Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދަށް ދިން ހަމަލާ

އައިއީޑީ ގޮއްވާލި މީހުންގެ ހުރިހާ ހަރަކާތެއް މާލޭގެ އެކި ސީސީޓީވީތަކުން!

ސީސީޓީވީތަކަށް އެމީހުން ދިޔަ ތަންތަނާއި ހުރިހާ އަމަލެއް ރިކޯޑުވެފައިވޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 9 މެއި 2021 | އާދީއްތަ 11:39
ރައީސް ނަޝީދަށް ދިން ހަމަލާ

ރައީސް ނަޝީދަށް ދިން ހަމަލާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރީ އެއްޗެއް ގޮއްވާލައި އެމަނިކުފާނަށް ނިރުބަވެރި ހަމަލާއެއް ދިނުމަށް އެތަނުގައި އަމަލީގޮތުން ހަރަކާތްތެރިވި މީހުންގެ ހުރިހާ ހަރަކާތެއް މާލޭގެ އެކި ސީސީޓީވީތަކުން ފުލުހުން ހޯދައި އާންމުކޮށްފިއެވެ.

ފުލުހުން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައިގައި އައިއީޑީ ގޮއްވާލި މީހާ ކަމަށް ތަހުމަތުކުރެވޭ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، އައިއީޑީ ގޮއްވާލުމުގެ ކުރިން ހަރަކާތްތެރި ވެފައިވާ ގޮތާއި އޭގެ ފަހުން އޭނާ އުޅުނު ގޮތުގެ ތަފްސީލީ ވީޑިއޯއެއް އާންމުކޮށްފައެވެ.

Advertisement - newsAdvertisement

ފުލުހުން އެންމެ ފުރަތަމަ ދެއްކި ވީޑިއޯއިން ފެންނަ ގޮތުގައި ގޮއްވާލުމުގެ ކުރިން އޭނާ ހުރީ ނީލޯފަރު މަގުން މަޖީދީ މަގަށް ނިކުންނަ އިރު ކުރިމަތީގައި ހުރި އަތަމާ ޕެލަސް ގޯޅި ތެރޭގައެވެ. އެތަނުގައި ހުރި ފާރެއްގައި ހަމަޖެހިލައި ފައި ވިއްދައިގެން ފޯނަކުން ވާހަކަދައްކަމުންދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އަދި ތަކުރާރުކޮށް، ކުރިއަށް ނިކުމެލައި އެ ސަރަހައްދު ބަލަމުން ދެއެވެ.

ރައީސް ނަޝީދު ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި އިރު އަދުހަމް މަޑުމަޑުން އެ ދިމާ ކުރިމައްޗަށް ނިކުމެ އެތަނުގައި ހުރި ތަނބަކަށް ނިވާވެ ބޮން ގޮއްވާލާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. ފުލުހުން ބުނީ އެ ވީޑިއޯ ރަނގަޅަށް ބެލުމުން އޭނާ އަތުގައި އޮތް ރިމޯޓު ވެސް ފެނިފައިވާ ކަމަށާއި، އެތަނުގައި ދެން ތިބި އާންމުންނާއި އޭނާގެ އުޅުމުގައި ތަފާތުތަކެއް ހުރިކަން ފާހަގަވި ކަމަށެވެ. އެގޮތުން އެހެން މީހުން ވަގުތުން އެކަމަށް ރިއެކްޓް ކުރި އިރު، އޭނާގެ އުޅުން ހުރި ގޮތުން އެއީ ކުރިއާލާ އެނގިފައިވާ ކަމެއްކަން ދޭހަވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެތަނުގައި އޭނާ ހުރި އިރު ފާރުގައި ފައި ވިއްދައިގެން ހުރުމުން އެތަނުގެ ފޫޓްޕްރިންޓު ވެސް ނަގާފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ނެގި ފުޓް ޕްރިންޓާއި ފާރުގެ ޕްރިންޓް ދިމާވާ ކަމަށާއި އެތަނުގައި ހުރީ އަދުހަމް ކަން ޔަގީން ވެފައިވާ ކަމަށެވެ.

މީގެ އިތުރަށް އައިއީޑީ ގޮއްވާލުމަށް ފަހު ދެން އޭނާގެ އަމަލު ހުރި ގޮތުގެ ތަފްސީލީ ވީޑިއޯ ވެސް އާންމުކޮށްފައިވެއެވެ. އެތަނުން ބާރަށް ދުވެފައި ކަނާތަށް ގޮސް، ހެލެނބެލި ގޯޅިން ވަދެގެން ރަށްދެބައި މަގާ ހަމައަށް އޭނާ ދިޔައީ ދުވެފައެވެ. އަދި އެހިސާބުން ހަލުވި ހިނގުމެއްގައި ގޮސް ޗާނދަނީ މަގުން ޖަލާލުއްދީން މިސްކިތުގައި މަޑުކުރި ކަމަށާއި އެތަނުގައި ގިނަ އިރު ނުކޮށް، ނިކުމެގެން އަމީނީ މަގަށް ގޮސް އަމީނީ ބިލްޑިން ކުރިމަތީގައިވާ ޕާކަށް ޕާކަށް ވަދެފައިވާ ކަމަށް ބުންޏެވެ.

އޭނާގެ ބައިވެރިޔާ މުޖާޒުއާ ބައްދަލުވި ކަމަށް ފުލުހުން ބުނަނީ އެ ޕާކުންނެވެ. އެތަނުން ދެމީހުން އެކީ ނިކުމެ ގާކޮށި ތެރެއިން ގޮސް ގަލޮޅު މަދަރުސާ ހުރަސްކޮށް ބޮޑުރަސްގެފާނު މަގުން އަރައިގެން ޖަމާލުއްދީން ސްކޫލް ކައިރީގައި ހުރި ގެސްޓް ހައުސް އަކަށް ވަދެފައިވާ މަންޒަރު ވެސް ފުލުހުންނަށް ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ފުލުހުން ވަނީ އެ ހުރިހާ ރޫޓެއް ފެންނަ އެނިމޭޓޭޑް ވީޑިއޯއެއް ދައްކާފައެވެ. ފުލުހުން ބުނީ އެ ހުރިހާ ތަފްސީލެއް ލިބިފައި ވަނީ މާލޭގެ އެ ސަރަހައްދުތަކުގައި ހުރި އަމިއްލަ ސީސީޓީވީ ތަކާއި، ފުލުހުންގެ ސީސީޓީވީތަކުން ކަމަށެވެ.

މި މައްސަލައިގައި ހޮނިހިރު ދުވަހު، މުޖާޒުގެ އިތުރުން ދެން ހައްޔަރު ކުރީ، ގއ. ކޮނޑޭ، ފޮޅޭމާގެ ތަހުމީން އަހުމަދެވެ. މި މައްސަލައިގައި އެންމެ ފަހުން ހައްޔަރު ކުރީ އައިޑީ ގޮއްވާލި އަދުހަމް އަހުމަދެވެ. މި މީހުންގެ މައްޗަށް މިހާރު ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު