Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސުން

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 16 އޮކްޓޯބަރު 2025 | ބުރާސްފަތި 17:09
ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލެގެ ހާލަތު / މަގުމަތީގައި ފެންބޮޑުވުން

ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލެގެ ހާލަތު / މަގުމަތީގައި ފެންބޮޑުވުން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ އޮކްޓޯބަރު 16 ވަނަ ދުވަހުރޭ 20:00 އިން ފެށިގެން 17 އޮކްޓޯބަރުގެ ދަންވަރު 2:00 އާއި ހަމައަށް މިއެލަރޓް ނެރެފައިވާ ކަމަށެވެ.

އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.

ރާއްޖެޓީވީގެ 60 މިނިޓްގައި ވާހަކަ ދައްކަވަމުން މޫސުމާއި ބެހޭ ގައުމީ އިދާރާގެ އެސިސްޓަންޓް މީޑިއޮރޮލޮޖިސްޓް ހުސެއިން ވަހީދު ވިދާޅުވީ ކުރިއަށް އޮތް ސައުވީސް ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުމް ގޯސްވާނެ ކަމަށާއި، ގުގުރުމާއި އެކު ބޯކޮށްވާރޭހެނޭ ކަމަށެވެ.

ރާއްޖެ އަށް މިހާރު ކުރަމުން މިދަނީ މޫސުމީ ވިއްސާރަ ކަމަށާާއި ކުރިއަށް އޮތް ގަޑިތަކުގައި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ އިރު ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހުސެއިން ވަހީދު ވަނީ އިލްތިމާސްކޮށްފައެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާއިރު. މަލިކު ކައިރިން، އެސަރަހައްދުގައި ބާރުގަދަ ކޮޅިގަނޑެއް ހުރި ނަމަވެސް ކޮޅިގަނޑު ދާނީ މަޑުމަޑުން ރާއްޖެއާ ދުރަށް ކަމަށް ހުސެއިން ވަހީދު ވިދާޅުވި އެވެ.

ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި، މާލެއިން ފުރައިގެން ކ.އެރިޔަދޫ އަށް ހަތް މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ "އަލްމާކް ފިޔަ" ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދި ތިން މީހުންގެ ތެރެއިން 2 މީހަކު ވަނީ މަރުވެފައެވެ.

މީގެ އިތުރުން މާލެއިން ޅ. ނައިފަރަށް ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއްވެސް ވަނީ އަޑިއަށް ގޮސްފައެވެ.

މޫސުމާ ގުޅިގެން ކުރިމަތިވެދާނެ އެކި ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ކުއްލި ހާލަތެއް ކުރިމަތިވެ ނުވަތަ ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ، 911 އަށް ގުޅުއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މޫސުމާބެހޭ އޮފީސްމޫސުން

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

22 އޮކްޓޯބަރު 2025
އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި
14 އޮކްޓޯބަރު 2025

އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!

14 އޮކްޓޯބަރު 2025
އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!
20 އޯގަސްޓު 2025

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
05 އޯގަސްޓު 2025

ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

05 އޯގަސްޓު 2025
ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
18 ޖުލައި 2025

ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު

18 ޖުލައި 2025
ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު