Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް ރާއްޖޭގައި ބޭއްވުން

ރާއްޖޭގައި މި ވަގުތު އޭއެފްސީ ކަޕް ނުބޭއްވޭނެކަން އަންގައިފި

9 މެއި 2021 | އާދީއްތަ 08:48

މެޗުތައް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ އޭއެފްސީގެ ކޮމިޓީތަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 މެއި 2021 | އާދީއްތަ 08:48
އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް އާއި ބޫޓާނުގެ ތިމްޕޫ ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް އާއި ބޫޓާނުގެ ތިމްޕޫ ބައްދަލުކުރި މެޗުގެ ތެރެއިން

މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި މި ވަގުތު ނުބޭއްވޭނެކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުލަބުތަކަށް އަންގައިފިއެވެ.

މީގެ ކުރިން ތާވަލުކޮށްފައި އޮތް ގޮތުން މި މަހުގެ 11 ވަނަ ދުވަހު އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާނެއެވެ. އަދި އެ މެޗަށްފަހު މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް އޮތީ ތާވަލުކޮށްފައެވެ.

އެކަމަކު އޭއެފްސީ ކަޕުގެ މައްސަލަ ހޫނުވީ ޕްލޭއޮފް މެޗުގައި އީގަލްސްއާ ދެކޮޅަށް ކުޅެން މާލެ އައިސްފައިވާ ބެންގަލޫރު ޓީމުން ކޮވިޑް-19 ގެ އުސޫލުތަކާ ޚިލާފުވުމުންނެވެ. ހޮޓެލް ޖެންގައި ބެންގަލޫރު ޓީމު ކޭމްޕްކުރަމުން އަންނައިރު، އެ ޓީމުގެ ކުޅުންތެރިންނަށް ހޮޓަލުންނުކުމެވޭނީ ހަމައެކަނި ތަމްރީނުތަކަށާއި މެޗުތައް ކުޅެން އެކަންޏެވެ. އެކަމަކު ހޮނިހިރު ދުވަހުގެ ހަވީރު މާލޭ މަގުތަކުން އެ ޓީމުގެ ބައެއް ކުޅުންތެރިން ފެނިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. 

ރާއްޖޭގެ އޮންލައިން ނޫސް "އަދަދު" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ މި ވަގުތު އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ހޯސްޓްކުރެވެން ނެތްކަން ކުލަބުތަކަށް އަންގާފައިވާ ކަމަށާއި، ދެން މެޗުތައް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ އޭއެފްސީގެ ކޮމިޓީތަކުން ކަމަށެވެ.

ޕްލޭއޮފުން މޮޅުވާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ގްރޫޕް ސްޓޭޖުގެ ހިމެނެނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ. މީގެ ކުރިން އޭއެފްސީ ކަޕަށް ތައްޔާރުވުމަށް މާޒިޔާ އާއި އީގަލްސްގެ ކުޅުންތެރިން ވަނީ ކޮވިޑަށް ޓެސްޓުކުރުމަށްފަހު ކޭމްޕްކޮށްފައެވެ.

ރާއްޖޭގައި މި ވަގުތު އޭއެފްސީ ކަޕް ނުބޭއްވޭނެކަން އެފްއޭއެމުން އެންގިއިރު، ހޮނިހިރު ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ އުސޫލާ ޚިލާފުވި މައްސަލާގައި ބެންގަލޫރު ޓީމު ވަގުތުން ރާއްޖެ ދޫކޮށް ފުރަން ޖެހޭ ކަމަޑް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ޕްލޭއޮފް މެޗު ނުކުޅެވޭނެ ކަމަށާއި، އެއާއެކު އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖް މެޗުތައްވެސް ފަސްކުރަން އޭއެފްސީއަށް އަލުން ހުށަހަޅާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ބެންގަލޫރުން އުސޫލާ ޚިލާފުވި މައްސަލަ ހޫނުވެފައިވީ ނަމަވެސް، "ގޯލް.ކޮމް" އަށް ދިން އިންޓަވިއުއެއްގައި ބެންގަލޫރުގެ އޮފިޝަލަކު ވަނީ ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި އޭއެފްސީން އެކުލަވާލާފައިވާ އުސޫލުތަކާ އެ ކުލަބުގެ އެއްވެސް ކުޅުންތެރިއަކު ޚިލާފުވިކަން އެނގިފައި ނުވާ ކަމަށް ބުނެފައެވެ.

އެކަމަކު ބެންގަލޫރުގެ ސީއީއޯ ޕާތު ޖިންދާލް އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކުލަބުގެ ބިދޭސީ ތިން ކުޅުންތެރިންނާއި އޮފިޝަލުންގެ ކިބައިން ފެނުނު، ބަހަނާއެއް ދެއްކެން ނެތް އަމަލަށް ކުލަބުގެ ފަރާތުން މައާފަށް އެދޭ ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް