Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހެލްތް މިނިސްޓަރު އެޗްއީއޯސީގެ މަސައްކަތުގައި

ހެލްތު މިނިސްޓަރު ކޮންމެ ދުވަހަކު ވެސް އެޗްއީއޯސީގެ މަސައްކަތްތަކުގައި އުޅުއްވާ: މަބްރޫކް

ކޮންމެ ދުވަހެއްގެ ގިނަ ވަގުތު ހޭދަކުރައްވަނީ އެޗްއީއޯސީގެ މަސައްކަތްތަކުގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 މެއި 2021 | ހޯމަ 10:46
ހެލްތް މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަހުމަދު ނަސީމް ވާހަކަދައްކަވަނީ

ހެލްތް މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަހުމަދު ނަސީމް ވާހަކަދައްކަވަނީ

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ކޮންމެ ދުވަހަކު ވެސް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ މަސައްކަތްތަކުގައި އުޅުއްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރު އެޗްއީއޯސީގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާކަން މަބްރޫކް ފާހަގަކުރައްވާފައި މިވަނީ ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ މިދަނޑިވަޅުގައި މިނިސްޓަރު ނަސީމް ނުފެންނަނީ ހައިރިސްކް ބޭފުޅަކަށް ވާތީ އެކަހެރި ކޮށްފައި ހުރުމުން ކަމަށް ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވުމާއި ގުޅިގެން ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވަނިކޮށްށެވެ.

Advertisement - newsAdvertisement

އެކަން ދޮގުކުރައްވާ މަބްރޫކް ވިދާޅުވީ ހެލްތް މިނިސްޓަރު މިވަގުތު ހުންނެވީ ދަރުބާރުގޭގައި ކަމަށާއި، ކޮންމެ ދުވަހެއްގައި ވެސް ގިނަ ވަގުތު ހޭދަކުރައްވަނީ އެޗްއީއޯސީގެ މަސައްކަތްތަކުގައި ކަމަށެވެ.

ކޮވިޑް-19ގެ ހަތަރުވަނަ ރާޅާއެކު ބަލީގެ ހާލަތު ގޯސްވެފައިވާ މިދަނޑިވަޅުގައި އެއްވެސް ވަރަކަށް މިނިސްޓަރު ނަސީމް އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުންތަކުން މައުލޫމާތު ނުދެއްވާތީ ބައެއް އާއްމު ރައްޔިތުން ދަނީ އެކަމާއި މެދު ސުވާލު އުފައްދަމުންނެވެ. ނަމަވެސް މަބްރޫކް ވިދާޅުވީ މިނިސްޓަރު އަމިއްލަ ހައިސިއްޔަތުން ދަރުބާރުގެއަށް ވަޑައިގެން ވަރަށް ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރައްވާ ކަމަށެވެ.

ބަލީގެ ހާލަތު ގޯސްވެ ކޮވިޑް-19ގެ ކޮންޓްރޯލް ރާއްޖެއިން ގެއްލިފައިވާ ކަމަށް އެޗްއީއޯސީގެ ޑޮކްޓަރުން ދަނީ ވިދާޅުވަމުންނެވެ. މިފަހުން ކޮންމެ ދުވަހަކު ވެސް 1000ށް ވުރެ މަތިން މީހުން ޕޮޒިޓިވްވަމުންދެއެވެ. ކޮވިޑްގެ ކޭސްތައް ފެނި 60ށް ވުރެ ގިނަ ރަށްތައް މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. މީގެ އިތުރުން ބަލީގައި ނިޔާވި މީހުންގެ އަދަދުތައް އިތުރުވެ މެއި މަހުގެ މިހާތަނަށް 62 މީހަކު ވަނީ ނިޔާވެފައެވެ. އަދި އެނދުގެ ކެޕޭސިޓީ ފުލް ވެދާނެކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

މަބްރޫކްހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން

23 އެޕްރީލު 2022
މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި

މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި

23 ފެބުރުއަރީ 2022
އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ

އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ

23 ފެބުރުއަރީ 2022
ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި

23 ފެބުރުއަރީ 2022
މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު މަދުވެ، ކޭހުގެ އަދަދު ދަށްވެއްޖެ

މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު މަދުވެ، ކޭހުގެ އަދަދު ދަށްވެއްޖެ

12 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު