Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީގައި ނޭމާގެ ކުރިމަގު

ނޭމާ އެއްބަސްވުން އާކުރާނެ ކަމުގެ ޔަގީންކަމެއް ނެތް

4 މެއި 2021 | އަންގާރަ 14:12

ޕީއެސްޖީގެ އެއްބަސްވުމުގައި ނޭމާ ހުރީ 2022 ގެ ނިޔަލަށް

އަތޫފް އާތިފް
އަތޫފް އާތިފް | 4 މެއި 2021 | އަންގާރަ 14:12
ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާ

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާ

ޕީއެސްޖީއާއެކު ބްރެޒިލުގެ ތަރި ނޭމާ ހަދާފައިވާ އެއްބަސްވުން އާކުރާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ޕީއެސްޖީގެ އޮފިޝަލަކު ބުނެފިއެވެ.

ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު އުމުރުން 29 އަހަރުގެ ނޭމާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރިކޯޑު އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށެވެ. އަދި ނޭމާ މި ވަގުތު ޕީއެސްޖީގެ އެއްބަސްވުމުގައި ހުރީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ދާދި ފަހުން ބައެއް މީޑިއާތަކުން ވަނީ އިތުރު ހަތަރު އަހަރަށް އެއްބަސްވުން އާކުރަން ނޭމާ މިހާރު ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެހެންކަމުން އައު އެއްބަސްވުމާއެކު 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނޭމާ ޕީއެސްޖީގައި މަޑުކުރާނެ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، ފްރާންސްގެ މީޑިއާތަކުން އޭރުވެސް އެ ވާހަކަތައް ދޮގުކުރިއެވެ.

ޕީއެސްޖީގެ އޮފިޝަލަކާ ހަވާލާދީ ފްރާންސްގެ މީޑިއާއެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ނޭމާ ވަނީ އައު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް މި ސީޒަން ނިމެންދެން މަޑުޖައްސާލަން އެދިފައެވެ. އަދި ނޭމާގެ އެދުމުގެ މަތީން ޕީއެސްޖީން އަމަލުކުރަން ނިންމާފައިވާއިރު، ސްޕެއިންގެ ނޫސްތަކުން ވަނީ ނޭމާ އަލުން ބާސާއިން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފައެވެ. އަލުން އަނބުރާ ބާސާއަށް ބަދަލުވާން ނޭމާ މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނިއިރު، މީގެ ކުރިންވެސް އޭނާ އަނބުރާ ބާސާއަށް ބަދަލުވާން ބޭނުންވާކަން ހާމަކޮށްފައެވެ.

ނޭމާގެ އެއްބަސްވުމާ ގުޅޭގޮތުން މީޑިއާގައި ތަފާތު ވާހަކަތައް ދެކެވެމުން އަންނައިރު، މީގެ ކުރިން ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯއާ ވަނީ ނޭމާގެ މުސްތަގުބަލާ މެދު ސުވާލުކުރުމުން އެކަމަށް ސީދާ ޖަވާބެއްދޭން ދެކޮޅު ހަދާފައެވެ.

ޕީއެސްޖީގައި ނޭމާގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާއިރު، ނޭމާ ވަނީ މިހާތަނަށް ޕީއެސްޖީއަށް ކުޅެދިން 111 މެޗުގައި ވަނީ 85 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ޕީއެސްޖީއާއެކު މިހާތަނަށް ފްރެންޗް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް