Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގުގެ ފައިނަލް

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އިންގްލެންޑަށް ބަދަލުކުރަނީ؟

8 މެއި 2021 | ހޮނިހިރު 10:59

ފައިނަލް މެޗު ބަލަން ނުދިއުމަށް އިނގިރޭސި ސަރުކާރުން ވަނީ އެދިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 މެއި 2021 | ހޮނިހިރު 10:59
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރާ ޗެލްސީ އާއި ސިޓީ މީގެ ކުރިން ބައްދަލުކުރި މެޗެއްގެ ތެރެއިން

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރާ ޗެލްސީ އާއި ސިޓީ މީގެ ކުރިން ބައްދަލުކުރި މެޗެއްގެ ތެރެއިން

ތުރުކީގެ އިސްތަންބޫލުގައި ކުޅެން ހަމަޖެހިފައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އިންގްލެންޑަށް ބަދަލުކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުވެސް އެންމެ ފުރަތަމަ ކުޅެން ހަމަޖެއްސީ އިސްތަންބޫލުގައެވެ. އެކަމަކު އޭރު ކޮވިޑް-19 ގެ ހާލަތު މުޅި ދުނިޔޭގައިވެސް ވަރަށް ބޮޑަށް ގޯސްކޮށް އޮތުމުން، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ހަމައިން ފަށައިގެން މެޗުތައް ކުޅެފައިވަނީ ސެންޓްރަލައިޒްކޮށްގެން ޕޯޗުގަލުގެ ލިޒްބަންގައެވެ.

އެއާއެކު މި ސީޒަނުގެ ފައިނަލް މެޗު އިސްތަންބޫލުގައި ކުޅެން ޔުއެފާއިން ނިންމި ނަމަވެސް، އިސްތަންބޫލުގައި ކޮވިޑުގެ ހާލަތު ދާދި ފަހުން ވަނީ ގޯސްވެފައެވެ. އެގޮތުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޔޫރަޕުގައި އެންމެ ބޮޑަށް ކޮވިޑް ފެތުރޭ ގައުމަކަށް ތުރުކީ ވުމާއެކު، އެ ގައުމުގެ ސަރުކާރުން ވަނީ ފުލް ލޮކްޑައުނަކަށް ގޮސްފައެވެ.

އެއާއެކު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ފައިނަލް މެޗު ބެލުމަށް ތުރުކީއަށް ނުދިޔުމަށް އެ ގައުމުގެ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ. މި މަހު 29 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ވާދަކުރަން އޮތީ އިންގްލެންޑުގެ ދެ ޓީމު ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ޗެލްސީއެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ކޮންމެވެސް ވަރަކަށް ސަޕޯޓަރުން ވައްދަން ޔުއެފާއިން ނިންމާފައިވާއިރު، ހަމައެކަނި އިންގްލެންޑުންވެސް 8،000 ސަޕޯޓަރުން ދާގޮތަށް މީގެ ކުރިން ވަނީ ހަމަޖެހިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިނގިރޭސި ދެ ޓީމު ވާދަކުރާތީ، އެ ގައުމުގެ ސަރުކާރުން އަންނަނީ އެ މެޗު އިންގްލެންޑުގައި ކުޅެން މަސައްކަތްކުރަމުންނެވެ. މިހާރު އެ މެޗު ކުޅުން އެންމެ ގާތީ އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމުގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެކަމަކު ދާދި ފަހުން އިންގްލެންޑުގެ އެސްޓަން ވިލާއިން ވަނީ އެ މެޗު، އެ ޓީމުގެ ދަނޑުގައި ހޯސްޓްކުރުމުގެ ޝައުގުވެރިކަން ހުރި ކަމަށް ބުނެފައެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސިޓީ އާއި ޗެލްސީ ބައްދަލުކުރާއިރު، މުބާރާތުގެ ފައިނަލަށް ސިޓީ ދަތުރުކުރީ ސެމީ ފައިނަލުން ޕީއެސްޖީ ކަޓުވާލުމަށްފަހުއެވެ. އަދި މުބާރާތުގެ ފައިނަލަށް ޗެލްސީ ދަތުރުކުރީ ސެމީން މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް