Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮޅިގަނޑު ތޫފާނަށް ބަދަލުވެ ބާރުގަދަވަނީ

ތޫފާނުގެ އަސަރު ބޮޑަށް ކުރާނީ އިންޑިޔާގެ ހުޅަނގު އުތުރާއި ޕާކިސްތާނަށް

ތޫފާން އެންމެ ބޮޑަށް ބާރުގަދަ ވާނެކަމަށް ބެލެވިފައިވަނީ ކުރިޔަށް އޮތް 24 ގަޑިއިރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 މެއި 2021 | ހޮނިހިރު 02:05
އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު

އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު

ރާއްޖޭގެ ހުޅަނގުއުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު، އިތުރަށް ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ ތޫފާނަކަށް ބަދަލުވެ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް ބެލެވެނީ އިންޑިޔާގެ ހުޅަނގު އުތުރު ސަރަހައްދަށާއި ޕާކިސްތާނަށް ކަމަށް ބައިނަލްއަގްވާމީ މީޓިއޮރޮލޮޖިސްޓުން ލަފާކޮށްފިއެވެ.

މިއީ މިއަހަރު ތެރޭގައި މިސަރަހައްދަށް ކުރިމަތިވާ މިފަދަ ފުރަތަމަ ތޫފާނެެވެ. މިތޫފާނަށް ދީފައިވާނަމަކީ ސައިކްލޯން ތައުކްޓޭއެވެ.

Advertisement - newsAdvertisement

މޫސުމާއި ބެހޭ ގޮތުން ކުރިޔަށްލަފާ ކުރާ ފަރާތްތަކުން އިންޑިޔާގެ ހުޅަނގު ދެކުނު އައްސޭރި ސަރަހައްދުގައި ތޫފާނެއް އުފެދެމުން އަންނަކަމަށް ލަފާކުރާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެހެންނަމަވެސް ތޫފާނު އަސްލު އުފެދޭނެ ހިސާބާއި ތޫފާން ބާރުގަދަވެގެންދާނެ އަވަސްމިނާއި ތޫފާން އަރާނެ ސަރަހައްދުތަކާމެދު ސީދާ މައުލޫމާތުތަކެއް ދެނެގަނެވިފައެއްނުވެއެވެ. މޮޑެލްސް ތަކުން ދައްކާގޮތުގައި މިތޫފާނުގެ ބާރު ގަދަ ވާނީ އަންނަ ހަފްތާގައެވެ.

ތޫފާން އެންމެ ބޮޑަށް ބާރުގަދަ ވާނެކަމަށް ބެލެވިފައިވަނީ ކުރިޔަށް އޮތް 24 ގަޑިއިރުއެވެ. އަދި ވައި ހުންނާނެކަމަށް ލަފާކޮށްފައިވަނީ 127 މޭލު ބާރުމިނުގައެވެ.

ކޮޅިގަނޑު ބާރުގަދަ ތޫފާނާކަށް ބަދަލުވެގެންދާން ދިމާވާ މައިގަނޑު ސަބަބަކީ މިވަގުތު މިސަރަހައްދުގެ ތިމާވެށީގެ ހާލަތެވެ. އެގޮތުން ކަނޑުގެ ފަށަލައިގެ ފިނި ހޫނުމިނަށް ބަލާއިރު މިސަރަހައްދުގެ ކަނޑުގެ ފަށަލައަކީ މިވަގުތު މުޅި ދުނިޔޭގައިވެސް އެންމެ ހޫނު މިން މަތި ކަނޑުގެ ފަށަލައެވެ. މިސަރަހައްދުގެ ކަނޑުގެ ފަށަލައިގެ ހޫނުމިން ހުރީ 30 އާއި 32 ޑިގްރީ ސެލްސިޔަސްގައެވެ.

ތޫފާންތައް ބާރުގަދަކުރުމަށް ބޭނުންވަނީ ހޫނު މިން މަތި ފެނެވެ. އާންމު ގޮތެއްގައި 26.5 ޑިގްރީ ސެލްސިއަސްއަށްވުރެ ހޫނު މިން މަތި ނަމަ ތޫފާނަށް ބަދަލުވުމުގެ ފުރުސަތު ފަހިވެއެވެ. އަދި ވައިގެ ބާރުމިނަށް ކުއްލިއަކަށް ގެނުވާ ބަދަލުތަކާއެކު ހޫނުވެފައިވާ ކަނޑުގެ ފަށަލައިގެ ބޭނުން ބޮޑަށް ކުރެވެއެވެ.

މިތޫފާން އަރާނެ ސީދާ ގަޑިއަކާއި ސަރަހައްދެއް އަދި ސާފެއް ނޫނެވެ. ނަމަވެސް ބެލެވޭ ގޮތުގައި އިންޑިޔާގެ ހުޅަނގު އައްސޭރި ސަރަހައްދަށް މިތޫފާންގެ އަސަރު ބޮޑަށް ކުރާނެއެވެ. އަދި ހޯމަ ދުވަހާ ޖެހެންދެން މިތޫފާންގެ އަސަރު ހުންނާނެކަމަށް މާހިރުން ވަނީ ލަފާކޮށްފައެވެ.

މޫސުން

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެ ކަމަށް ބެލެވެނީ އަންނަ ހޯމަ ދުވަހުގެ ފަހުން

20 ޑިސެމްބަރު 2025
 މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެ ކަމަށް ބެލެވެނީ އަންނަ ހޯމަ ދުވަހުގެ ފަހުން
20 ޑިސެމްބަރު 2025

ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފި

20 ޑިސެމްބަރު 2025
ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފި
19 ޑިސެމްބަރު 2025

ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

19 ޑިސެމްބަރު 2025
ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ
16 އޮކްޓޯބަރު 2025

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

16 އޮކްޓޯބަރު 2025
މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި
14 އޮކްޓޯބަރު 2025

އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!

14 އޮކްޓޯބަރު 2025
އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު