Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ މޫސުން

ރާއްޖޭގެ ހުޅަނގުއުތުރުން، އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެކަމަށް ބެލެވެނީ ފަތިހު: މެޓް އޮފީސް

މިކޮޅިގަނޑު ޖެހެމުން ދާނީ އުތުރުހުޅަނގުއުތުރަށް ރާއްޖެއާއި ދުރަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 މެއި 2021 | ހުކުރު 22:02
އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ އިންޒާރުވަނީ ދީފައި

އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ އިންޒާރުވަނީ ދީފައި

ރާއްޖޭގެ ހުޅަނގުއުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު، އިތުރަށް ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ ތޫފާނަކަށް ބަދަލުވާނެކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ފަތިހު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ހުކުރު ދުވަހު ބުނެފައިވަނީ މި ކޮޅިގަނޑު ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި އިތުރަށް ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އަދި އޭގެ 24 ގަޑިއިރު ފަހުން ތޫފާނަކަށް ބަދަލުވެދާނެ ކަމަށެވެ. އަދި މި ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ލަފާކުރެވޭ ގޮތުގައި މިކޮޅިގަނޑު ޖެހެމުން ދާނީ ހުޅަނގުއުތުރަށް ރާއްޖެއާއި ދުރަށް ކަމަށެވެ. މި ކޮޅިގަނޑާ ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުން ދާ ކަމަށެވެ. އަދި ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގައި ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭ ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ހާފިޒް ވިދާޅުވީ ކުރިޔަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށެވެ. އަދި މޫސުން ރަނގަޅުވާނެކަމަށް ބެލެވެނީ ހޯމަ ދުވަހުން ފެށިގެންކަމަށް ހާފިޒް ވިދާޅުވިއެވެ.

މީގެއިތުރުން އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭއިރު ދެކުނުގެ ހިސާބުތަކަށްވެސް މިތޫފާނުގެ އަސަރުކުރާނެކަމަށް ހާފިޒް ވިދާޅުވިއެވެ. އަދި އުދައިގެ އަސަރު ކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް އެބައޮތްކަމަށާއި ނަމަވެސް ފުރުސަތު ބޮޑީ އުތުރާއި މެދު ރާއްޖެތެރެއަށް ކަމަށް ހާފިޒް ވިދާޅުވިއެވެ. އެއީ އުތުރުގެ އަތޮޅުތަކާއި މެދު ރާއްޖޭގެ އަތޮޅުތަކުގައި އެވްރެޖްކޮށް ވައި ބާރުވާނެކަމަށް ލަފާކުރެވޭތީކަމަށް ހާފިޒް ވިދާޅުވިއެވެ.

މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރަންފެށި ވިއްސާރައާއެކު މި މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް ހުޅަނގު މޫސުން ވަނީ ފެށިފައެވެ. އެގޮތުން ވޭތުވެ ދިޔަ 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުނެވެ. އެންމެ ގިނައިން ވާރޭވެހިފައިވަނީ ލ. ކައްދޫއަށެވެ. އެގޮތުން ކައްދޫއަށް 59 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތައް ދައްކައެވެ.

މީގެ އިތުރުން ގއ. ގެމަނަފުއްޓާއި ހއ. ކެލާއަށް ވެސް ބޯކޮށް ވާރޭ ވެހިފައިވެއެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް ވެސް ބޯކޮށް ވާރޭވެހި ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި ބައެއް މީހުންގެ މުދަލާއި ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ.

މޫސުން

ކޮމެންޓް

އިތުރަށް ކިޔާލަން

 މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެ ކަމަށް ބެލެވެނީ އަންނަ ހޯމަ ދުވަހުގެ ފަހުން

މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެ ކަމަށް ބެލެވެނީ އަންނަ ހޯމަ ދުވަހުގެ ފަހުން

20 ޑިސެމްބަރު 2025
ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފި

ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފި

20 ޑިސެމްބަރު 2025
ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

19 ޑިސެމްބަރު 2025
މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

16 އޮކްޓޯބަރު 2025
އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!

އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު