Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ އެތެރޭގެ އިންތިޚާބު

ދާއިރާތަކުގެ އެޕްލިކޭޝަން ފޯމް އޮންލައިންކޮށް ވެސް ބަލައިގަންނާނެ - އެމްޑީޕީ

އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 29 ވަނަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 މެއި 2021 | އަންގާރަ 12:18
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގައި މިވަގުތު ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާތީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިޚާބުގެ އެޕްލިކޭޝަން ފޯމް އޮންލައިންކޮށް ވެސް ބަލައިގަންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

މެއި މަހުގެ 29 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާއެއްގެ ރައީސްކަމަށް ކުރިމަތިލާނާމަ އެ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ 50 މީހުންގެ ސޮއި ހަމަކުރަންޖެހެއެވެ. އަދި ޕްރޮވިންސް ނުވަތަ ސިޓީއެއްގެ ރައީސްކަމަށް ކުރިމަތިލާނަމަ 200 މެންބަރުންގެ ސޮއި ހޯދަން ޖެހެއެވެ.

ޖުމްލަ 455 މަގާމަކަށް މެންބަރުން އިންތިޚާބު ކުރުމަށް އެމްޑީޕީން ނިންމާފައިވާއިރު އިންތިޚާބުގައި ވާދަކުރުމުގެ ސުންގަޑިއަކީ މެއިމަހުގެ އަށްވަނަ ދުވަހުގެ 4:00 އެވެ.

އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މަންދޫބުން ކަނޑައެޅުމުގެ ފުރުސަތު މެއިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހާއި ހަމައަށް އެމްޑީޕީން ވަނީ ހުޅުވާލާފައެވެ. އަދި ހަމަ އެދުވަހު ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް ނެރެ ކެންޑިޑޭޓް ނަންބަރު އިއުލާނު ކުރާނެއެވެ.

އިންތިޚާބުގައި ވޯޓު ލެވޭނީ 18 އޭޕްރީލްގެ ނިޔަލަށް ޕާޓީގައި ރަޖިސްޓްރީވެފައި މެންބަރުންނަށެވެ. ޝަކުވާތައް ބެލުމަށްފަހު ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓް ނެރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ފަސްވަނަ ދުވަހުއެވެ.

ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ލިބޭނީ އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ މެންބަރުންނަށެވެ. ޕާޓީގެ ދަފްތަރުގައި ޖުމްލަ 93،354 މެންބަރުން ރަޖިސްޓަރީ ވެފައިވާ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ. އެމްޑީޕީގެ މެންބަރުންގެ ލިސްޓް ޕާޓީގެ ވެބްސައިޓްގައި ޝާއިއުކޮށްފައި ވާއިރު އެސްއެމްއެސް ކޮށްގެން ޕާޓީގެ މެންބަރެއްތޯ ބެލޭނެ ކަމަށް އެ އެޕާޓީން ބުނެއެވެ.

މި އިންތިޚާބު ކުރިއަށްދާނީ ނިމިދިޔަ ލޯކަލް ކައުންސިން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބެކޭ އެއްގޮތަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ. އިންތިޚާބުގައި ވޯޓުލުން ކުރިއަށް ދާނީ މެއި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 9ން ހަވީރު ފަހަކާއި ދެމެދުއެވެ. 

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2017

ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި އެއް ފޯމް ނަމްބަރުތަކެއް ތަކުރާރުވެފައި!

15 ސެޕްޓެމްބަރު 2017
ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި އެއް ފޯމް ނަމްބަރުތަކެއް ތަކުރާރުވެފައި!
11 ސެޕްޓެމްބަރު 2017

ފްލެޓް ލިބުނު މީހުންގެ ނަންތައް ސިއްރުކޮށް، ފޯމް ނަމްބަރު ހިމެނުމަށްފަހު ލިސްޓް އާއްމު ކޮށްފި

11 ސެޕްޓެމްބަރު 2017
ފްލެޓް ލިބުނު މީހުންގެ ނަންތައް ސިއްރުކޮށް، ފޯމް ނަމްބަރު ހިމެނުމަށްފަހު ލިސްޓް އާއްމު ކޮށްފި
29 އޯގަސްޓު 2017

ފުލުހުން ޔުނިފޯމް ނުލައި ގޮސް މީހަކު ހައްޔަރުކުރުމުން ދޫކޮށްލަން ޖެހިއްޖެ

29 އޯގަސްޓު 2017
ފުލުހުން ޔުނިފޯމް ނުލައި ގޮސް މީހަކު ހައްޔަރުކުރުމުން ދޫކޮށްލަން ޖެހިއްޖެ
21 އޯގަސްޓު 2017

ކަސްޓަމްސްގެ އާ ޔުނިފޯމް އިފްތިތާހުކޮށްފި

21 އޯގަސްޓު 2017
ކަސްޓަމްސްގެ އާ ޔުނިފޯމް އިފްތިތާހުކޮށްފި
22 މެއި 2017

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން "ސީ ފޯމް" އަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި

22 މެއި 2017
އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން "ސީ ފޯމް" އަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި
21 މެއި 2017

ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި

21 މެއި 2017
ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި
01 މާރިޗު 2017

ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި

01 މާރިޗު 2017
ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް