތޯނުގެ ތެރެއިން ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ކޮންމެ އަދި، ކޮންމެ ފަރުދަކަށްވެސް ބައިވެރިވެ، އެހީ ތެރިކަން ފޯރުކޮށްދެވިދާނެ.

މި ޓެލެތޯން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އާދިއްތަ މިއަދު މެންދުރުފަހު 14:30 އިން ފެށިގެން މާދަމާގެ މެންދުރުފަހު 14:30 އަށް.

ރޮހިންޖާ މުސްލިމުންނަކީ މިޔަންމާގެ ސުންނީ މުސްލިމުންގެ ކުޑަ ޖަމާއަތެއް. ރަޚައިން ސްޓޭޓުގައި އެއް މިލިއަން ރޮހިންޖާ މުސްލިމުން ދިރިއުޅެމުންދާ އިރު އެއީ އެ ސްޓޭޓްގެ އާބާދީގެ ތިން ބައި ކުޅަ އެއްބައި. މީލާދީ 12 ވަނަ ގަރުނުގައި ރޮހިންޖާ މުސްލިމުން އެ ސަރަހައްދުގައި ވަޒަންވެރިވެފައި ވާއިރު އެ ދުވަސްވަރު ގިނަ އަދަދެއްގެ މުސްލިމުން ދިޔައީ އެ ސަރަހައްދަށް ޖަމާވަމުން. މީގެ އިތުރުން ގިނަ ބަޔަކު 19 ވަނަ ގަރުނުގައާއި ވިހި ވަނަ ގަރުނުގައި ވެސް ރަޚައިނު ސްޓޭޓަށް ހިޖުރަކޮށްފައިވެ. އެއީ އިނގިރޭސިން އެސަރަހައްދު އިސްތިއުމާރުކޮށްގެން އުޅުނު ދުވަސްވަރު.

މިޔަންމާއަށް 1948 ވަނަ އަހަރު މިނިވަނަކަން ލިބުނު އިރު 1989 ވަނަ އަހަރު "ބަރުމާ" ގެ ނަން މިޔަންމާއަށް ބަދަލުކުރުމަށްފަހު ރޮހިންޖާއަކީ އެގައުމުގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ފަސް ޖެހުނު. އޭގެފަހުން އެގައުމުގައި އެމީހުންނަށް އެހެން އާންމު ރައްޔިތުންނަށް ލިބެމުންދިޔަ ގިނަ ހައްގުތަކަކުން މަހުރޫމުވެ، ވަކި ހުދޫދެއްގެ ތެރޭގައި އުޅެންޖެހުނު.

ރޮހިންޖާ މުސްލިމުންނަނީ ބަންގްލަދޭޝްއިން މިޔަންމާއަށް ގަވައިދާ ހިލާފަށް ވަދެ އުޅޭ ބަންގްލަދޭޝް ބައެއްގެ ގޮތުގައިވެސް އެގައުމުގެ ރައްޔިތުންގެ ސިފަ ކުރަމުންދެ. އެހެން ނަމަވެސް ރޮހިންޖާ މުސްލުން ބުނަނީ އެމީހުންގެ ކާބަފައިންގެ އުޅުނީ އެ ބިމުގައި ކަމަށާއި އެމީހުންވެސް އެބިން ދެކެ ލޯބިވާ ކަމަށް. އެމީހުންގެ ހަމައެކަނި ޝަކުވާއަކީ މިޔަންމާގެ އެހެން ރައްޔިތުންނަށް ލިބޭ ހައްގުތަކުން އެމީހުން މަހުރޫމުކޮށްފައިވުން

މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމުގެ ގޮތުން މިދިޔަ ދެ ހަފްތާ ތެރޭ ބަންގްލަދޭޝްއަށް ހިޖުރަކުރި މީހުންގެ އަދަދު 270000 މީހުންނަށް އަރާފައިވޭ. މިއީ މިދިޔަ އޮގަސްޓް މަހުގެ 25 ހާ ހަމަޔަށް އެ ގައުމަށް އެތެރެވި ރޮހިންޖާ މުސްލިމުންގެ 146000 މީހުންނަށްވުރެ މާ ބޮޑުތަންވެސް އިތުރު އަދަދެއް.

ބަންގްލަދޭޝްއަށް ހިޖުރަކުރަމުން އަންނަ ރޮހިންޖާ މުސްލިމުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު އެ މީހުންނަށް ފޯރުކޮށްދޭން ޖެހޭ އެހީ އެންމެ ފުރިހަމަ ގޮތުގައި ފޯރުނުކޮށްދެވޭ ކަމަށް އދ.ގެ ރެފިއުޖީ އޭޖެންސީއިން ހާމަކޮށްފައިވޭ.

މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރާ އަދި އަންހެން ކުދިންގެ އިއްފަތް ފޭރިގަންނަމުން. އެންމެހާ އަސާސީ ހައްގުތަކުންވެސް އެމީހުން ވަނީ މަހްރޫމް ކުރެވިފަ.

10 ސެޕްޓެމްބަރު 2017 | 08:44

ރޮހިންޖާ މުސްލިމުންނަށް އެހީވާ ޓެލެތޯން

2 / 2