Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

"މިއީ އަހަރެންގެ ކެރިއަރުގެ އެންމެ ނާކާމިޔާބު ސީޒަން"

މިސީޒަނުގެ މިހާތަނަށް މަނޭއަށް ކާމިޔާބު ކުރެވުނީ އެންމެ ސާދަ ގޯލް

ރާއްޖެ އެމްވީ | 11 މެއި 2021 | އަންގާރަ 15:33
ލިވަޕޫލްގެ ސެނެގޯލް ފޯވާޑް ސާޑިއޯ މަނޭ: މި ސީޒަނުގައި އެދެވޭ ކުޅުމެއް ވަނީ ނުދެއްކިފައި

ލިވަޕޫލްގެ ސެނެގޯލް ފޯވާޑް ސާޑިއޯ މަނޭ: މި ސީޒަނުގައި އެދެވޭ ކުޅުމެއް ވަނީ ނުދެއްކިފައި

ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔަކަށްވީ ފަހުން މިއީ އޭނާގެ ކެރިއަރުގެ އެންމެ ނާކާމިޔާބު ސީޒަން ކަމަށް ލިވަޕޫލްގެ ސެނެގޯލް ފޯވާޑް ސާޑިއޯ މަނޭ ބުނެފިއެވެ.

މި ހަފުތާގައި ކެނަލް ޕްލަސްއަށް ދިން ބަސްދީގަތުމެއްގައި މަނޭ ބުނެފައިވަނީ ގޯލް ކުރިމަތީގައި އޭނާގެ ތޫނުފިލިކަމަށް އައި ބަދަލުގެ ސިއްރަކީ ކޮބައިކަން ނޭނގިފައި ހުރި ކަމަށެވެ. ކަށަވަރު ކަމަކީ މިއީ އޭނާގެ ހަޔާތުގައި އެންމެ ދެރަވަރު އެންމެ ނާކާމިޔާބު ސީޒަން ކަމުގައި ވެސް މަނޭ ބުންޏެވެ.

މިގޮތަށް ދިމާވެފައިވަނީ ކެއުމަށް އައި ބަދަލަކުންތޯ ނުވަތަ އެހެން ކަމަކުންތޯ ބެލުމަށް ޓެސްޓުތަކެއްވެސް ހަދައިފި ކަމަށާއި އެ ޓެސްޓުތަކުގެ ނަތީޖާ ގޯސް ނޫން ކަމަށްވެސް މަނޭ ބުންޏެވެ. ކޮންމެ ކުޅުންތެރިޔަކަށް ވެސް މިކަހަލަ އަޑިގުޑަން ދުވަސްތައް އަންނާނޭ ކަމަށާއި އުއްމީދަކީ ވީހާވެސް އަވަހަށް އިހުގެ ފޯމަށް އަލުން ރުޖޫއަވުން ކަމަށް އުމުރުން 29 އަހަރުގެ ފޯވާޑް ބުންޏެވެ.

ފާއިތުވި ތިން ސީޒަނުގައިވެސް މަނޭ ވަނީ ވިހި ގޯލަށްވުރެ ގިނަ ގޯލް ކޮންމެ ސީޒަނެއްގައިވެސް ލިވަޕޫލަށް ޖަހައިދީފައެވެ. މި ތިން ސީޒަނުގެ ތެރެއިން އެއް ސީޒަނުގައި ޗެމްޕިއަންސް ލީގު އަދި އަނެއް ސީޒަނުގައި އިނގިރޭސި ލީގު ލިވަޕޫލް ވަނީ ކާމިޔާބުކޮށްފައެވެ.

އެކަމަކު ހުރިހާ މުބާރާތެއް އެއްކޮށްލައިގެން މި ސީޒަނުގެ މިހާތަނަށް މަނޭއަށް ޖެހިފައިވަނީ އެންމެ ސާދަ ގޯލެވެ. ލިވަޕޫލް އޮތީ މިވަގުތު ޓޭބަލްގެ މެދަކާ ހިސާބުގައެވެ. ސީޒަނުގެ ބާކީ ތިންމެޗުން މޮޅުވިޔަސް ޓޮޕް ހަތަރެއްގެ ތެރޭގައި ލައްވާނުލައި ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ކަޓާނޭ ކަމަށްވެސް ވަނީ ގަބޫލު ކުރެވިފައެވެ.

ސަޑިއޯ މާނޭލިވަޕޫލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު