Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19ގެ ރާއްޖޭގެ ހާލަތު

ޕެންޑިންގ ސާމްޕަލްތަކާއެކު އަންގާރަ ދުވަހު 1465 މީހުން ޕޮޒިޓިވް

މާލެ ސަރަހައްދުން 1213 މީހުން، އަތޮޅުތެރޭގެ ރަށްތަކުން 244 މީހަކު ޕޮޒިޓިވްވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 މެއި 2021 | އަންގާރަ 18:45
މާލެ ސިޓީ، ކޭސްތައް އިތުރުވުމާއި ގުޅިގެން މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި

މާލެ ސިޓީ، ކޭސްތައް އިތުރުވުމާއި ގުޅިގެން މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި

އަންގާރަ ދުވަހު 1465 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ބެކްލޮގް ސާމްޕަލްތަކާއެކު އަންގާރަ ދުވަހު 1465 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މަބްރޫކް ވިދާޅުވީ މާލެ ސަރަހައްދުން 1213 މީހުން، އަތޮޅުތެރޭގެ ރަށްތަކުން 244 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރު 3703 ސާމްޕަލެއް ވަނީ ނަގާފައެވެ.

18،221 އެކްޓިވް ކޭސް ހިމެނޭއިރު، 268 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖޭގައި މިހާތަނަށް 47،421 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި ބަލިން ރަނގަޅުވެފައިވަނީ 29،086 މީހުންނެވެ. 105 މީހަކު މިބަލީގައި ނިޔާވެފައިވެއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު އިތުރަށް ތަފްސީލް ކޮށްދެއްވާ މަބްރޫކް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި 7 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން 5 މީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. މަބްރޫކް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 17 ވަނަ ފަންގިފިލާގައި 8 މީހުން، ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގައި 3 މީހުން އަދި އައިޖީއެމްއެޗްގެ ހިޔާ ވިންގް 4 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 196 މީހުންނަށް ފަރުވާ ދެމުންދާކަން ފާހަގަކޮށް މަބްރޫކް ވިދާޅުވީ ވޯޑުގައި 187 މީހުންނަށް ފަރުވާ ދެމުންދާއިރު، އައިސީޔޫގައި 4 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އަދި އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި އިތުރު 5 މީހަކަށް ފަރުވާ ދެމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގައި 29 މީހުން، އައްޑޫސިޓީ ހޮސްޕިޓަލްގައި 2 މީހުން، ބ.އޭދަފުށީގައި 4 މީހުން، ށ.ފުނަދޫގައި 9 މީހުން އަދި ލ.ގަމުގައި 6 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ހަތަރުވަނަ ރާޅާއެކު ކޮންމެ ދުވަހަކު ދަނީ ގިނަ ބަޔަކު ޕޮޒިޓިވްވަމުންނެވެ. ހާލަތު ގޯސްވެ އެޑްމިޓް ކުރާ ރޭޓް މަތިވަމުންދާއިރު، ބެޑް ކެޕޭސިޓީ ފުލް ވެދާނެކަމުގެ އިންޒާރު ވެސް އެޗްއީއޯސީން ދީފައިވެއެވެ.

މަބްރޫކްކޮވިޑް-19

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު