Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާގެ އުޅަނދެއް މާރސްއަށް

އެންމެފަހުން މާރސް ޕްލެނެޓްވެސް ޗައިނާއިން "ފަތަހަ" ކޮށްފި

މާރސްގެ ބިމަށް ކާމިޔާބުކަމާއެކު އުޅަނދެއް ތިރިކުރި ދެ ވަނަ ގައުމަކީ ޗައިނާ

ރާއްޖެ އެމްވީ | 15 މެއި 2021 | ހޮނިހިރު 11:45
ޗައިނާގެ ޖައްވީ އުޅަނދުން ނަގާފައިވާ މާރސް ޕްލަނެޓުގެ ފޮޓޯއެއް: ޗައިނާގެ އުޅަނދު ކާމިޔާބުކަމާއެކު ވަނީ މާރސްގެ ބިމަށް ތިރިކޮށްފައި

ޗައިނާގެ ޖައްވީ އުޅަނދުން ނަގާފައިވާ މާރސް ޕްލަނެޓުގެ ފޮޓޯއެއް: ޗައިނާގެ އުޅަނދު ކާމިޔާބުކަމާއެކު ވަނީ މާރސްގެ ބިމަށް ތިރިކޮށްފައި

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި ޗައިނާގެ ދުވެލި ހަލުވިކޮށް މާރސް ޕްލެނެޓް ވެސް އެންމެ ފަހުން "ފަތަހަ" ކުރެވިއްޖެ ކަމަށް ޗައިނާ ސަރުކާރުގެ ނޫހެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން ހޮނިހިރު ދުވަހު އިއުލާން ކޮށްފިއެވެ.

އެ ނޫހުން މިކަން އިއުލާންކުރީ އެއްވެސް ފަޅުވެރިޔަކު ނެތި ޗައިނާގެ އުޅަނދު "ޓިއަންވެން-1 ކާމިޔާބުކަމާއެކު މާރސްގެ ބިމަށް ހޮނިހިރު ދުވަހު ތިރި ކުރުމުންނެވެ. ޗައިނާ ހިމެނުނީ މާރސްގެ ބިމަށް ކާމިޔާބުކަމާއެކު އުޅަނދެއް ތިރިކުރި ދެ ވަނަ ގައުމު ކަމުގައެވެ. އަނެއް ގައުމަކީ އެމެރިކާއެވެ.

ޗައިނާއިން ހުސްވި އަހަރުގެ ޖުލައި މަހު ލޯންޗުކުރި ޖައްވީ އުޅަނދު އެކުލެވިގެންވަނީ ތިން ބައިގެ މައްޗަށެވެ. އެއީ މާރސްގެ ވަށައިގެން ބުރުޖަހާ ބަޔަކާއި މާރސްއަށް ތިރިކުރާ ބަޔަކާއި މާރސްގެ ބިމުގައި ދުއްވައި ތަހުލީލުކުރާ ބައެކެވެ. މާރސްއަށް ތިރިކުރުމުގެ މާކުރިން މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މި އުޅަނދު ވަނީ މާރސްގެ ފޮޓޯތައް ދުނިޔެއަށް ފޮނުވަން ފަށައިފައެވެ.

ޗައިނާގެ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން ބުނެފައިވަނީ އެންމެ ނުރައްކާތެރި ވަގުތުކޮޅަކީ ވައިކުޑައެއްގެ އެހީގައި މި އުޅަނދުގެ "ޒުރޮންގް" ލޭންޑަރ މާރސް އަށް ތިރިކުރުން ކަމުގައެވެ. ގާތްގަޑަކަށް ހަތް މިނިޓުގެ މި މަރުހަލާ ސައިންސްވެރިންގެ ތެރޭގައި މަޝްހޫރުވެގެންވަނީ ބިރުވެރިކަމުގެ ހަތް މިނިޓުގެ ނަމުންނެވެ. އެހެން ކިޔަނީ މާރސް އިން ދުނިޔެއަށް ރޭޑިއޯ ސިގުނަލް ވާސިލްވާ ވަރަށް ވުރެ އަވަހަށް ހިނގާ ކަމެއް ކަމުންނެވެ.

ގާތްގަޑަކަށް 240 ކިލޯގެ ބަރުދަން ހުރި މާރސް ރޯވާރއަކީ ހަ ފުރޮޅުލީ އުޅަނދެކެވެ. އެޔަށް ބޭނުންވާ ހަކަތަ އުފައްދަނީ އިރުގެ އަލިންނެވެ. މާރސްގެ ބިމުގައި ހިލަޔާއި ވެއްޔާއި އެފަދަ އެނޫންވެސް ތަކެތީގެ ތަހުލީލުތައް ކުރުމުގައި މި އުޅަނދު ތިން މަސް ހޭދަ ކުރާނެއެވެ.

މާރސްގެ ބިމަށް ކާމިޔާބުކަމާއެކު އުޅަނދެއް ތިރިކުރެވޭތޯ ރޫސީވިލާތާއި ޔޫރަޕުގެ ކުރިއަރާފައިވާ އެހެން ބައެއް ގައުމުތަކުން މީގެ ކުރިން ކޮށްފައިވާ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އެންމެފަހުން މިގޮތަށް ނާކާމިޔާބުވެފައިވަނީ ރޫސީވިލާތާއި އީޔޫ ގުޅިގެން މާރސް ޕްލެނެޓަށް ފޮނުވި މިޝަނެކެވެ.

ޗައިނާއަށްވުރެ ކުރިން އެމެރިކާ ވަނީ ދާދިފަހުން މާރސްއަށް އުޅަނދެއް ތިރިކޮށްފައެވެ. އެކަމަކު އެމެރިކާގެ މިޝަނަށްވުރެ ޗައިނާގެ މިޝަން ކާމިޔާބު ކަމަށް ނިންމޭ ސަބަބަކީ މި މިޝަނުގައި ތިން ބައި އެކުލެވިފައި މި ތިންބައި ވެސް ސައްތައިން ސައްތަ ކާމިޔާބުވުމުންނެވެ. އެއީ މާރސްގެ ވަށައިގެން ބުރުޖެހުމާއި ތިރިކުރުމާއި މާރސްގެ ބިމުގައި ދުއްވުމެވެ.

ޗައިނާރޮއިޓަރސްޒިންހުއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

08 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު