Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރީ ޓޮޕްގެ ހެލްތު ސްކްރީނިން ޕެކޭޖް

ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮވިޑް-19 ހެލްތު ސްކްރީނިން ޕެކޭޖެއް ތައާރަފްކޮށްފި

ކޮވިޑް-19 ޖެހުމަށްފަހު ރިހެބިލިޓޭޝަންގެ އެހީ ބޭނުންވާ މީހުންނަށް މިޕެކޭޖް ވަނީ ޚާއްސަކުރެވިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 10 މެއި 2021 | ހޯމަ 12:44
ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލް،

ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލް،

ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮވިޑް-19 ކެއަރ ޕެކޭޖުގެ ނަމުގައި ޚާއްސަ ހެލްތު ސްކްރީނިން ޕެކޭޖެއް ތައާރަފްކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

ޓްރީ ޓޮޕުން ބުނީ ކޮވިޑް-19 ހެލްތް ސްކްރީނިން ޕެކޭޖަކީ ކޮވިޑް-19 ޖެހިފައިވާ މީހުންގެ ސިއްހީ ހާލަތު ހުރިހާ ގޮތަކުން ބަލައި އެ ހާލަތު ބުނެދިނުމަށް ޚާއްސަކޮށްގެން ފަރުމާކުރެވިފައިވާ ޕެކޭޖެއް ކަމަށެވެ. މި ޕެކޭޖު ވަނީ ކޮވިޑް-19 ޖެހުމަށްފަހު އަމިއްލަ ސިއްހަތުގެ މައްސަލަތައް ބަލައި ތަހުގީގުކޮށް އަދި ރިހެބިލިޓޭޝަންގެ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކުރެވިފައެވެ.

Advertisement - newsAdvertisement

ކޮވިޑް-19 ކެއަރގައި މައިގަނޑު 2 ޕެކޭޖެއް ހިމެނެއެވެ. އެއީ ސްޓޭންޑަޑް ޕެކޭޖާއި ކޮމްޕްރީހެންސިވް ޕެކޭޖެވެ. މި ޕެކޭޖުތަކަށް އެދެވޭނީ ކޮވިޑް-19 ޖެހުނުތާ މަދުވެގެން 2 ހަފުތާ ހަމަވުމަށް ފަހުއެވެ. ސްޓޭންޑަޑް ޕެކޭޖު ޚާއްސަ ކުރެވިފައިވަނީ ކޮވިޑް-19 ޖެހުނު ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ މީހުންނަށެވެ. ކޮމްޕްރީހެންސިވް ޕެކޭޖް ޚާއްސަ ކުރެވިފައިވަނީ ކޮވިޑް-19 ޖެހި އަދި ބަލީގެ އަލާމާތްތައް ފެނިފައިވާ މީހުންނަށެވެ.

ޓްރީ ޓޮޕުން ބުނީ މި ޕެކޭޖްގައި ހިމެނިގެން ހެދޭ ޑައިގްނޮސްޓިކް ޓެސްޓުތަކުގެ ތެރޭގައި ލޭގެ ލެބް އިންވެސްޓިގޭޝަން، ސްޕައިރޯމެޓްރީ، އީސީޖީ، ޗެސްޓް އެކްސްރޭ އަދި ވައިޓަލްސް ޗެކްކުރުން ފަދަ ޓެސްޓުތައް ހިމެނޭ ކަމަށެވެ. ފުރަތަމަ ޑޮކްޓަރުގެ އެސެސްމަންޓަށް ފަހު އިތުރު ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް ރިފަރެލް ހަމަޖެހިގެންދާނެ ކަމަށް ޓްރީ ޓޮޕުން ބުނެއެވެ. އެގޮތުން ހިތުގެ ޚާއްސަ ޑޮކްޓަރުން، ފުއްޕާމޭގެ ޚާއްސަ ޑޮކްޓަރުން ނުވަތަ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރުނަށް ދެއްކުމަށް 3 ދުވަހުގެ މުއްދަތަކަށް ހުޅުވާލެވިފައިވާ ސްޕެޝަލިސްޓް ރިފަރެލެއް ލިބޭނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
24 މެއި 2023

އައި.ޔޫ.އައި: ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާއެއް

24 މެއި 2023
އައި.ޔޫ.އައި: ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާއެއް
22 ފެބުރުއަރީ 2023

ޓްރީ ޓޮޕް ހޮސްޕިޓަލުން ޓީޓީއެޗް ކްލިނިކެއް މާލޭގައި ހުޅުވައިފި

22 ފެބުރުއަރީ 2023
ޓްރީ ޓޮޕް ހޮސްޕިޓަލުން ޓީޓީއެޗް ކްލިނިކެއް މާލޭގައި ހުޅުވައިފި
09 ޖެނުއަރީ 2023

ޗައިނާ އެމްބަސީން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޕީސީއާރު މެޝިނަކާއި ޓެސްޓު ކިޓު ހަދިޔާކޮށްފި

09 ޖެނުއަރީ 2023
ޗައިނާ އެމްބަސީން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޕީސީއާރު މެޝިނަކާއި ޓެސްޓު ކިޓު ހަދިޔާކޮށްފި
13 ޖުލައި 2022

ޓްރީ ޓޮޕް ހޮސްޕިޓަލުން ހަކުރު ބަލި ސްކްރީނިންގ ޕެކޭޖުތަކެއް ތައާރަފްކޮށްފި

13 ޖުލައި 2022
ޓްރީ ޓޮޕް ހޮސްޕިޓަލުން ހަކުރު ބަލި ސްކްރީނިންގ ޕެކޭޖުތަކެއް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު