Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19

ކޮވިޑް ޖެހިފައިވާ މީހުން އެމަރޖެންސީ ހާލަތުގައި އަމިއްލައަށް ގޮސް ފަރުވާ ހޯދޭނެ ފެސިލިޓީތައް ގާއިމްކުރަނީ

އެމްބިއުލާންސް އަވަހަށް ފޮނުވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 6 ޖޫން 2021 | އާދީއްތަ 18:45
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ކޮވިޑް-19 ބަލިމީހަކަށް އެމަޖަންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެމީހުންނަށް ގޮސް އެމަރޖެންސީ ފަރުވާ ހޯދޭނެ ވޯކް-އިން ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ، މި މަހުގެ 1 ވަނަ ދުވަހު މި ބަލީގައި އުމުރުން 10 އަހަރުގެ މިޝްކާ ނިޔާވުމުގައި އިހުމާލުތަކެއް ފާހަގަވުމާއި، ސިސްޓަމްގައި ހުރި ބައެއް މައްސަލަތައް ވެސް ފާހަގަވެފައިވާތީ، ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި، އުސޫލުތަކަށް ބަދަލުތައް ގެންނަން ފަށާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ވޯކް-އިން މެޑިކަލް ފެސިލިޓީތަކެވެ.

Advertisement - newsAdvertisement

ކޮވިޑް-19 ބަލި މީހުންނަށް ފަރުވާ ދިނުމަށް ވަކި ޚާއްސަ ތަންތަން ކަނޑައަޅާފައިވާއިރު، ބަލި ޖެހިގެން އައިސޮލޭޝަންގައި ހުންނަ މީހެއްގެ ހާލު ދެރަވެއްޖެ ހާލަތެއްގައި އަވަސް ފަރުވާއަށް ބޭނުންވެއްޖެ ނަމަ އެޗްއީއޯސީއަށް ރިޕޯޓުކުރުމަށް ފަހު، ރެސްޕޮންޑް ކުރަންދެން ޖެހެނީ މަޑުކުރާށެވެ. އަދި ބަލި މީހުންނަށް ފަރުވާދޭ އެހެން ތަންތަނުން ކޮވިޑް-19 ބަލި މީހުން ފަރުވާ ހޯދަން ދިއުމަކީ މަނާ ކަމެކެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް-19 ބަލި މީހުންނަށް ވޯކް-އިން ކުރެވޭ ފެސިލިޓީތައް ގާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ކޮވިޑް ބަލި މީހުންނަށް އެމަރޖެންސީ ފަރުވާއަށް ވަގުތުން އެތަންތަނަށް ދެވޭނެ ކަމަށާއި ފަރުވާ ހޯދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ހާދިސާގެ އަލީގައި އެ ނޫނަސް އެކި ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ކޯލް ސެންޓަރާއި، އެމްބިއުލާންސް ޓްރިގަރ ސިސްޓަމް އަށް ވެސް ބަދަލުތައް ފެނެސްފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި ކޮވިޑް ބަލީގެ މީހަކު ހޭނެތި ނޭވާލާން އުނދަގޫވެ އެފަދަ އެއްވެސް އުނދަގުލެއް ވެގެން ކޯލް ސެންޓަރަށް ގުޅައިފި ނަމަ، އެ ކޯލްއަކަށް ޖަވާބު ދިނުމަށްފަހު ކޯލް ކަނޑާނުލައި ވަގުތުން މެޑިކަލް ޓީމަށް ކޯލް ޓްރާންސްފަރ ކުރާ ގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ.

މީގެ އިތުރަށް އެމްބިއުލާންސް ފޮނުވުން އަވަސްކުރުމުގެ ގޮތުން ވެސް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

މިޝްކާ ނިޔާވި މައްސަލާގައި އެންމެ ފުރަތަމަ ވެސް ހެލްތު މިނިސްޓްރީން ބުނީ އެމްބިއުލާންސް ޓްރިގަރ ކުރުމުގެ އުސޫލަށް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އެކަމުގެ ތަފްސީލް ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ، ބަލި މީހަކު ގުޅާ ހިސާބުން ފެށިގެން އެމްބިއުލާންސް ޓްރިގަރ ކުރުމާ ދެމެދު ހިނގާ މަރުހަލާތައް ވީހާ ވެސް މަދުކޮށް، ވީހާވެސް އަވަހަށް އެމްބިއުލާންސް ފޮނުވޭނެ ގޮތް ހަމަޖައްސަމުން އަންނަކަމަށެވެ.

މީގެ އިތުރަށް މިޝްކާގެ ކޭސްއަށް ބަލާއިރު، ބަލި މީހާ ގުޅުމުން އެންޓަރ ކުރާ އައުޓް ބްރޭކް (އޯބީ) ސިސްޓަމް އަށް އެންޓަރ ކޮށްފައިނުވާކަން ފާހަގަވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އޯބީ ސިސްޓަމް ފެއިލް ވެއްޖެ ނަމަ އެންގޭނެ އެހެން ޕްރޮސެސްއެއް ވެސް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)މަބްރޫކްކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު