Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްޝައްވާލު މަހުގެ ހަ ރޯދަ

ރޯދަމަސް އަލްވަދާޢު ކިޔައިފިއެވެ. ކުރިމަތިލަނީ ޢީދު ދުވަހާ ގުޅިގެން ސުންނަތް ހަ ރޯދައާއެވެ.

ފަރުޟު އޮތަސް ސުންނަތް ރޯދަ ހިފޭނެ

ޝެއިޚް ހުސެއިން ރަޝީދު އަހުމަދު
ޝެއިޚް ހުސެއިން ރަޝީދު އަހުމަދު | 13 މެއި 2021 | ބުރާސްފަތި 07:03
ވިޔަފާރިވެރިންގެ މިސްކިތުގައި މީހަކު ރޯދަ ވީއްލުމަށް ތައްޔާރުވެގެން

ވިޔަފާރިވެރިންގެ މިސްކިތުގައި މީހަކު ރޯދަ ވީއްލުމަށް ތައްޔާރުވެގެން

ރޯދަ މަސް ނިމުނީއެވެ. މާތް ﷲ އަޅުގަނޑުމެންގެ ރޯދައާއި ރޭއަޅުކަން ޤަބޫލު ކުރައްވާށިއެވެ. ދެން ކުރިމަތިލަނީ ޝައްވާލު މަހާއެވެ. މާދަމައިން ފެށިގެން ޝައްވާލު މަސް ފެށެނީއެވެ. ވަރަށް ގިނަ މީހުން ތިބެނީ ދެން ކަންކުރަންވާ ގޮތް ނޭގި އޮޅުމެއްގެ ތެރޭގައެވެ. ފުރަތަމަ ހިފާނީ ހަރޯދަތޯ ނުވަތަ އަންހެނުންނަށް އެކަނބަލުންގެ ޚާއްޞަ ޙާލަތުގައި ގެއްލިފައިވާ ރޯދަ ހިފާނީ ތޯއެވެ؟ ޤަޟާ ރޯދަ ނުހިފާ ސުންނަތް ރޯދަ ހިފިދާނެތޯއެވެ؟ މިއީވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ކުުރާ ސުވާލެކެވެ.

ޝައްކެއް ނެތް ގޮތުގައި ފަރުޟު ރޯދަ ހިފުމަކީ ވަގުތުން ވާޖިބުވާ ކަމެއް ނޫނެވެ. ފަރުޟު އޮތަސް ސުންނަތް ރޯދަ ހިފޭނެއެވެ. ޞައްޙަ ޙަދީޘުން ސާބިތުވާ ގޮތުގައި ކީރިތި ރަސޫލާގެ އަނބިއަނބި ކަނބަލުން ރޯދަ މަހުގައި ހިއްޕަވަން އޮންނަ ރޯދަ ހިއްޕަވައި އުޅުއްވަނީ އަނެއް އަހަރުގެ ޝަޢުބާން މަހުގައެވެ. އެއީ ކީރިތި ރަސޫލާ އެމަހުގެ ގިނަ ދުވަސްތަކުގައި ރޯދަފުޅަށް ހުންނަވާތީއެވެ.

މިއަންނަ ހަދުވަހު ރޯދަ ފަރުޟާ އެއްކޮށްލައިގެން ހިފިދާނެތޯ ނުވަތަ ކޮންމެ ބާވަތެއްވެސް ހިފަންޖެހޭނީ ވަކިވަކިންތޯއެވެ؟ މިމައްސަލައާމެދު ވަރަށްގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ސުންނަތް ރޯދައަކާއެކު ފަރުޟު ރޯދައަކަށް ނިޔަތް ނުގަނެވޭނެއެވެ. އަދި ހަމައެހެންމެ ވަރަށް ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ސުންނަތް ރޯދަ ހިފާއިރު ފަރުޟަށް ނިޔަތް ގަތުމުން ފަރުޟު އަދާ ކުރެވިފައި އެދުވަހުގެ ސުންނަތް ވެސް އަދާކުރެވެނީއެވެ.

ޝައްކެއްނެތް ގޮތުގައި ޝައްވާލު މަހު ހަރޯދައަކީ އިހާއި ފަހުގެ ގިނަ ޢިލްމުވެރިންގެ އަރިހުގައި މުސްތަޙައްބު ސުންނަތެކެވެ. އެރޯދަ ހިފަން ފަށާނީ ވަޅު ޢީދު ދުވަހުން ފެށިގެންނެވެ. ލޮބުވެތި ކީރިތި ރަސޫލާ ޙަދީޘު ކުރައްވާފައިވާ ފަދައިންނެވެ. [مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ فَذَاكَ صِيَامُ الدَّهْرِ] (މާނައީ: ރަމަޟާން މަހު ރޯދަ ހިފައި ދެން އެއާގުޅިގެން ޝައްވާލު މަހުގެ ހަދުވަސް އިތުރު ކޮށްފި މީހާއަށް އެހިފުނީ މުޅި އަހަރުގެ ރޯދައެވެ.) ވުމާއެކު މުސްލިމަކު ވަޅުޢީދު ދުވަހުން ފެށިގެން ހަރޯދަ ހިފުމީ އެންމެ މޮޅުގޮތެވެ. އެހެނަސް ޝައްވާލު މަހުގެ ތެރޭގައި އެކުއެކީވެސް ނުވަތަ ވަކިވަކިން ވެސް ހަރޯދަ ހިފައިފިނަމަ ސުންނަތް އަދާކޮށްފިއެވެ. އެއްވެސް އުނިކަމެއްނެތި އެމީހަކަށް އެކަމުގެ ސަވާބު ދެއްވާނެއެވެ.

ޝާފިޢީ މަޛްހަބުގައި އޮންނަ ގޮތުގައި ރޯދަމަހު ގެއްލިފައިވާ ރޯދަ ހަރޯދައިގެ ތެރޭގައި ޤަޟާއަށް ނިޔަތްގަތުމުން ފަރުޟު ރޯދައިން އޭނާ ބަރީއަ ވުމާއެކު ޝައްވާލުމަހު ރޯދަ ހިފީތީވެ އެކަމުގެ ސަވާބުވެސް ދެއްވާނެއެވެ. އެހެނަސް ނިޔަތް ގަންނަން ވާނީ ސުއްނަތް ރޯދައަކަށް ނޫނެވެ. އަދި ކިއެއްތަ ނިޔަތް ގަންނާނީ ގެއްލިފައިވާ ފަރުޟު ރޯދައަށެވެ. ﷲގެ ދީލަތިވަންތަކަން އިންތިހާއަށް ތަނަވަސް ވެގެންވެއެވެ. އެހެންކަމުން މިގޮތަށް ރޯދަ ހިފައިފި މީހަކަށް ޝައްވާލުމަހު ރޯދަ ހިފަން އެންގެވި އެންގެވުމަށް ޢަމަލުކުރެވުމާއެކު ޤަޟާ ރޯދައިގެ ޒިންމާވެސް އޭނާގެ ކިބައިން ދިޔައީއެވެ.

މި އުޞޫލުގެ ދަށުން ރޯދަމަހުގެ ރޯދަ ގެއްލިފައިވާ އަންހެނުން ޝައްވާލު މަހު ހަރޯދަ ހިފާއިރު ޤަޟާއަށް ނިޔަތްގަތުމުން ފަރުޟު ރޯދަ ހިފުމާއެކު ސުންނަތުގެ ސަވާބު ލިބޭނެއެވެ. މިކަމުގައި ޢިލްމުވެރިން ޤިޔާސް ކުރައްވާފައިވަނީ މީހަކު މިސްކިތަށް ވަދެ އިށީނުމުގެ ކުރިން ފަރުޟު ނަމާދުކޮށްފިނަމަ ނުވަތަ ރަވާތިބު ސުންނަތުގެ ދެރަކުޢަތް ކޮށްފިނަމަ އޭނާއަށް އެނަމާދު ކުރެވިފައި މަސްޖިދު ސުންނަތުގެ ސަވާބުވެސް ލިބުނެކަމަށް އެއްބަސްވެ ވަޑައިގަންނަވާތީ މީގެ މައްޗަށެވެ.

ހަ ރޯދަޝައްވާލުމަހުގެ ހަ ރޯދަސުންނަތް ރޯދަ

އިތުރަށް ކިޔާލަން

12 މެއި 2021

ގޭގައި ޢީދު ނަމާދު ކުރާނެ ގޮތް

12 މެއި 2021
ގޭގައި ޢީދު ނަމާދު ކުރާނެ ގޮތް
12 މެއި 2021

ޢީދު ނަމާދު ކުރާނެ ސުންނަތް ގޮތާއި ނަމާދު ކުރުން އައުލާވެގެންވާ ތަން

12 މެއި 2021
ޢީދު ނަމާދު ކުރާނެ ސުންނަތް ގޮތާއި ނަމާދު ކުރުން އައުލާވެގެންވާ ތަން
31 ޖުލައި 2020

ހުކުރު ދުވަހުގައި ޢީދު އަތުވެއްޖެނަމަ އަމަލު ކުރާނީ ކިހިނެއް؟

31 ޖުލައި 2020
ހުކުރު ދުވަހުގައި ޢީދު އަތުވެއްޖެނަމަ އަމަލު ކުރާނީ ކިހިނެއް؟
19 މެއި 2020

ޢީދު ނަމާދު ކުރާނީ ކިހިނެއް؟

19 މެއި 2020
ޢީދު ނަމާދު ކުރާނީ ކިހިނެއް؟
06 މެއި 2019

ރޯދަމަސް- ކާބޯތަކެތި އިސްރާފް ކުރުމުން ދުރުހެލިވާ މަހަކަށް ހަދަމާތޯ ؟

06 މެއި 2019
ރޯދަމަސް- ކާބޯތަކެތި އިސްރާފް ކުރުމުން ދުރުހެލިވާ މަހަކަށް ހަދަމާތޯ ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު