Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައްޕަރު މައްސަލަ

ދައްޕަރު މައްސަލާގައި ރައްޔިތުންގެ ވިސްނުމާ ސަރުކާރުން ދެކޮޅު ނުހަދާނެ - މަބްރޫކް

މި މައްސަލާގައި ކައުންސިލާ މަޝްވަރާތަކެއް ކުރެވެމުންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2021 | ބުދަ 14:54
ދައްޕަރު މައްސަލައިގައި ސަރުކާރާއި ކައުންސިލާއި ދެމެދު ދަނީ މަޝްވަރާތަކެއް ކުރަމުން

ދައްޕަރު މައްސަލައިގައި ސަރުކާރާއި ކައުންސިލާއި ދެމެދު ދަނީ މަޝްވަރާތަކެއް ކުރަމުން

ދައްޕަރު މައްސަލައިގައި ހއ. ފިއްލަދޫ ރައްޔިތުންގެ ވިސްނުމާ ސަރުކާރުން ދެކޮޅު ނުހަދާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ވިސްނުން ހުރީ ހއ. ފިއްލަދޫ އިޚުތިޞާޞްގެ ދަށުން ވަކިކުރި ދައްޕަރު ރިއަލް އެސްޓޭޓް ޓޫރިޒަމަށް ތަރައްގީ ކުރަން ކަމަށް, ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވުމާ ގުޅިގެން ބައެއް ފަރާތްތަކުން އެކަމުގެ ހަގީގަތް އޮޅުވާލައި ވާހަކަތަކެއް ދައްކަމުންދާ މި ދަނޑިވަޅުގައި, ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ ދައްޕަރު މައްސަލައިގައި ފިއްލަދޫ ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ. އަދި މި މައްސަލާގައި ކައުންސިލާ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ދައްޕަރުގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީ ކުރުމަށް ރޭވިފައިވާ ކަމަށެވެ. ކުރިން ވެސް ދައްޕަރުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވާކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ, އެމަސައްކަތުގެ ތެރެއިން ބިން ހިއްކި ދެރަށް ގުޅިފައިވާ ކަމަށެވެ. އަދި ރިއަލް އެސްޓޭޓް ޓޫރިޒަމް އެރަށުގައި ފުޅާކޮށް، ޓޫރިޒަމްގެ އާ ޕްރޮޑަކްޓެއް ޑިވެލޮޕް ކުރުމަކީ އަމާޒެއް ކަމަށެވެ. ނަމަވެސް މިމައްސަލާގައި ފިއްލަދޫ ކައުންސިލްގެ ކަންބޮޑުވުންތަކެއް ހުރުމާއެކު، ރައީސް އޮފީހުން އެކަމާގުޅޭގޮތުން ކައުންސިލާ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ.

ލާމަރުކަޒީ އުސޫލުން ކަންކަން ހިންގުމަކީ މުހިންމު ކަމެއްކަން ސަރުކާރުން ގަބޫލު ކުރާކަން ފާހަގަ ކުރައްވައި މަބްރޫކު ވިދާޅުވީ، ފިއްލަދޫގެ އިޚްތިޞާޞްގެ ތެރެއިން ދައްޕަރު ނެގުމާގުޅިގެން ކޮންމެވެސް ވަރަކަށް ކައުންސިލާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި މިހާރު ވެސް ރައީސް އޮފީހުން ކައުންސިލާ އެކަމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ ސަރުކާރުން ތަރައްގީ ކުރުމަށް ކުރާ އެންމެ ބޮޑު މަސައްކަތަކީ ލާމަރުކަޒު ކުރުން ކަމަށެވެ. ބޮޑެތި އިމާރާތްތައް އެޅުމުގެ ބަދަލުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސަރވިސްތައް ލިބޭ ގޮތަށް ޚިދުމަތްތައްފުޅާ ވެގެންދިއުމަކީ ހަގީގީ ތަރައްގީ ކަމަށް މަބްރޫކް ސިފަކުރެއްވިއެވެ.

ފިއްލަދޫހއ. ފިއްލަދޫދައްޕަރުމަބްރޫކް

ކޮމެންޓް

އިތުރަށް ކިޔާލަން

ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހުއްޓި، ހަލާކުވަނީ

ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހުއްޓި، ހަލާކުވަނީ

29 ޖޫން 2025
ތިން ރަށެއްގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގައި 6 މީހަކު ހައްޔަރުކޮށްފި

ތިން ރަށެއްގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގައި 6 މީހަކު ހައްޔަރުކޮށްފި

01 މެއި 2025
ފިއްލަދޫ ކައުންސިލުން އެރަށުގައި ހެލްތު ޑޭ ފެސިލިޓީއެއް ގާއިމްކުރަނީ

ފިއްލަދޫ ކައުންސިލުން އެރަށުގައި ހެލްތު ޑޭ ފެސިލިޓީއެއް ގާއިމްކުރަނީ

06 އޮކްޓޯބަރު 2023
ފިއްލަދޫ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

ފިއްލަދޫ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

01 ޖޫން 2023
ފިއްލަދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން "ފިއްލަދޫ ކައުންސިލް ކަޕް 2021" ބޭއްވުމަށް ހަމަޖެހިއްޖެ

ފިއްލަދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން "ފިއްލަދޫ ކައުންސިލް ކަޕް 2021" ބޭއްވުމަށް ހަމަޖެހިއްޖެ

21 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު