Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފޮރިން އިންވެސްޓްމެންޓް ޕޮލިސީ އިސްލާހުކުރުން

އެއަރޕޯޓް ހިންގަން ބޭރުގެ ބަޔަކަށް ނުދޭނެ އަދި އެއަރ ޓްރެފިކް ބަލަހައްޓާނީ ދިވެހި ދައުލަތުން - ސަރުކާރު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުވެސް ބޭރު ބަޔަކާ ހަވާލުކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 14 ޖޫން 2021 | ހޯމަ 07:41
ހަނިމާދޫ އެއަރޕޯޓް - ބޭރުގެ ބަޔަކަށް އެއަރޕޯޓް ހިންގަންދޭކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން

ހަނިމާދޫ އެއަރޕޯޓް - ބޭރުގެ ބަޔަކަށް އެއަރޕޯޓް ހިންގަންދޭކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން

ދައުލަތުގެ އެއްވެސް އެއާޕޯޓެއް އަމިއްލަ ފަރާތަކާއި ހަވާލުކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި، އެެއަރ ޓްރެފިކް ކޮންޓްރޯލް ބަލަހައްޓާނީ ދިވެހި ދައުލަތުން ކަމަށް ސަރުކާރުން ބުނެފިއެވެ.

ބޭރުގެ 100 އިންސައްތަ ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓުތައް ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީއަށް އަލަށް ގެނައި އިސްލާހު ގެޒެޓްގައި ޝާއިއު ކުރުމާއެކު ގިނަ ފަރާތްތަކަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން އިންޑިއަން އެގްޒިމް ބޭންކުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އިންވެސްޓް ކުރަން ނިންމާފައިވާ ދަނޑިވަޅެއްގައި ސަރުކާރުން ފޮރިން އިންވެސްޓްމަންޓް ޕޮލިސީ އަށް އިސްލާހު ގެނައުމުން ބޭރުގެ ކުންފުނިތަކުގެ ބާރުގެ ދަށަށް އެއާޕޯޓްތައް ދިޔުމަށް މަގުފަހި ވެގެން ދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް 'ރާއްޖެއެމްވީ' އަށް ވިދާޅުވީ، އެހެން އެއާޕޯޓުތަކެކޭ އެއްގޮތަށް އެހެން އެއާޕޯޓު ތަކެކޭ އެއްގޮތަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުވެސް ބޭރު ބަޔަކާ ހަވާލުކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު އެގްޒިމް ބޭންކުގެ ލޯން ފެސިލިޓީއެއްގެ ދަށުން ތަރައްގީ ކުރި ނަމަވެސް އެއާޕޯޓުގެ މިލްކުވެރިކަން ލިބިގެން ވަނީ ދިވެހި ސަރުކާރަށް ކަމަށެވެ. އަދި އެއާޕޯޓު ހިންގާނީ ސަރުކާރުން ނުވަތަ ސަރުކާރުން ހަވާލު ކުރާ ބަޔަކު ކަމަށް ވެސް ވިދާޅުވިއެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީގެ އެނެކްސް 1 ގެ ކްލާސް ކޯޑް H3 އަށް ގެނައި އިސްލާހުގައި ވާގޮތުން އެއާވޭ ޓާމިނަލް ފަދަ އެއާޕޯޓު ޓާމިނަލް ފެސިލިޓީތައް ހިމެނޭގޮތަށް ބޭރުގެ ކުންފުނިތަކަށް އެއާޕޯޓު ހިންގާ އޮޕަރޭޓް ކުރެވޭނެއެވެ. އަދި އެއާޕޯޓާއި އެއާޓްރެފިކް ކޮންޓްރޯލްކުރުމާއި، އެއާފީލްޑުގައި ގްރައުންޑް ސާވިސްގެ ޚިދުމަތް ވެސް ފޯރުކޮށްދެވޭނެއެވެ.

މި އިސްލާހާ ގުޅިގެން ފައްޔާޒް ވިދާޅުވީ، ޕޮލިސީއަށް އަލަށް ގެނެވުނު އިސްލާހާއެކުވެސް އެއާޓްރެފިކް އޮޕްރޭޓް ކުރުން، ބޭރުގެ ފަރާތްތަށް ހިމެނޭގޮތަށް އެއްވެސް އަމިއްލަ ފަރާތަކަށް ލިބިގެނެއް ނުދާނެ ކަމަށެވެ.

އަލަށް ގެނައި އިސްލާހުގައި އޮޅުން އަރާފައި ހުރި ކަންކަން ސާފުކޮށްދިނުމުގެ ގޮތުން، މިހާރު ގެޒެޓް ކޮށްފައިވާ އިސްލާހުގެ އިބާރާތަށް ބަދަލު ގެނައުމަށްފަހު އަލުން ޝާއިއު ކުރުމަށް މިހާރު ސަރުކާރުން ވަނީ ނިންމާފައެވެ.

މަބްރޫކްރައީސުލްޖުމްހޫރިއްޔާގެ އޮފީސް އިކޮނޮމިކް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު