Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑްއިން ރައްކާތެރިވުމަށް އަޅާފިޔަވަޅުތައް

ދެން ޑައިންއިން ނުކުރެވޭނެ، ޑެލިވަރީ ކުރެވޭނީ ދަންވަރު 12 ޖަހަންދެން!

ފިޔަވަޅުތައް ތަންފީޒުކުރުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ޚާއްސަ އޮޕަރޭޝަންއެއް 12 މެއިގައި ވަނީ ފަށާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 12 މެއި 2021 | ބުދަ 23:01
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް

ކޮވިޑްއިން ރައްކާތެރިވުމަށް އަޅާފިޔަވަޅުތަކުގެ ދަށުން ޑައިން އިން ހުއްޓާލާ، ޑެލިވަރީކުރެވޭނީ ދަންވަރު 12 ޖަހަންދެންކަމަށް ފުލުހުން ބުނެފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީގެ ނޫސްވެރުންގެ ބައްދަލުވުމުގައި ކޮވިޑްގެ ހާލަތު ކުރުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވަނީ މި މަސައްކަތް ކުރުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ޚާއްސަ އޮޕަރޭޝަންއެއް 12 މެއިގައި ފަށާފައިވާކަމަށެވެ. މި އޮޕަރޭޝަންގައި ފުލުހުންގެ ހުރިހާ ވަސީލަތްތައް ބޭނުންކުރަމުންދާއިރު، މާލެ ސަރަހައްދުގައި ތަންފީޒުކުރަންޖެހޭ ފިޔަވަޅުތަކުގެ ތަފްސޫލު ހިއްސާކުރެއްވިއެވެ. އެގޮތުން ބުދަ ދުވަހުން ފެށިގެން ހަވީރު 4ން ފަތިހު 4ށް ބޭރުގައި އުޅުން މަނާކޮށްފައިވާއިރު، ޑައިންގެ ޚިދުމަތް ހުއްޓާލާ ޑެލިވަރީއާއި ޓޭކްއަވޭގެ ޚިދުމަތް ދެވޭނެކަމަށް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން ޖިމްތަކާއި ކަސްރަތު ކްލާސްތަކާއި، ސަނަމާތަކާއި، ސެލޫންތަކާއި ބަންދުކުރުމަށް އަންގާފައިވާއިރު މިކަންކަންވެސް ފުލުހުން ބަލަމުންދާކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބޭރަށް ނިކުމެއުޅުން މަނާގަޑިތަކުގައި ބޭރަށް ނިކުންނަމަ ފުލުހުންގެ ޕޯޓަލްއިން ހޯދަން ވަނީ އެދިފައެވެ. އަދި ޔުނީފޯމްއެޅި އޮފީސްތަކުގެ މުއައްޒަފުން ބޭރަށް ނިކުންނަނަމަ އޮފީހުގެ ޔުނީފޯމްގައި އޮފީސް ކާޑުއެކު ނިކުތުމަށް އަބްދުﷲ ޝަރީފް ހަނދާންކޮށްދެއްވިއެވެ. ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓްތަކުން އެތަންތަނަށް ނުވަދެ ޓޭކްއަވޭގެ ޚުދުމަތް ހަވީރު 4 ޖަހަންދެން ދިނުމަށް ނިންމާފައިވާއިރު، ޕޯޓަލްއިން ހުއްދަހޯދުމަށްފަހު ޑެލިވަރީގެ ޚިދުމަތް 12 ޖަހަންދެން ދެވޭނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޓެކްސީގެ ޚިދުމަތް މިވަގުތު ދެވޭނީ އިމަޖެންސީތަކާއު، ޒަރޫރީ ކަންކަމަށްދާ ފަރާތްތަކަށް އެކަނިކަން ފާހަގަކުރައްވާ އަބްދުﷲ ޝަރީފް ވަނީ ޓެކްސީއަށް އަރާ ކަސްޓަމަރުގެ މިކަންކަން ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުން ކަށަވަރުކުރުމަށް އެދިފައެވެ. މިއާ ޚިލާފަށް ކަންތައްކުރާނަމަ ޓެކްސީ ޕާމިޓް ބާތިލުކުރާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވަނީ އާންމުން ސަމާލުކަންދޭންޖެހޭ ބައެއް އިތުރު ކަންތައްތައްވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ޕަބްލިކް ޓްރާންސްޕޯޓް މިހާލަތުގައި ދޭނީ ހަވީރު 4 ޖެހުމާއި ހަމައަށްކަން ހަނދާންކޮށްދެއްވިއެވެ. އަދި ޕެޓްރޯލް ޝެޑްތައްވެސް އަސުރު ނަމާދަށްފަހު ބަންދުވާނެކަމަށް ވިދާޅުވިއެވެ.

ޑައިން އިން ހުއްޓާލާ، ޑެލިވަރީކުރެވޭނީ ދަންވަރު 12 ޖަހަންދެންކަމަށް ފުލުހުން ބުނެފައިވާއިރު، ޕޮޒިޓިވްވާ މިންވަރު ދަށް ނުވެއްޖެނަމަ ކެފޭ ރެސްޓޯރެންޓްގެ އެތެރޭގައި ޚިދުމަތް ދިނުން ރޯދައަށްފަހު މެދުކަނޑާލަންޖެހިދާނެކަމުގެ އިންޒާރު އެޗްއީއޯސީއިން މީގެ ކުރިންވެސް ވަނީ ދީފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް އޭރު ވަނީ ރޯދައަށް ފަހު ކޭސް ލޯޑަށް ބަދަލު ނައިސްފިނަމަ ހަރުކަށި އިތުރު ފިޔަވަޅުތައް އަޅާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޭސްލޯޑް ދަށް ނުވެއްޖެނަމަ ކެފޭ ރެސްޓޯރެންޓްގެ އެތެރޭގައި ޚިދުމަތް ދިނުން ރޯދައަށްފަހު މެދުކަނޑާލަންޖެހިދާނެކަމަށް ވިދާޅުވިއެވެ.

އެޗްއީއޯސީއިން މީގެ ކުރިންވެސް ވަނީ ކެފޭ ރެސްޓޯރެންޓްތަކުގައި ކޮވިޑާ ގުޅިގެން އެކަށައަޅަންޖެހޭ މިންގަނޑާ ޚިލާފަށް ޚިދުމަތްދެމުން އަންނަކަން ފާހަގަކުރެވޭކަމަށް ބުނެފައެވެ. އެގޮތުން ރެސްޓޯރެންޓްތަކަށް ގޮސް އެއްވެސް ވަރަކަށް މާސްކް ނާޅާ ތިބުމާއި، އިޖުތިމާޢީ ގައިދުރުކަމުގެ މިންގަނޑަށް ވެސް ތަބާނުވާކަން ވަނީ ފާހަގަކޮށްފައެެވެ. މިކަން ހައްލުކުރުމަށް ކެފޭ ރެސްޓޯރެންޓްތަކުގެ އިންސްޕެކްޝަން އަލުން ވަރުގަދަކުރާނެކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު