Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަވާނީ އެއްބަސްވުން އާކުރުން

ޔުނައިޓެޑުގެ އެއްބަސްވުން ކަވާނީ އާކޮށްފި

ކަވާނީ ވަނީ އެއްބަސްވުން އިތުރު އެއް އަހަރަށް އާކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 މެއި 2021 | ހޯމަ 21:34
އެއްބަސްވުން އާކުރުމަށްފަހު ކަވާނީއާއެކު ސޯލްޝެއާ

އެއްބަސްވުން އާކުރުމަށްފަހު ކަވާނީއާއެކު ސޯލްޝެއާ

މެންޗެސްޓާ ޔުނައިޓެޑާއެކު ހަދާފައި އޮތް އެއްބަސްވުން އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އިތުރު އަހަރަކަށް އާކޮށްފިއެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އުމުރުން 34 އަހަރުގެ ކަވާނީ ޔުނައިޓެޑާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އެ ފަހަރު ކަވާނީ ވަނީ ޔުނައިޓެޑާއެކު އެއް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެކަމަކު އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޭނާއަށް އޮތްއިރު، އެ ފުރުސަތުގެ ބޭނުން ހިފައި ހޯމަ ދުވަހުގެރޭ ކަވާނީ ވަނީ އެއްބަސްވުން އިތުރު އެއް އަހަރަށް އާކޮށްފައެވެ.

ޔުނައިޓެޑުގެ އެއްބަސްވުން އާކުރުމަށްފަހު ކަވާނީ ބުނީ ޔުނައިޓެޑާ ގުޅުނު ފަހުން އެ ޓީމާއެކު ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ ކަމަށާއި، އެހެންކަމުން ޔުނައިޓެޑުގައި މަޑުކުރަން ބޭނުންވީ ކަމަށެވެ. އަދި ޔުނައިޓެޑުގެ ސަޕޯޓަރުން ކުރިމަތީ މެޗެއް ކުޅެލުމަކީ ހުވަފެނެއް ކަމަށްވެސް ކަވާނީ ވަނީ ބުނެފައެވެ.

ޔުނައިޓެޑުގެ އެއްބަސްވުން ކަވާނީ އާކުރިއިރު، މީގެ ކުރިން އޭނާ ބައްޕަ ލުއިސް ވަނީ ކަވާނީ އިންގްލެންޑުގައި ހުރީ ހިތްހަމަޖެހިގެން ނޫން ކަމަށާއި، އޭނާ ހުރީ ދެކުނު އެމެރިކާއަށް އަންނަން ބޭނުންވެފައި ކަމަށް ބުނެފައެވެ. އެއާއެކު އުރުގުއޭ އާއި އާޖެންޓީނާގެ މީޑިއާތަކުން ވަނީ ކަވާނީ އާޖެންޓީނާގެ ބޮކަ ޖޫނިއާސްއަށް ބަދަލުވާން އެއްބަސްވި ކަމަށް ރިޕޯޓުކޮށްފައެވެ.

ޔުނައިޓެޑުގައި މަޑުކުރަން ކަވާނީ ނިންމިއިރު، އެކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާވެސް ވަނީ ވަރަށް ބޮޑަށް ބާރުއަޅާފައެވެ. އެގޮތުން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސޯލްޝެއާ ބުނީ ކަވާނީއަކީ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށާއި، ޔުނައިޓެޑާއެކު އޭނާއަށް ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ކަވާނީއަކީ އިތުބާރުކުރެވޭ ފެންވަރު ރަނގަޅު ކުޅުންތެރިއެއް ކަމުން، ދިގު މުއްދަކަށް ކަވާނީ އެ ޓީމުގައި މަޑުކުރުވަން ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ޔުނައިޓެޑުގެ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި ކަވާނީ ހިމެނޭއިރު އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 35 މެޗުގައި 15 ލަނޑު ޖަހާފައެވެ. އަދި މީގެ ކުރިން ޕީއެސްޖީއާއެކު ކަވާނީ ގިނަ ކާމިޔާބީތަކެއް ހޯދިއިރު، އޭނާ ވަނީ އެ ޓީމާއެކު ފްރެންޗް ލީގު ހަ ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ޕީއެސްޖީއާއެކު ފްރެންޗް ކަޕް ހަތަރު ފަހަރު އަދި ފްރެންޗް ލީގު ކަޕް ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.

އެޑިސަން ކަވާނީމެންޗެސްޓަރ ޔުނައިޓެޑް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
09 އޮކްޓޯބަރު 2025

އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް

09 އޮކްޓޯބަރު 2025
އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް
28 ސެޕްޓެމްބަރު 2025

ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް

28 ސެޕްޓެމްބަރު 2025
ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް
15 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި

15 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި
31 އޯގަސްޓު 2025

ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް

31 އޯގަސްޓު 2025
ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު