Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޮރީނިއޯ ރޯމާއާ ހަވާލުވުން

އަންނަ ސީޒަނުގައި ރޯމާގެ ކޯޗަކަށް މޮރީނިއޯ

4 މެއި 2021 | އަންގާރަ 14:30

މި ސީޒަން ނިމުމުން ރޯމާގެ ކޯޗުގެ މަގާމުން ފޮންސެކާ ވަކިވާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 4 މެއި 2021 | އަންގާރަ 14:30
ރޯމާގެ ކޯޗުގެ މަގާމަށް ހަމަޖެއްސި ހޯސޭ މޮރީނިއޯ

ރޯމާގެ ކޯޗުގެ މަގާމަށް ހަމަޖެއްސި ހޯސޭ މޮރީނިއޯ

އަންނަ ސީޒަނުން ފެށިގެން ރޯމާގެ ކޯޗުގެ މަގާމަށް ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުގެ މަގާމުން ދާދި ފަހުން ވަކިކުރި ހޯސޭ މޮރީނިއޯ ހަމަޖައްސައިފިއެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި ރޯމާއިން ވަނީ އަންނަ ސީޒަނަށް އުމުރުން 58 އަހަރުގެ މޮރީނިއޯ އެ ޓީމާ ހަވާލުވާނެކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. އަންނަ ސީޒަނުގައި ރޯމާގެ ކޯޗަކަށް މޮރީނިއޯ ހަމަޖެއްސިއިރު، ރޯމާއިން ވަނީ މި ސީޒަން ނިމުމުން އެ ޓީމުގެ ކޯޗުގެ މަގާމުން އުމުރުން 58 އަހަރުގެ ޕައުލޯ ފޮންސެކާ ވަކިވާނެކަންވެސް ހާމަކޮށްފައެވެ.

މީގެ ކުރިން ޓޮޓެންހަމުގެ ކޯޗުގެ މަގާމުގައި ހުރި މޮރީނިއޯ އެ ޓީމުގެ ކޯޗުކަމުގެ މަގާމުން ވަކިކުރީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

ޓޮޓެންހަމުން މޮރީނިއޯ ވަކިކުރިއިރު، އޭނާ އެ ޓީމުގައި މަސައްކަތްކޮށްފައިވަނީ 17 މަސް ދުވަހަށެވެ. އެގޮތުން ކުލަބަކާ ހަވާލުނުވެ އަހަރެއްހާ ދުވަހު ހުރުމަށްފަހު، މޮރީނިއޯ ޓޮޓެންހަމުގެ ކޯޗުކަމާ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުވީ ބޮޑު މަޝްރޫއަކާއެކުއެވެ. އެގޮތުން މިދިޔަ ސީޒަނުގެ މެދުތެރެއިން ޓޮޓެންހަމާ ހަވާލުވެ، އޭނާ ރަނގަޅު މަސައްކަތްކޮށްދިންއިރު، ލީގުގެ 14 ވަނައިގައި އޮތް ޓޮޓެންހަމް ތާވަލުގެ ހަވަނައަށް ގެންގޮސްދީ، ޔުއެފާ ޔޫރަޕާ ލީގަށް ކޮލިފައިކޮށްދިނެވެ. އެކަމަކު މި ސީޒަނުގައި މޮރީނިއޯއާއިއެކު ޓޮޓެންހަމްގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވިއެވެ.

އަންނަ ސީޒަނުގައި ރޯމާގެ ކޯޗަކަށް މޮރީނިއޯ ހަމަޖެއްސިއިރު، ރޯމާ ވެގެންދާނީ މޮރީނިއޯ އިރުޝާދުދޭނެ ނުވަވަނަ ޓީމަށެވެ. އަދި މިއީ މޮރީނިއޯ އިރުޝާދުދޭނެ އިޓާލިއަން ލީގުގެ ދެވަނަ ކުލަބެވެ. މީގެ ކުރިން އިންޓަ މިލާާނަށް މޮރީނިއޯ އިރުޝާދުދިންއިރު، މޮރީނިއޯގެ ކޯޗުކަމުގައި އެ ޓީމުން ވަނީ އިޓާލިއަން ލީގު ދެ ފަހަރު، އިޓާލިއަން ކަޕް އެއް ފަހަރު، އިޓާލިއަން ސުޕަ ކަޕް އެއް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް