Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް 19 ބަލިމަޑުކަން

އަތޮޅުތެރޭގެ 27 ރަށެއް މޮނިޓަރިންގެ ހާލަތުގައި

މުޅި ރާއްޖެއިން ޕޮޒިޓިވް ވީ މީހުންގެ އަދަދު މިހާރު ހުރީ 600 އިން މަތީގައި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 5 މެއި 2021 | ބުދަ 05:37
ލ. ގަން

ލ. ގަން

ކޮވިޑް 19 ގެ ބަލިމަޑުކަން ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން މޮނިޓަރިންގެ ހާލަތަށް ގެނެވުނު ރަށްރަށުގެ އަދަދު 27 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ( އެޗްޕީއޭ ) އިން އެންމެފަހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު މެއި މަސް ފެށުނު ފަހުން އަށް ރަށެއް މޮނިޓަރިންއަށް ލާފައިވެއެވެ. ބުދަދުވަހު ވެސް ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. އެންމެ ފަހުން މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވަނީ ފ.ނިލަންދޫއެވެ. މި މަހު މޮނިޓަރިންގެ ހާލަތަށް ގެނެވުނު އިތުރު ރަށްރަށަކީ، އައްޑޫސިޓީ، އދ.ދަނގެތި، ހއ.ދިއްދޫ، ފ.ފީއަލި، ހދ. ކުޅުދުއްފުށި، އއ. ހިމަންދޫ އަދި ކ.ގުރައިދޫއެވެ.

Advertisement - newsAdvertisement

މޮނިޓަރިންގެ ހާލަތުގައިވާ އެހެން ރަށްރަށަށް ބަލާއިރު، ޅ.ނައިފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މާޗުމަހުގެ 23 ވަނަ ދުވަހުއެވެ. އދ. މާމިގިލި މޮނިޓަރިންއަށް ލާފައިވަނީ އޭޕްރީލްމަހުގެ ހަތަރުވަނަ ދުވަހުއެވެ. އެމަހުގެ ނުވަވަނަ ދުވަހު ތ. ވޭމަންޑު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ތ.މަޑިފުށި މޮނިޓަރިންއަށް ގެނެސްފައިވަނީ 16 ވަނަ ދުވަހުއެވެ.

އޭޕްރީލްމަހުގެ 19 ވަނަ ދުވަހު ތިން ރަށެއް މޮނިޓަރިންގެ ހާލަތަށް ލާފައިވެއެވެ. އެއީ އއ. ބޮޑުފޮޅޫދޫއާއި، ބ. އޭދަފުށީގެ އިތުރުން ކ. ހިންމަފުއްޓެވެ. ޖެހިގެން އައި 20 ވަނަ ދުވަހުވެސް ދެރަށެއް މޮނިޓަރިންއަށް ގެނެސްފައިވެއެވެ. އެއީ ކ އަތޮޅު ގުޅީގެ އިތުރުން އެއަތޮޅު މާފުއްޓެވެ. އެއާއެކު 21 ވަނަ ދުވަހު އއ. މަތިވެރި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. ލ.މާމެންދޫ މޮނިޓަރިންއަށް ލާފައިވަނީ އޭޕްރީލް 23 ވަނަ ދުވަހުއެވެ.

އެމަހުގެ 24 ވަނަ ދުވަހު ވެސް ތިން ރަށެއް މޮނިޓަރިންއަށް ލާފައިވެއެވެ. އެއީ ލ.ގަމާއި، ލ. ފޮނަދޫއާއި، ގދ. ތިނަދޫއެވެ. އއ. އުކުޅަހާއި ކ. ތުލުސްދޫ މޮނިޓަރިންއަށް ލާފައިވަނީ އޭޕްރީލް 27 ވަނަ ދުވަހުއެވެ. އަދި 28 ވަނަ ދުވަހު ލ. ދަނބިދޫ ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. އޭޕްރީލްމަހު އެންމެފަހުން މޮނިޓަރިން އަށް ލާފައިވަނީ އއ. ރަސްދޫއާއި، މ. ކޮޅުފުއްޓެވެ. އެއީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.

ރާއްޖެއަށް ކޮވިޑްގެ ހަތަރުވަނަ ރާޅެއް އަރާފައިވާއިރު، މުޅި ރާއްޖެއިން ދުވާލަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ހުރީ 600 އިން މަތީގައެވެ. ކުރިން ހަމަ އެކަނި މާލެއިން މީހުން ބައްޔަށް ޕޮޒިޓިވްވި ނަމަވެސް އަތޮޅުތެރޭގެ ގިނަ ރަށްރަށުން މިހާރު ބަލި ފެނިފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބާރަ ރަށެއްގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

ބާރަ ރަށެއްގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

18 އެޕްރީލު 2017
އިލްޔާސް އިބްރާހީމަށް ދީފައި އޮތް ފަޅު ރަށެއް ސަރުކާރަށް ނަގައިފި

އިލްޔާސް އިބްރާހީމަށް ދީފައި އޮތް ފަޅު ރަށެއް ސަރުކާރަށް ނަގައިފި

18 އެޕްރީލު 2017
ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

26 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް

ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް

22 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު