Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް ފަސްކުރުން

އޭއެފްސީ ކަޕް ފަސްކުރަން މަޝްވަރާކުރަނީ

5 މެއި 2021 | ބުދަ 19:48

އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗާއި ގްރޫޕް ސްޓޭޖް މެޗުތައް ރާއްޖޭގައި ކުޅުމަށް ވަނީ ތާވަލުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 މެއި 2021 | ބުދަ 19:48
އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް އާއި ބޫޓާނުގެ ތިމްޕޫ ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް އާއި ބޫޓާނުގެ ތިމްޕޫ ބައްދަލުކުރި މެޗުގެ ތެރެއިން

މި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މި މަހު ރާއްޖޭގައި އޭއެފްސީ ކަޕް ބާއްވަން ތާވަލުކޮށްފައިވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހޯމަ ދުވަހު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ވަކި ހާއްސަ ހުއްދައެއްގެ ދަށުން ފިޔަވައި ކުޅިވަރު މުބާރާތްތައް ބޭއްވުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި އަވައްޓެރި އިންޑިއާއިން އަންނަ މީހުން 14 ދުވަހުގެ މުއްދަތައް ކަރަންޓީނުވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗު މި މަހު 11 ވަނަ ދުވަހު މާލޭގައި ތާވަލުކޮށްފައިވާއިރު، މި މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

ބުދަ ދުވަހުގެރޭ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑުގެ ނަންބަރުތައް އިތުރުވަމުން އަންނާތީއާއެކު، ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރުމަށް އޭއެފްސީއާއެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އޭއެފްސީ ކަޕް ފަސްކުރަން މަޝްވަރާކުރަމުން އަންނައިރު، ދާދި ފަހުން އެޗްޕީއޭއިން ވަނީ މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ހާއްސަ ހުއްދައެއް ދީފައެވެ. ނަމަވެސް މި މުބާރާތުގައި އިންޑިއާގެ ޓީމުތައް ވާދަކުރުމަށް ހަމަޖެހިފައިވާތީ، އެކަމާ ކަންބޮޑުވެ ބައެއް އާންމުން ވަނީ ނުރުހުންފާޅުކޮށްފައެވެ.

އެކަމަކު  ބުދަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ވަނީ އޭއެފްސީ ކަޕަށް ރާއްޖެ އަންނަ ހުރިހާ ޓީމަކުންވެސް ދަނޑަށް ވަންނާނީ ފުރިހަމަ ކުރަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ފަހުގައި ކަމަށާއި، އެހެންކަމުން އޭއެފްސީ ކަޕް ވެގެންދާނީ ކޮވިޑުން ރައްކާތެރިވުމަށް އެހެނިހެން ދާއިރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށްވުރެ، މާ ރަނގަޅު ފިޔަވަޅުތަކެއް އެޅިގެން ބޭއްވިގެންދާނެ މުބާރާތެއް ކަމަށް ވިދާޅުވެފައެވެ.

މިހާރު އޮތް ގޮތުންނަމަ އޭއެފްސީ ކަޕުގެ މެޗުތަކަށް އިންޑިއާގެ ބެންގަލޫރުގެ އިތުރުން އެ ގައުމުގެ މޯހަން ބަގާން ރާއްޖެ އަންނާނެއެވެ. އަދި ގްރޫޕް ސްޓޭޖު މެޗުތަކަށް ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްވެސް ރާއްޖެ އަންނާނެއެވެ.

މި އަހަރުގެ އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށްގެން ރާއްޖޭގައި ބާއްވަން ތާވަލުކޮށްފައިވާއިރު، ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައްވެސް ރާއްޖޭގައި ބާއްވަން ނިންމިއެވެ. އެކަމަކު ފަހުން އެ މުބާރާތް ވަނީ ކެންސަލް ކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް