Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެންގަލޫރުން އުސޫލާ ޚިލާފުވުން

މާފަށް އެދުމަށްފަހު ބެންގަލޫރު ޓީމު ހޯމަ ދުވަހު ފުރަނީ

އޭއެފްސީ ކަޕުގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 މެއި 2021 | އާދީއްތަ 16:05
ހޮނިހިރު ދުވަހު ހެންވޭރު ދަނޑުގައި ބެންގަލޫރު ޓީމުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ހޮނިހިރު ދުވަހު ހެންވޭރު ދަނޑުގައި ބެންގަލޫރު ޓީމުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

މާފަށް އެދުމަށްފަހު ހޯމަ ދުވަހުގެ ވަގުތެއްގައި ރާއްޖެ ދޫކޮށް ފުރަން އިންޑިއާގެ ބެންގަލޫރު އެފްސީ ޓީމުން ތައްޔާރުވެއްޖެއެވެ.

އޭއެފްސީ ކަޕުގެ ކޮލިފައިން ޕްލޭއޮފުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅެން ބެންގަލޫރު ޓީމު ރާއްޖެ އައީ ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ރާއްޖެ އައިސް ހޮޓެލް ޖެންގައި ބެންގަލޫރު ޓީމު ކޭމްޕްކުރިއިރު، އެ ޓީމުގެ ކުޅުންތެރިންނަށް ހޮޓަލުންނުކުމެވެން އޮތީ ހަމައެކަނި ތަމްރީނުތަކަށާއި މެޗުތައް ކުޅެން އެކަންޏެވެ. އެކަމަކު ހޮނިހިރު ދުވަހުގެ ހަވީރު މާލޭ މަގުތަކުން އެ ޓީމުގެ ބައެއް ކުޅުންތެރިން ފެނިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެއާއެކު ބެންގަލޫރު ޓީމުން ކޮވިޑް-19 ގެ އުސޫލުތަކާ ޚިލާފުވި މައްސަލަ ހޫނުވެގެންދިޔައިރު، ހޮނިހިރު ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ ބެންގަލޫރު ޓީމުގެ ފަރާތުން ފެނިގެންދިޔައީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ކޮވިޑުގެ އުސޫލާ ޚިލާފުވި މައްސަލާގައި ބެންގަލޫރު ޓީމު ވަގުތުން ރާއްޖެ ދޫކޮށް ފުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އާދީއްތަ ދުވަހު އޭއެފްސީން ޕްލޭއޮފް މެޗާއި ގްރޫޕް ސްޓޭޖުގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރިއިރު، ބެންގަލޫރުން މިހާރު ވަނީ ހޯމަ ދުވަހު އަނބުރާ އިންޑިއާއަށް ފުރުމަށް ތައްޔާރުވެފައެވެ. އަދި ބެންގަލޫރުން ނެރުނު ބަޔާނެއްގައި ވަނީ އެ ޓީމުގެ ދެ ކުޅުންތެރިންނާއި އޮފިޝަލަކު އުސޫލުތަކާ ޚިލާފުވުމުން އެކަމަށް މާފަށް އެދިފައެވެ. އަދި މި މައްސަލަ އެ ކުލަބުން ބަލާނެ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި ބެންގަލޫރު ފުރާއިރު، އެ ޓީމުގެ ސީއީއޯ ޕާތު ޖިންދާލް އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކުލަބުގެ ބިދޭސީ ތިން ކުޅުންތެރިންނާއި އޮފިޝަލުންގެ ކިބައިން ފެނުނު، ބަހަނާއެއް ދެއްކެން ނެތް އަމަލަށް ކުލަބުގެ ފަރާތުން މާފަށް އެދޭ ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ބެންގަލޫރުގެ މައްސަލައިގައި އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރިއިރު، މީގެ ކުރިން ތާވަލުކޮށްފައި އޮތް ގޮތުން މި މަހުގެ 11 ވަނަ ދުވަހު އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާނެއެވެ. އަދި އެ މެޗަށްފަހު މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް އޮތީ ތާވަލުކޮށްފައެވެ.

އޭއެފްސީ ކަޕްބެންގަލޫރު އެފްސީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2023

ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް

10 ޑިސެމްބަރު 2023
ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް
25 އޮކްޓޯބަރު 2023

މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން

25 އޮކްޓޯބަރު 2023
މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން
24 އޮކްޓޯބަރު 2023

މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ

24 އޮކްޓޯބަރު 2023
މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ
24 އޮކްޓޯބަރު 2023

ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު

24 އޮކްޓޯބަރު 2023
ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު
05 އޮކްޓޯބަރު 2023

ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

05 އޮކްޓޯބަރު 2023
ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި
03 އޮކްޓޯބަރު 2023

މާޒިޔާ ކޮޅަށް ޕެނަލްޓީ ވައްދާނުލެވުނީ ޔަގީންކަން މާ ބޮޑުވުމުން: ކޯޗު

03 އޮކްޓޯބަރު 2023
މާޒިޔާ ކޮޅަށް ޕެނަލްޓީ ވައްދާނުލެވުނީ ޔަގީންކަން މާ ބޮޑުވުމުން: ކޯޗު
03 އޮކްޓޯބަރު 2023

މާލޭގައި މޯހަން ބަގާން ބަލިކުރާނަން: މާޒިޔާ ކޯޗު

03 އޮކްޓޯބަރު 2023
މާލޭގައި މޯހަން ބަގާން ބަލިކުރާނަން: މާޒިޔާ ކޯޗު
02 އޮކްޓޯބަރު 2023

އިތުރު ވަގުތުގެ ލަނޑުން މޯހަން ބަގާން އަތުން މާޒިޔާ ބަލިވެއްޖެ

02 އޮކްޓޯބަރު 2023
އިތުރު ވަގުތުގެ ލަނޑުން މޯހަން ބަގާން އަތުން މާޒިޔާ ބަލިވެއްޖެ
19 ސެޕްޓެމްބަރު 2023

ބަޝުންދުރަ ބަލިކޮށް، މާޒިޔާ މުހިންމު މޮޅެއް ހޯދައިފި

19 ސެޕްޓެމްބަރު 2023
ބަޝުންދުރަ ބަލިކޮށް، މާޒިޔާ މުހިންމު މޮޅެއް ހޯދައިފި
19 ސެޕްޓެމްބަރު 2023

މާޒިޔާ އޮތީ މޮޅުވާން ބޭނުންވެފައި: ބަޝުންދުރަ ކޯޗު

19 ސެޕްޓެމްބަރު 2023
މާޒިޔާ އޮތީ މޮޅުވާން ބޭނުންވެފައި: ބަޝުންދުރަ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު