Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރަޕިއަން ޗެމްޕިއަންސް ލީގު

އެލީޓް ކޯޗުންގެ ލިސްޓުން ގާޑިއޯލާއަށް މިފަހަރު ޖާގަ ލިބޭނެތަ؟

ގާޑިއޯލާ ވަނީ މީގެ ކުރިން ދެ ފަހަރު ބާސެލޯނާއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައި

ރާއްޖެ އެމްވީ | 5 މެއި 2021 | ބުދަ 21:06
ޕެޕް ގާޑިއޯލާ 2011 ވަނަ އަހަރު ބާސެލޯނާއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ތަށި އުފުލާލަނީ

ޕެޕް ގާޑިއޯލާ 2011 ވަނަ އަހަރު ބާސެލޯނާއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ތަށި އުފުލާލަނީ

ސްޕޭނުގެ ޕެޕް ގާޑިއޯލާ ވަނީ 2009 އަދި 2011 ގައި ސްޕޭނުގެ ބާސެލޯނާގެ ކޯޗަކަށް ހުރެގެން ޔޫރަޕިއަން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. މެއި 29 ވަނަ ދުވަހު އިސްތަންބޫލުގައި ކުޅޭ ފައިނަލުން އިންގްލެންޑުގެ މެންޗެސްޓަރ ސިޓީ މޮޅުވެއްޖެނަމަ ގާޑިއޯލާ ހިމެނޭނީ ތަފާތު ދެ ކުލަބެއްގައި ހުރެގެން ޗެމްޕިއަންސް ލީގު ކާމިޔާބުކުރާ ހަ ވަނަ ކޯޗު ކަމުގައެވެ.

ތުރުކީގެ އިސްތަންބޫލުގައި މިމަހު 29 ވަނަ ދުވަހު ގާޑިއޯލާގެ ސިޓީ ނުކުންނާނީ އިންގްލެންޑުގެ އެހެން ކުލަބެއް ކަމުގައިވާ ޗެލްސީއާ ދެކޮޅަށެވެ. މިއީ އަނެއްކާވެސް މުޅިން އިނގިރޭސި ފައިނަލެކެވެ. ޗެލްސީ ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލުގެ ދެ ލެގުގައި 3-1 ގެ އެގްރިގޭޓުން ސްޕޭނުގެ ރެއާލް މެޑްރިޑް ބަލިކޮށްފައެވެ. ސިޓީ މޮޅުވެފައިވަނީ ފްރާންސްގެ ޕީއެސްޖީއާ ވާދަކޮށް ސެމީ ފައިނަލްގައި 4-1 ގެ އެގްރިގޭޓުންނެވެ.

ޗެލްސީއާ ދެކޮޅަށް ނުކުމެ ގާޑިއޯލާގެ ސިޓީއަށް ތަށި ހޯދިއްޖެނަމަ ގާޑިއޯލާއަށް އެކަން އެކުރެވެނީ ދިހަ އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ. ބާސެލޯނާގެ ކޯޗުކަމުގައި އޭނާ ހޭދަކުރި ތިން ސީޒަނުގެ ތެރެއިން ދެ ސީޒަނުގައި އޭނާ ވަނީ މިތަށި ހޯދާފައެވެ. އެހެންނަމަވެސް އޭގެ ފަހުން ބަޔާން މިއުނިކާއި މެންޗެސްޓަރ ސިޓީގައި އެކަން ކުރެވިފައެއް ނުވެއެވެ.

ތިރީގައި މިލިޔަނީ ތަފާތު ދެ ކުލަބެއްގައި ޔޫރަޕިއަން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފަޚުރު މިހާތަނަށް ލިބިފައިވާ ފަސް ކޯޗުންގެ ވަނަވަރާއި ކާމިޔާބީތަކުގެ ތަފްސީލެވެ.

ކޯޗެއްގެ ގޮތުގައި އިޓަލީގެ އަންޗެލޯޓީއަށް ޗެމްޕިއަންސް ލީގު އެންމެ ފުރަތަމަ ކާމިޔާބު ކުރެވުނީ 2003 ގައި އިޓަލީގެ އޭސީ މިލާނާއެމުގައެވެ. އޭގެ ހަތަރު އަހަރު ފަހުން 2007 ގައި އޭސީ މިލާނާއެކު އަނެއްކާވެސް އަންޗެލޯޓީ ވަނީ ޗެމްޕިއަންސް ލީގު ހޯދާފައެވެ.

އެ ކާމިޔާބީއަށް 7 އަހަރު ފަހުން އަންޗެލޯޓީ ވަނީ ސްޕޭނުގެ ރެއާލް މެޑްރިޑާއެކު މި ކާމިޔާބީ ތަކުރާރު ކޮށްފައެވެ. އެހެންވީމާ ތަފާތު ދެ ލީގެއްގެ ދެ ޓީމަކަށް މި ތަށި ހޯދައިދިނުމުގެ ޝަރަފު އޭނާއަށް ލިބިފައިވެއެވެ.

ޕޯޗުގަލްގެ މޮރީނިއޯއަށް އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގު ހޯދުނީ 2004 ވަނަ އަހަރު ޕޯޗުގަލްގެ އެފްސީ ޕޯޓޯގައި ހުރެގެންނެވެ. އޭގެ 6 އަހަރު ފަހުން އިޓަލީގެ އިންޓަރ މިލާނުގައި ހުރެގެން މޮރީނިއޯ ވަނީ މިކާމިޔާބު ތަކުރާރުކޮށްފައެވެ.

ޖާރމަނީއަށް ނިސްބަތްވާ އޮޓްމަރ ހިޒްފެލްޑް އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ ޖާރމަނީގެ ބޮރޫޝިއާ ޑޯޓްމުންޑުގައި ހުރެގެން 1997 ގައެވެ.

އޭގެ ހަތަރު އަހަރު ފަހުން 2001 ގައި ހިޒްފެލްޑަށް މި ކާމިޔާބު ދެން ހޯދުނީ ޖާރމަނީގެ ބަޔާން މިއުނިކާއެކުގައެވެ. ތަފާތު ދެ ކުލަބަކަށް ތަށި ހޯދައި ދެވުނަސް އޭނާއަށް އެކަން ކުރެވުނީ އެއް ލީގަކަށް ނިސްބަތްވާ ދެ ކުލަބަކާއެކުގައެވެ.

ޖާރމަނީއަށް ނިސްބަތްވާ ހޭންކެޒް އަށް އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވުނީ ސްޕޭނުގެ ރެއާލް މެޑްރިޑާއެކު 1998 ގައެވެ. މި ކާމިޔާބު ތަކުރާރު ކުރަން 15 އަހަރު ނެގިއެވެ. އޭނާއަށް ދެން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވުނީ ޖާރމަނީގެ ބަޔާން މިއުނިކާއެކު 2013 ގައެވެ.

އޮސްޓްރިޔާއަށް ނިސްބަތްވާ ހަޕެލްއަކީ މި ލިސްޓުގެ އެންމެ ދޮށީ ކޯޗެވެ. އޭނާ އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 1970 ވަނަ އަހަރު ހޮލެންޑުގެ ފެޔެނޫޑާއެކީގައެވެ. އޭގެ 14 އަހަރު ފަހުން 1983 ގައި އޭނާއަށް މި ކާމިޔާބީ ތަކުރާރު ކުރެވުނީ ޖާރމަނީގެ ހަމްބާރގާއެކުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައިލޯ ކަލާސް އެވޯޑު މިފަހަރު ޒުވާން ޓީޓީ ކުޅުންތެރިޔާ ރަފާއަށް

މައިލޯ ކަލާސް އެވޯޑު މިފަހަރު ޒުވާން ޓީޓީ ކުޅުންތެރިޔާ ރަފާއަށް

27 ސެޕްޓެމްބަރު 2017
މިފަހަރުވެސް "ފީފާ ދަ ބެސްޓް" އަށް ވާދަކުރަނީ ރޮނާލްޑޯއާއި މެސީ އަދި ނޭމާ

މިފަހަރުވެސް "ފީފާ ދަ ބެސްޓް" އަށް ވާދަކުރަނީ ރޮނާލްޑޯއާއި މެސީ އަދި ނޭމާ

23 ސެޕްޓެމްބަރު 2017
މިފަހަރު ވެސް "ބެލެންޑޯ" އެވޯޑް ލިބެންޖެހޭނީ ރޮނާލްޑޯ އަށް: ޒިދާން

މިފަހަރު ވެސް "ބެލެންޑޯ" އެވޯޑް ލިބެންޖެހޭނީ ރޮނާލްޑޯ އަށް: ޒިދާން

17 ސެޕްޓެމްބަރު 2017
ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި

ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި

11 ޖުލައި 2017
އެހެން ހުރިހާ ސީޒަންތަކަށްވުރެ ޔުވަންޓަސް މިފަހަރު ތަފާތުވާނެ: އެލެގްރި

އެހެން ހުރިހާ ސީޒަންތަކަށްވުރެ ޔުވަންޓަސް މިފަހަރު ތަފާތުވާނެ: އެލެގްރި

03 ޖޫން 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު