Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މެދުކަނޑާލައިފި

މީގެ ކުރިން މި މުބާރާތް ތިން ފަހަރެއްގެ މަތިން ފަސްކުރި

އަތޫފް އާތިފް
އަތޫފް އާތިފް | 4 މެއި 2021 | އަންގާރަ 11:31
ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ތެރެއިން

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ތެރެއިން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހޯމަ ދުވަހު އިއުލާންކުރި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް މެދުކަނޑާލައިފިއެވެ.

އެޗްޕީއޭއިން ހޯމަ ދުވަހު ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކުޅިވަރު ހަރަކާތްތައް ހުއްޓާލުމަށް އެންގީ މާލެ ސަރަހައްދުގައި މިހާރު ކޮވިޑް ފެތުރޭ މިންވަރު ރެކޯޑު އަދަދަކަށް އިތުރުވަމުން އަންނާތީއެވެ. އެއާއެކު ހޯމަ ދުވަހު އެފްއޭއެމުން ވަނީ އެޗްޕީއޭގެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން މި މުބާރާތް މެދުކަނޑާލަން ނިންމިކަން ހާމަކޮށްފައެވެ.

ތިންވަނަ ޑިވިޝަން މެދުކަނޑާލިއިރު، މި މުބާރާތުގެ ކުޅުން ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އެ ފަހަރު މުބާރާތުގެ ކުޅުން ފަށާފައިވަނީ ތިން ފަހަރެއްގެ މަތިން މުބާރާތް ފަސްކުރުމަށްފަހުއެވެ. އެގޮތުން އެންމެ ފުރަތަމަ މި މުބާރާތް ފެށުމަށް އެފްއޭއެމުން ތާވަލުކުރީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެކަމަކު ފަހުން މި މުބާރާތް ފެށުން އެ މަހުގެ ހަތަރުވަނަ ދުވަހަށް ތާވަލުކުރިއިރު، އަނެއްކާވެސް އެ މަހުގެ 10 ވަނަ ދުވަހަށްވެސް މުބާރާތް ފެށުން ފަސްކުރިއެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މުބާރާތް ފެށުން ވަރަށް ބޮޑަށް ލަސްވެގެންދިޔައެވެ.

މި ފަހަރުގެ ތިންވަނަ ޑިވިޝަން ކުރިއަށްދަނީ 14 ޓީމަކާއެކުއެވެ. އަދި މިހާތަނަށް މި މުބާރާތުގައި ވަނީ 12 މެޗު ކުޅެފައެވެ. މީގެ ކުރިން އެފްއޭއެމުން އިއުލާންކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން މާފަންނު ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު