Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ ތަޙުޤީޤް

"ހައްޔަރު ކުރެވިފައިވާ މީހުންގެ މައްޗަށް ދަޢުވާކުރެވޭނެ ދުވަހެއް އަދި ނޭނގޭ"

މި މައްސަލައިގެ ތަޙުޤީޤު އަދި އޮތީ ވަރަށް ޅަފަތުގެ މަރުޙަލާއެއްގައިކަމަށް އޭސީޕީ ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 11 މެއި 2021 | އަންގާރަ 13:38
 ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ދިން ނިރުބަވެރި ހަމަލާގައި ހައްޔަރުކުރެވިފައިވާ މީހުންގެ މައްޗަށް ދަޢުވާކުރެވޭނެ ދުވަހެއް އަދި ދަންނަވަން ނޭނގޭކަމަށް ފުލުހުން ބުނެފިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ކުރަމުންދާ ތަޙުޤީޤުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުމުގައި ވާހަކަދައްކަވަމުން އެއިދާރާގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވަނީ މި މައްސަލައިގެ ތަޙުޤީޤު އަދި އޮތީ ވަރަށް ޅަފަތުގެ މަރުޙަލާއެއްގައިކަމަށް ވިދާޅުވެފައެވެ. ޖިނާއީ މައްސަލަތަކުގައި ދައުވާކުރަން ހުށަހަޅަން ވަކި ޓައިމްފްރޭމްތަކެއް ދީފައިވާކަން އޭސީޕީ ފާހަގަކުރެއްވިއެވެ. މި މައްސަލައަކީ ވަރަށް ގިނަ ކަންކަން ބަލާ ގިނަ ހޯދުންތައް ހޯދަންޖެހޭ މައްސަލައެއްކަމުގައިވާއިރު، މި މައްސަލައިގައި މިހާރު ކަޑަތުކުރަމުން މިދަނީ ތަޙުޤީޤުގެ "އަރލީ ސްޓޭޖްތައް" ކަމަށް ވިދާޅުވިއެވެ. މި ސަބަބައްޓަކައި ހައްޔަރުކުރެވިފައިވާ މީހުންގެ މައްޗަށް ދަޢުވާކުރެވޭނެ ދުވަހެއް ނޭންގޭކަމަށް އޭސީޕީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހަމަލާ ދިނުމުގެ ސަބަބުން ހެކި ނެގުމަށާއި، ތަޙުޤީޤީއިތުރު ކަންތައްތައް ފުރިހަމަކުރުމަށް ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ސަރަހައްދު އާންމުންނަށް ނުވަދެވޭގޮތައް ބަންދުކޮށްފައި އޮންނަތާ 4 ދުވަހަށް ފަހު ހުޅުވާލާފައިވާކަމަށް އޭސީޕީ ރިޔާޒް ވިދާޅުވިއެވެ. އެތަން ހުޅުވާލީ އެސަރަހައްދުން އެކަމާ ގުޅުންހުރި ހުރިހާ އެއްޗެއް ނަގާފައި ކަމަށާއި، އަދިވެސް އެތާ ގެއަކުން ވެސް އެއާ ގުޅުންހުރި އެއްޗެއް ފެނިއްޖެ ނަމަ އެންގުމަށް އެދިފައިވެއެވެ. ރައީސް ނަޝީދަށް އަމާޒުކޮށްދިން ނިރުބަވެރި ހަމަލާއާއި އެމްއެމްޕީއާރްސީ ކޮރަޕްޝަން ކޭސްއާއި ގުޅުން ހުރިތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން އޭސީޕީ ރިޔާޒްވަނީ ފުލުހުން ތަހުޤީޤުކުރާ އިތުރު އެއްވެސް މައްސަލައަކާއި މި ކޭސްއާއި ގުޅުން ހުރިކަން ކަނޑައެޅިފައިނުވާކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ދިނުމުގެ ތުހުމަތު ކުރެވޭ 3 މީހަކު ވަނީ މިހާތަނަށް އައިރު ހައްޔަރުކޮށްފައެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މުޖާޒް އަހުމަދު، މއ. ފޭރުގެ، އާއި ގއ. ކޮނޑޭއަށް އުފަން 32 އަހަރުގެ ތަހުމީން އަހުމަދެވެ. ތަހުމީން އަހުމަދަކީ އައިއީޑީ ހަރުކުރެވިފައިވާ ސައިކަލުގެ ވެރިފަރާތް ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ރައީސް ނަޝީދަށް ހަމަލާދިން އައިއީޑީ ގޮއްވާލިކަމަށް ތުހުމަތުކުރެވޭ ވ. ތިނަދޫ، ހިޔާ 25 އަހަރުގެ އަދުހަމް އަހުމަދު ރަޝީދުވެސް ވަނީ ހުޅުމާލެއިން ހައްޔަރުކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭސީޕީ ރިޔާޒް ވަނީ މިވަގުތައް މި މައްސަލައިގައި ތަހުޤީޤަށް ހައްޔަރުކުރަން ޖެހޭ އެންމެން ހައްޔަރުކޮށް ނިމިފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އިތުރު ބަޔަކުވެސް މިކަން ހިންގުމުގައި އުޅުނުކަމަށް ބެލެވި "ޕަރސަން އޮފް އިންޓްރެސްޓް"ގެ ގޮތުގައި އިތުރަށް ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ. އޭސީޕީ ރިޔާޒް ވަނީ ތަހުގީގާއި ގުޅިގެން ހޯދޭ ހޯދުންތައް އެކަށީގެންވާ ގޮތުގައި ތަފްސީލުކޮށް ހާމަކުރަމުންދާނެކަމަށް ވިދާޅުވެފައެވެ. އެގިތުން މި މައްސަލަ އެކި އޭންގަލްތަކުން ދަނީ ބަލަަމުންދާއިރު، ރައީސް ނަޝީދު ގެއިން ނުކުމެވަޑައިގެންނެވި ގަޑި އަދުހަމްއަށް އެނގުނު ގޮތް މިވަގުތު ބަލަމުންދާކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާ ވަނީ، ކޮވިޑް ކޮންޓްރޯލްކުރުމާއި ނިރުބަވެރި ޙަމަލާގެ ތަޙުޤީޤުކުރުމަށް ފުލުހުންގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރަމުންކަމަށް ވިދާޅުވެފައެވެ. ތަހުޤީޤަށް ބޭނުންވާ ހުރިހާ ވަސީލަތެއް ބޭނުންކުރެވޭނެ އިންތިޒާމު ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ހަމަޖައްސަވާފައިވާއިރު، ކޮވިޑް ކޮންޓްރޯލްކުރުމާއި ނިރުބަވެރި ޙަމަލާގެ ތަޙުޤީޤުކުރުމަށް ފުލުހުންގެ ހުރިހާ ޑިޕާޓްމެންޓްތަކަކުން މިވަގުތު މަސައްކަތްކުރަމުންދާކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން އޭސީޕީ ރިޔާޒް ވަނީ، މިވަގުތު ފުލުހުންގެ ތަޙުޤީޤުގެ ޕްރައިމަރީ ފޯކަސްހުރީ ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ހެއްކާ ޤަރީނާއާއެކު ޝަރީޢަތައް ދަޢުވާކުރަން ހުށަހަޅާ އަދުލު އިންސާފު ޤާއިމުކުރުންކަމަށް ވިދާޅުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް ތަޙުޤީޤަށް ބުރޫނާރާނެ ވަރަށް ދެފުށް ފެންނަގޮތައް މަޢުލޫމާތު ވަގުތުން ވަގުތައް ހާމަކުރަމުންދާނެކަމަށް އޭސީޕީ ރިޔާޒް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު