Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރކް އެއިޑްއިން އެހީ ފޯރުކޮށްދިނުން

އާރކް އެއިޑްއިން 1800ށް ވުރެ ގިނަ ކުޑަކުދިންނަށާއި އާއިލާތަކަށް އެހީ ފޯރުކޮށްދީފި

މި ޕެކޭޖުގައި ހިމެނެނީ ހަނޑޫ، ފުށް، ހިކި ކިރު، މަސް ދަޅު، ބިސް، ބޭކެޑް ބީންސް އަދި ތަރުކާރީ ދަޅު

އަމްނާ އިމާދު
އަމްނާ އިމާދު | 13 މެއި 2021 | ބުރާސްފަތި 07:04
ސަރުކާރުގެ އިދާރާތަކާއި، ރަށު ކައުންސިލާއި އެހެނިހެން ޖަމިއްޔާތަކުގެ އެހީއާއެކެ އާރކް އެއިޑްގެ ޕްރޮގްރާމްގެ ދަށުން ވަނީ ކާބޯތަކެތީގެ ޕެކޭޖެއް ރައްދުކޮށްދީފައި

ސަރުކާރުގެ އިދާރާތަކާއި، ރަށު ކައުންސިލާއި އެހެނިހެން ޖަމިއްޔާތަކުގެ އެހީއާއެކެ އާރކް އެއިޑްގެ ޕްރޮގްރާމްގެ ދަށުން ވަނީ ކާބޯތަކެތީގެ ޕެކޭޖެއް ރައްދުކޮށްދީފައި

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް) ގެ ހާއްސަ ފްރޮގްރާމް "އާރކް އެއިޑް" ގެ ދަށުން 55 ރަށެއްގައި ދަތި ހާލުގައި ތިބި 1800ށް ވުރެ ގިނަ ކުދިންނަށް އަސާސީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ. 

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުން އެޅި އެކިއެކި ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން އައި ގޮންޖެހުންތަކާއެކު ކުޑަކުދިންނަށް ވެސް ވަނީ އެކަމުގެ ނޭދެވޭ އަސަރު ކޮށްފައެވެ.

ބައެއް އާއިލާތަކުގެ މެންބަރުން ވަޒީފާއިން ވަކިކުރުމާއި، އިނާޔަތް ކުޑަކުރުމުގެ ދަތިތަކާ ކުރިމަތިލާއިރު، މާލޭގައި ދިރިއުޅުމުންދިޔަ އަނެއްބައި އާއިލާތަކައް ކުރިމަތިވެފައިވާ ދަތި ހާލުގެ ސަބަބުން އަނބުރާ ރަށަށް ބަދަލުވުމަށް ވަނީ މަޖުބޫރުވެފައެވެ. މިކަމުގެ އެންމެ ނޭދެވޭ އަސަރު ފޯރަމުންދަނީ ކުޑަކުދިންނަށެވެ.

މިފަދަ ހާލަތްތަކާއި ކޮވިޑް-19ގެ ސަބަބުން ދިމާވި އެހެނިހެން އުނދަގޫތައް ކުރިމަތިވެފައިވާ އާއިލާތަކަށް ސަރުކާރުގެ އިދާރާތަކާއި، ރަށު ކައުންސިލާއި އެހެނިހެން ޖަމިއްޔާތަކުގެ އެހީއާއެކެ އާރކް އެއިޑްގެ ޕްރޮގްރާމްގެ ދަށުން ވަނީ ކާބޯތަކެތީގެ ޕެކޭޖެއް ރައްދުކޮށްދީފައެވެ. މި ޕެކޭޖުގައި ހިމެނެނީ ހަނޑޫ، ފުށް، ހިކި ކިރު، މަސް ދަޅު، ބިސް، ބޭކެޑް ބީންސް އަދި ތަރުކާރީ ދަޅެވެ.

އާރކްއިން ބުނީ ޚާއްސަކޮށް މިފަދަ ބަލިމަޑުކަމުގެ ދުވަސްވަރެއްގައި އެއްވެސް ކުއްޖަކީ ކާބޯތަކެތި ލިބުމުގެ އަސާސީ ހައްގުން މަހުރޫމުވެފައިވާ ކުއްޖަކަށް ވެގެން ނުވާނެ ކަމަށެވެ.

އާރކްއިން ބުނީ ކުޑަކުދިންގެ ޙައްގުތައް ކުރިއަރުވާ ހިމާޔަތްކުރުމުގެ މަސައްކަތުގައި އަބަދުވެސް ދެމިހުންނާނެ ކަމަށެވެ.

އާރކް

އިތުރަށް ކިޔާލަން

02 މާރިޗު 2023

ހަނގާކުރުމުން އެކަމުގެ އަސަރު ދަރިވަރުންގެ މުޅި ދިރިއުޅުމަށް ވެސް ދެމިގެންދޭ: އާކް

02 މާރިޗު 2023
ހަނގާކުރުމުން އެކަމުގެ އަސަރު ދަރިވަރުންގެ މުޅި ދިރިއުޅުމަށް ވެސް ދެމިގެންދޭ: އާކް
03 ޑިސެމްބަރު 2021

ދާންމަތި ވެފައިވާ ކުދިންނަށް އާކްގެ ފަރާތުން ހޮސްޕިޓަލް 20 އެނދު ހަދިޔާކޮށްފި

03 ޑިސެމްބަރު 2021
ދާންމަތި ވެފައިވާ ކުދިންނަށް އާކްގެ ފަރާތުން ހޮސްޕިޓަލް 20 އެނދު ހަދިޔާކޮށްފި
19 ނޮވެމްބަރު 2021

ކުޑަކުދިންނަށް ދިމާވާ އަނިޔާތަކާ ދެކޮޅަށް ވާހަކަދެއްކުމަށް ބާރުއަޅާ ފޮތެއް އިފްތިތާހުކޮށްދެއްވައިފި

19 ނޮވެމްބަރު 2021
ކުޑަކުދިންނަށް ދިމާވާ އަނިޔާތަކާ ދެކޮޅަށް ވާހަކަދެއްކުމަށް ބާރުއަޅާ ފޮތެއް އިފްތިތާހުކޮށްދެއްވައިފި
07 އޯގަސްޓު 2021

ކުޅިވަރުގެ މައިދާނުގައި ކުޑަކުދިންނަށް ރައްކާތެރިކަން އޮންނަންޖެހޭ: ފަރސްޓްލޭޑީ

07 އޯގަސްޓު 2021
ކުޅިވަރުގެ މައިދާނުގައި ކުޑަކުދިންނަށް ރައްކާތެރިކަން އޮންނަންޖެހޭ: ފަރސްޓްލޭޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު