Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާސް އިންސްޕެކްޝަން

ބެލުންތައް ދަނީ ކުރިއަށް، ގެސްޓް ހައުސްތަކާއި ފިހާރަތައް ވެސް ބަލާނެ: މަބްރޫކް

މިހާތަނަށް 65 ގެސްޓް ހައުސްއެއް ވަނީ ބަލާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 މެއި 2021 | ހޯމަ 20:42
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވާހަކަދައްކަވަނީ

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މާލެސިޓީގައި މާސް އިންސްޕެކްޝަނެއް ކުރިއަށްދާ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.

ހޯމަ ދުވަހު އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މާލޭގައި މާސް އިންސްޕެކްޝަނެއް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް 65 ގެސްޓްހައުސްއެއް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން އިންސްޕެކްޓް ކޮށްފައިވާއިރު ގައިޑްލައިނާ ޚިލާފުވެފައިވާ އެއް ތަނެއް ފާހަގަކުރެވިފައިވާ ކަަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފާހަގަކުރެވުނު މައްސަލަތައް ހައްލު ކުރުމަށް އަންގައި އެކަން ޓޫރިޒަމް މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ. އެކަންކަން ރަނގަޅު ނުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ އިތުރު ވިޔަފާރިތަކަށް ބަލާއިރު 40 ތަނެއް ހޯމަ ދުވަހު ބަލާފައިވާ ކަމަށެވެ. އެގޮތުން 25 ތަނެއް ގައިޑްލައިނާ އެއްގޮތަށް ކަންތައްތައް އިންތިޒާމް ކޮށްފައިވާއިރު، 15 ތަނެއްގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ދެވަނަ ފަހަރަށް ބަލާއިރު، ރަނގަޅު ނުކުރާނަމަ ޖޫރިމަނާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު މާސް އިންސްޕެކްޝެއް ކުރިއަށް ގެންދާއިރު، މީގެ ކުރިން ވެސް މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް އިންސްޕެކްޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ގަވާއިދާ ޚިލާފުވާ ތަންތަނާއި މެދު ފިޔަވަޅު ވެސް އަޅާފައިވެއެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ޖޫރިމަނާކުރާ އުސޫލުގައި ވާގޮތުން ފުރަތަމަ ފަހަރު ޖޫރިމަނާކުރަނީ 5000 ރުފިޔާއިންނެވެ. އަދި ދެވަނަ ފަހަރު 25،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭއިރު، އެންގުމާ ޚިލާފުވެ ކަންކަން ރަނގަޅު ނުކުރާނަމަ، ތިންވަނަ ފަހަރަށް 50،000 ރުފިޔާއިން ޖޫރިމަނާކުރާނެއެެވެ. ހަތަރުވަނަ ފަހަރުގެ ޖޫރިމަނާއަކީ 75،000 ރުފިޔާއެވެ. ފަސްވަނަ ފަހަރު ޖޫރިމަނާ ކުރާނީ އެއްލައްކަ ރުފިޔާއިންނެވެ. 

މާސް އިންސްޕެކްޝަންމަބްރޫކް

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރަކީ މުޅި ދުނިޔެއާއެކު މަސައްކަތްކުރަން ދަންނަ ސަރުކާރެއް: މަބްރޫކް

މި ސަރުކާރަކީ މުޅި ދުނިޔެއާއެކު މަސައްކަތްކުރަން ދަންނަ ސަރުކާރެއް: މަބްރޫކް

21 ސެޕްޓެމްބަރު 2021
ދައްޕަރު މައްސަލާގައި ރައްޔިތުންގެ ވިސްނުމާ ސަރުކާރުން ދެކޮޅު ނުހަދާނެ - މަބްރޫކް

ދައްޕަރު މައްސަލާގައި ރައްޔިތުންގެ ވިސްނުމާ ސަރުކާރުން ދެކޮޅު ނުހަދާނެ - މަބްރޫކް

01 ސެޕްޓެމްބަރު 2021
އެއަރޕޯޓް ހިންގަން ބޭރުގެ ބަޔަކަށް ނުދޭނެ އަދި އެއަރ ޓްރެފިކް ބަލަހައްޓާނީ ދިވެހި ދައުލަތުން - ސަރުކާރު

އެއަރޕޯޓް ހިންގަން ބޭރުގެ ބަޔަކަށް ނުދޭނެ އަދި އެއަރ ޓްރެފިކް ބަލަހައްޓާނީ ދިވެހި ދައުލަތުން - ސަރުކާރު

14 ޖޫން 2021
ފިޔަވަޅުތަކަށް ދޭނެ ލުއިތައް ހަވީރު އިއުލާން ކުރަނީ

ފިޔަވަޅުތަކަށް ދޭނެ ލުއިތައް ހަވީރު އިއުލާން ކުރަނީ

14 ޖޫން 2021
ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މައުލޫމާތު ވިއްކާ މައްސަލަ ފުލުހުން ބަލަނީ

ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މައުލޫމާތު ވިއްކާ މައްސަލަ ފުލުހުން ބަލަނީ

10 ޖޫން 2021

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު